ސާނަވީ ދަރިވަރުން އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟

dc.contributor.authorHussain, Rahma
dc.contributor.authorރަހުމާ ޙޫސައިން
dc.date.accessioned2018-03-12T12:52:03Z
dc.date.available2018-03-12T12:52:03Z
dc.date.issued2009-11-01
dc.description.abstractމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަމުންދާ ސަބަބުތައް ދެނެގަތުމެވެ.މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 2 ދާއިރާއަކަށެވެ.އެއީ ދަރިވަރުންނާއި މުދައްރިސުންނަށެވެ.މިގޮތުން ދަރިވަރުންނާއި މުދައްރިސުންގެ ވާހަކަދެއްކުން އޮބްޒާރވްކޮށްގެން ޖުމުލަތަކެއް ނަގައި، މި ޖުމުލަތަކުގައި "އިނުން" އެކަށައަޅާފައިވާ ޤަވާާާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ.އަދި އެކަށައަޅާފައިވާ ޤަވާއިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ބޭނުންކުރެވިފައިވާ މިންވަރު ބަލާފައިވާނެއެވެ.މި ދިރާސާއިން އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "އިނުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ.އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާއިދުގައިވާ "އިނުން" ބޭނުންކުރުމުގެ ފަސްހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، ޢާއްމުގޮތެއްގައި ހުރިހާ ހަމައަކަށްވެސް ތަބާވެއެވެ.ނަމަވެސް ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ކަން މި ދިރާސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުުނު ސާާރވޭއިން "ހުރުން، އިނުން، އޮތުން" ގެ ތެރެއިން "އިނުން" ބޭނުންކުރުމުގެ ޤަވާއިދު ދަރިވަރުންނަށް ދަސްކޮށްދޭނީ ކިހިނެއްކަމާއި ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ.އަދި "އިނުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލީފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ވެސް ހޯދިފައިވާނެއެވެ.މީގެ އިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައްވެސް ހޯދިފައިވާނެއެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "އިނުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވަޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ ޖުމުލަ 56.6 އިންސައްތަ ބޭނުންކޮށްފައިވާކަމެވެ.މީގެ އިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "އިނުން" ބޭނުންކުރުމުގެ އިތުރު ހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ.en_US
dc.identifier.citationHussain, R. (2009). Saanavee dharivarun ekashaalhaafaivaa gavaaidhaa khilaafah vaahakadhehkumugai "inun" beynunkuranee keehvegen hehyeve?. Male', Maldives College of Higher Educationen_US
dc.identifier.citationރަހުމާ ޙޫސައިން. (2010). ސާނަވީ ދަރިވަރުން އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/859
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން.en_US
dc.publisherFaculty of Arts, Maldives College of Higher Education
dc.subjectރަސްމީބަހުރުވައިން ވާހަކަދެއްކުންen_US
dc.subjectއިނުންen_US
dc.subjectއިނުން ބޭނުންކުރުމުގެ ހަމަތައްen_US
dc.subjectދިވެހިބަހުގެ ޤަވާޢިދުen_US
dc.subjectmother tounge
dc.subjectDhivehi language grammar
dc.titleސާނަވީ ދަރިވަރުން އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟en_US
dc.title.alternativeSaanavee dharivarun ekashaalhaafaivaa gavaaidhaa khilaafah vaahakadhehkumugai "inun" beynunkuranee keehvegen hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Rahma Hussain.pdf
Size:
2.24 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: