ދިވެހިބަހުން ވާހަކަ ދައްކާއިރު ބިދޭސީ ލަފުޒު ބޭނުންކުރަނީ ކީއްވެ؟ އަދި އާންމުކޮށް ބޭނުންކުރާ ބިދޭސީ ލަފުޒުތައް ނިސްބަތްވަނީ ކޮން ބަސްބަހަކަށް؟

dc.contributor.authorAli, Abdul Raheem
dc.contributor.authorޢަބުދުއްރަޙީމް ޢަލީ
dc.date.accessioned2018-03-19T06:44:04Z
dc.date.available2018-03-19T06:44:04Z
dc.date.issued2013-12-01
dc.description.abstractމި ދިރާސާއަކީ ދިވެހިބަހުން ވާހަކަދައްކާއިރު ބިދޭސީ ލަފުޒު ބޭނުންކުރާ މިންވަރު އަދި ސަބަބު ދެނެގަތުމަށާއި، އާންމުކޮށް ބޭނުންކުރާ ބިދޭސީ ލަފުޒުތައް ނިސްބަތްވަނީ ކޮން ބަސް ބަހަކަށްކަން ދެނެގަތުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކުއާންޓިޓޭޓިވް ޕެރަޑައިމްގެ ސާވޭ ބޭނުންކޮށްގެން އެއްކުރެވުނު މަޢުލޫމާތުތަކެއްގެ އިތުރުން ކޮލިޓޭޓިވް ޕެރެޑައިމްގެ އޮބަޒަވޭޝަން ބޭނުންކޮށްގެން މިދިރާސާއަށް މަޢުލޫމާތު އެއްކޮށްފައިވާނީ، އާންމުންނާއި، ސުކޫލު ދަރިވަރުން އަދި ފަންނީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ކިބައިންނެވެ. ދިރާސާއަށް ސުކޫލުތަކުން ބައިވެރިކުރި ބައިވެރިން އިޙުތިޔާރުކުރީ ރެންޑަމް ސާމްޕަލިން އުސޫލުންނެވެ. މީގެ އިތުރުން ދެން މިދިރާސާއަށް މަޢުލޫމާތުތަށް އެއްކޮށްފައިވާނީ ޕާޕޯސިވް ސާމްޕަލް އުސޫލުންނެވެ. މި ދިރާސާއިން ހޯދުނު ހޯދުންތަކުގެ ތެރެއިން އިންސައްތައިން ދެއްކެންހުރި ހޯދުންތައް ގެނެސްފައި ހުންނާނީ އެފަދައިންނެވެ. މި ދިރާސާއިން ދަވެހިބަހާއި ބިދޭސީ ލަފުޒު މަސްހުނިކޮށް ބޭނުންކުރާ ތަފާތު ސަބަބުތައްވަނީ ދެނެގަނެވިފައެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ ސަބަބަކީ ސުކޫލުތަކުގައި ކިޔަވައިދޭ މަންހަޖުގެ ސަބަބުން ދިވެހިބަހާއި ބިދޭސީ ލަފުޒު މަސްހުނިވާކަމެވެ. އަދި އާންމު ތަޢުލީމަށްވުރެ މަތީ ތަޢުލީމެއް ލިބިފައިވުމަކީ ބަސް މަސްހުނިކުރާލެއް ގިނަވުމަށް މެދުވެރިވާ ސަބަބެއްކަމަށް މި ދިރާސާއިން ފާހަގަކުރެވެއެވެ. ހަމައެހެންމެ، އެހެނިހެން ބަސްބަހުން ލިޔެފައިވާ ފޮތްތައް ކިޔަންޖެހުމާއި، އެއްބަހަށްވުރެ ގިނަބަހުން ވާހަކަ ދައްކަން އެނގުމާއި، އެހެނިހެން ބަސްބަހުގެ ފިލުމު ނުވަތަ ޑުރާމާ ބެލުމަކީ ދިވެހިބަހާއި ބިދޭސީ ލަފުޒު މަސްހުނިކޮށް ވާހަަކަދައްކަން މެދުވެރިވާ ސަބަބެއްކަން މި ދިރާސާއިން ފާހަގަކުރެވެއެވެ. މީގެ އިތުރުން ރައްޓެހިންނާއި، އެނޫން މީހުން ނުވަތަ މުޖުތަމަޢުގައި މަސްހުނިބަހުން ވާހަކަދެއްކުން އާންމުވަމުން ދިޔުމަކީވެސް، ދިވެހިބަހާއެކު އެހެނިހެން ބިދޭސީ ލަފުޒު ބޭނުންކުރާކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ސަބަބެކެވެ. ފަންނީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ދިވެހި ލަފުޒު މަދުކަން، މިދިރާސާއިން ހާމަވިއެވެ. އަދި އެކަމުގެ ސަބަބުން އެމީހުން މަސްހުނިބަހުން ވާހަކަދެއްކުމަށް މެދުވެރިވާކަންވެސް ދިރާސާއިން ހޯދުނެވެ. މީގެއިތުރުން ފަންނީ ބައެއް ދާއިރާތަކަށް ދިވެހިބަހަކީ މުހިންމު ބަހެއްކަމުގައި ނުވުމަކީވެސް ދިވެހިބަސް މަސްހުނިވުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވޭ ސަބަބެކެވެ. މީގެ އިތުރުން ޒަމާނީ ވަސީލަތްތަކުގައި ދިވެހިބަހުގެ ދައުރު ކުޑަވުމަކީވެސް ދިވެހިބަހާއެކު އެހެނިހެން ބިދޭސީބަސް މަސްހުނިކުރަން މެދުވެރިވާ ސަބަބެއްކަން ފާހަގަކުރެވުނެވެ. މި ދިރާސާއިން ފާހަގަ ކުރެވުނު އަނެއް ކަމަކީ، ދިރާސާގެ ބައިވެރިންގެ ތެރެއިން ހުރިހާ މީހުންވެސް މަސްހުނިބަހުން ވާހަކަދައްކާ ކަމެވެ. އަދި މި ހުރިހާމީހުންނަށް އެއްބަހަށްވުރެ ގިނަ ބަސް އެނގޭކަމެވެ. އެގޮތުން ދިރާސާގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަބަޔަކަށް އެނގެނީ އިނގިރޭސި ބަސްކަންވެސް ދިރާސާއިން ފާހަގަކުރެވުނެވެ. މީގެ އިތުރުން ދިރާސާގެ ގިނަ ބަޔަކު އިނގިރޭސި ފިލްމު ބަލާކަމާއި، އިނގިރޭސި ފޮތްކިޔާކަން ފާހަގަ ކުރެވުނެވެ. އަދި ހަމަ އެހެންމެ، ވާހަކަދެއްކުމުގައި ދިވެހިބަހާއެކު އާންމުކޮށް ބޭނުންކުރަނީ އިނގިރޭސިބަސް ކަންވެސް މި ދިރާސާއިން ފާހަގަ ކުރެވުނެވެ. މި ހުރިހާ ކަންކަމަކީވެސް، ދިވެހިބަސް ނޫން އެހެން ބަސްބަސްވެސް މަސްހުނިވުމަށް މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވޭ ސަބަބުތަކެކެވެ. މި ދިރާސާއިން ހޯދުނު ގޮތުގައި، ދިވެހިބަހުން ވާހަކަދައްކާއިރު ބޭނުންކުރާ ގިނަ ލަފުޒުތައް ނިސްބަތްވަނީ އިނގިރޭސި ބަހަށެވެ. އަދި ދިވެހިބަހާއެކު ބޭނުންކުރާކަމަށް ހޯދިފައިވާ އިގިރޭސި ގިނަ ލަފުޒުތަކަކީ ނަމުގެ ކެޓެގަރީއަށް ނިސްބަތްވާ ލަފުޒުތައް ކަންވެސް ފާހަގަކުރެވެއެވެ.en_US
dc.identifier.citationAli, A. R. (2013). Dhivehi bahun vaahaka dhahkaairu bidheysee lafuzu beynunkuranee keehve? Adhi aanmukoh beynunkuraa lafuzu nisbaiyvanee kon basbahakah?. Male', Maldives National Universityen_US
dc.identifier.citationޢަބުދުއްރަޙީމް ޢަލީ. (2013). ދިވެހިބަހުން ވާހަކަ ދައްކާއިރު ބިދޭސީ ލަފުޒު ބޭނުންކުރަނީ ކީއްވެ؟ އަދި އާންމުކޮށް ބޭނުންކުރާ ބިދޭސީ ލަފުޒުތައް ނިސްބަތްވަނީ ކޮން ބަސްބަހަކަށް؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/986
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectދިވެހިބަހުން ވާހަކަދައްކާއިރުen_US
dc.subjectބިދޭސީ ލަފުޒު ބޭނުންކުރާ މިންވަރުen_US
dc.subjectާންމުކޮށް ބޭނުންކުރާ ބިދޭސީ ލަފުޒުތައްen_US
dc.subjectދަވެހިބަހާއި ބިދޭސީ ލަފުޒު މަސްހުނިކޮށް ބޭނުންކުރާ ތަފާތު ސަބަބުތައްen_US
dc.subjectދިވެހި ލަފުޒު މަދުކަންen_US
dc.subjectްދިިވެހިބަހަކީ މުހިންމު ބަހެއްކަމުގައި ނުވުނen_US
dc.titleދިވެހިބަހުން ވާހަކަ ދައްކާއިރު ބިދޭސީ ލަފުޒު ބޭނުންކުރަނީ ކީއްވެ؟ އަދި އާންމުކޮށް ބޭނުންކުރާ ބިދޭސީ ލަފުޒުތައް ނިސްބަތްވަނީ ކޮން ބަސްބަހަކަށް؟en_US
dc.title.alternativeDhivehi bahun vaahaka dhahkaairu bidheysee lafuzu beynunkuranee keehve? Adhi aanmukoh beynunkuraa lafuzu nisbaiyvanee kon basbahakah?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Abdul Raheem Ali.pdf
Size:
2.59 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: