ދިވެހިބަހާއި އިނގިރޭސިބަހުން ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރުންނަށް ބޮޑަށް އެނގެނީ ކޮންބަހެއްގެ ބަސްކޮށާރެއް ހެއްޔެވެ؟

dc.contributor.authorMohamed, AbdulRazzaq
dc.contributor.authorޢަބްދުއްރައްޒާޤު މުޙައްމަދު
dc.date.accessioned2017-11-16T04:49:19Z
dc.date.available2017-11-16T04:49:19Z
dc.date.issued2015-11-01
dc.description.abstractދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޙާއްޞަކޮށް 1961 ވަނަ އަހަރުން ފެށިގެން މާލޭގެ ދެ ސުކޫލެއްގައި ކިޔަވައިދެމުން ދިޔަ މީޑިޔަމަށް އައި ބަދަލާ ގުޅިގެންނެވެ. މި ބަދަލާ ގުޅިގެން މިހާރު މުޅި ދިވެހިރާއްޖޭގެ ތަޢުލީމީ މުއައްސަސާ ވެސް ވަނީ އިނގިރޭސިބަހަށް ބަރޯސާވެފައެވެ. ކަންމިހެން ހުރުމާއެކު އަޅުގަނޑުމެންގެ ޅަދަރިން މާދަރީބަހަށް ދޭ ސަމާލުކަން ކުޑަކަން ފާހަގަ ކުރެވެއެވެ. މިގޮތުން ވާހަކަ ދައްކާއިރު ބަަސް މައްސުނިކޮށްގެން ވާހަކަދެއްކުމާއި، ލިޔުންތަކުގައި އިނގިރޭސި ބަސްކޮށާރު ބޭނުންކުރަމުން އަންނަކަން ހިތާމައާއެކު ފާހަގަ ކުރަންޖެހެއެވެ. ނަތީޖާ އަކަށް ވެގެންދަނީ ދަރިވަރުން މާދަރީބަހުގެ ފެންވަރުގެ ދެނެގަންނަން ޖެހެއެވެ. މިގޮތުން މި ދިރިސާއަކީ، ދިވެހިބަހާއި އިނގިރޭސިބަހުން ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުނަށް، ބޮޑަށް އެނގެނީ ކޮނަބަހެއްގެ ބަސްކޮށާރެއްކަން ދެނެގަތުމަށް ކުރި ދިރާސާއެކެވެ. ކަންމިހެން ހުރުމާއެކު މި ދިރާސާގެ ސަބަބުން، މި ދިރާސާ އަމާޒުވާ ސުކޫލުތަކަށާއި، އެހެނިހެން ސުކޫލްތަކަށް ވެސް ސިދާގޮތެއްގައާއި ނުސީދާގޮތެއްގައި ފައިދާތަކެއް ލިބިގެން ދާނެއެވެ. މި ދިރާސާ ހެދުމަށްޓަކައި ބޭނުންކުރި ޑިސްކްރިޕްޓިވް ޑިޒައިންއެވެ. އަދި މި ދިރާސާ ހެދުމަށްޓާކައި ބޭނުންކުރީ ކުއޮންޓިޓޭޓިވް ޑޭޓާ ތަކެކެވެ. މި ދިރާސާ ހެދުމަށް ސާމްޕަލުގެ ގޮތުގައި ހޮވީ ރެންޑަމް ސާންޕަލެވެ. މިގޮތުން މާލޭގެ ހަތަރު ސުކޫލެއްގެ، ގްރޭޑް ހަތަރެއްގެ ހަތަރު ކުލާހުން ޖުމްލަ 97 ދަރިވަރުން ލައްވާ ދެ ބަހުން (ދިވެހިބަހާއި އިނގިރޭސިބަހުން) ބަސްކޮށާރުގެ ފަސް ޓެސްޓެއް ހެއްދުނެވެ. އަދި މި ހުރިހާ ޓެސްޓެއް މާކުކޮށް ނަތީޖާ ހޯދުނެވެ. މި ނަތީޖާގެ ސަބަބުން ދަރިވަރުންނަށް ބަސްކޮށާރު އެނގޭ މިންވަރު އެނގިގެން ހިގައްޖެއެވެ. އަދި ދަރިވަރުން ލިޔުންތެރިކަމުގައި، ފެންވަރު ދަށީ ކޮނަބަހެއްގެ ބަސްކޮށާރަކަށްކަން ވެސް އެނގިގެން ހިގައްޖެއެވެ. މީގެ އިތުރުން ދަރިވަރުންނަށް މުޤައްރަރާ އެއްވަރަށް ލިޔުމުގައި ބަސްކޮށާރު ބޭނުންކުރަން އެނގޭ މިންވަރު ވެސް އެނގިގެން ހިނގައްޖެއެވެ. މުޅި ދިރާސާއިން ހާމަވި ގޮތުގައި، ދިވެހިބަހާއި އިނގިރޭސިބަހުން ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުނަށް، ދިވެހިބަހުން ލިޔުމުގެ ޤާބިލުކަން އިނގިރޭސިބަހުން ލިޔުމުގެ ޤާބިލުކަމަށްވުރެ ކުޑަކަން ފާހަގަ ކުރެވުނެވެ. ކަންމިހެން ހުރުމާއެކު ދިވެހިބަސް ތަރައްޤީ ކުރުމަށް އައު ބަސްކޮށާރު އުފައްދާ، ދަރިވަރުންގެ ބަސްކޮށާރު މުއްސަދި ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ.en_US
dc.identifier.citationMohamed, A.R. (2015). Dhivehibahaai igireysibahun tha'uleem h'aas'il kuramundhaa dharivarunnah bodah en'genee konbahehge baskoshaareh hehyeve?. Maldives National University.en_US
dc.identifier.citationޢަބްދުއްރައްޒާޤު މުޙައްމަދު (2015). ދިވެހިބަހާއި އިނގިރޭސިބަހުން ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރުންނަށް ބޮޑަށް އެނގެނީ ކޮންބަހެއްގެ ބަސްކޮށާރެއް ހެއްޔެވެ؟. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://192.168.1.200:8080/xmlui/handle/123456789/617
dc.publisherMaldives National Universityen_US
dc.publisherދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectvocabularyen_US
dc.subjectMother tongueen_US
dc.subjectDhivehi Langageen_US
dc.subjectEducationen_US
dc.subjectVocabulary developmenten_US
dc.subjectބަސްކޮށާރުen_US
dc.subjectބަސްކޮށާރު ކުރިއެރުވުންen_US
dc.subjectތަޢުލީމުen_US
dc.subjectމާދަރީ ބަސްen_US
dc.subjectދިވެހިބަސްen_US
dc.titleދިވެހިބަހާއި އިނގިރޭސިބަހުން ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރުންނަށް ބޮޑަށް އެނގެނީ ކޮންބަހެއްގެ ބަސްކޮށާރެއް ހެއްޔެވެ؟en_US
dc.title.alternativeDhivehibahaai igireysibahun tha'uleem h'aas'il kuramundhaa dharivarunnah bodah en'genee konbahehge baskoshaareh hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Razzaq.pdf
Size:
1.87 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: