ހައްދުންމަތީ މާވަށުސުކޫލުގައި ޘާނަވީ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިވެހިބަހުގައި އެކަށައަޅާފައިވާ ގަވާއިދު އެގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟
Loading...
Date
2013-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Abstract
ރާއްޖެތެރޭގެ ސުކޫލު މަދަރުސާތަކުގައި ވެސް ދިވެހިބަހުގެ ގަވާއިދަށް ކުދިން އަހުލުވެރިވެފައި ތިބި މިންވަރު ހޯދައިބެލުމަކީ ދިވެހިބަހުގެ ގަވާއިދުގެ ހަމަތައް ދިރުވައި އާލާކުރުމަށްޓަކައި ވާހަކަ ދެކެވޭއިރު ނުހަނު މުހިއްމު ކަމެއްކަމުގައި ދެކެމެވެ. އެގޮތުން މި ދިރާސާއަކީ ހައްދުންމަތީ މާވަށު ސުކޫލުގައި ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ގަވާއިދު އެނގޭ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ.
މިދިރާސާގެ މައިގަޑު އެއްބޭނުމަކީ، ގަވާއިދުގެ ބައިތަކުގެ ތެރެއިން ދަރިވަރުންނަށް ރަގޅަށް އެގެނީ ކޮން ބައިތަކެއްތޯ ބެލުމާއި، ދަރިވަރުން ބޮޑަށް އަހުލުވެރިވާންޖެހޭ ގަވާއިދުގެ ބައިތަކަކީ ކޮބައިކަން ދެނެގަނެ، ދަރިވަރުންނަށް އުގަންނައިދިނުމުގައި ޝާމިލިވާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމެވެ.
މިދިރާސާގައި ދިވެހިބަހުގެ އެކަށައަޅާ ގަވާއިދުގެ ތެރެއިން، ސުކުން ކުރުމުގެ ހަމައާއި، ހުރުން އިނުން އޮތުމުގެ ހަމައާއި،ހުސްނޫނު ބޭނުންކުރުމުގެ ހަމައާއި ޒަމާނުގެ ބައިތަކާއި، އެކަހެރިނަމާއި ގިނަނަމާއި އަދި ތިކިޖެހިތާނަ ދަރިވަރުންނަށް އެގޭމިންވަރު ބެލުމަށް ނިންމި ސަބަބަކީ، މިބައިތަކަކީ އާއްމުކޮށް އޮޅުންއަރާކަމަށް ބަސްވާރުން އެއްބަސްވެލައްވާ ގަވާއިދުގެ ބައިތަކަށްވެފައި މި ގަވާޢިދުތަކަކީ ޘާނަވީ ގްރޭޑްތަކަށް ދާއިރު ދަރިވަރުން އުނގެނިފައިވާ ޤަވާއިދުގެ ބައިތަކަށް ވާތީއެވެ.
މިދިރާސާހެދުމަށް ބޭނުން ކުރީ އެމްޕެރިކަލް ފްރޭމް ވާރކެކެވެ. އަދި މި ދިރާސާ ކުރިއަށް ގެންދިޔައީ ކުއަންޓިޓޭޓިވް ޕެރަޑައިމް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނީ މާވަށު ސުކޫލުގައި ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ރެންޑަމްކޮށަނެގި 92 ދަރިވަރުންނެވެ. ކޮންމެ ގްރޭޑަކުންވެސް ދެ ޖިންސްގެ ދަރިވަރުން ނެގީ ދެ ޖިންސްގެ ދަރިވަރުން ހަމަހަމަވާ ގޮތަށެވެ. މިދިރާސާއަށް ޑާޓާ އެއްކުރީ ދަރިވަރުން ލައްވައި ފުރުވި ސާވޭ ފޯމްއެއްގެ އެހީގައެވެ. މިސާވޭ ފޯމުގެ އެހީގައި ޖުމުލަކޮށް ގަވާއިދުތައް ދަރިވަރުންނަށް އެގޭ މިންވަރާއި، ގްރޭޑްތަކުގެ ނިޞްބަތުން ދަރިވަރުންނަށް ގަވާއިދުތައް އެގޭ މިންވަރާއި، ޖިންސުގެ ނިސްބަތުން ގަވާއިދުތައް އެނގޭމިންވަރު ހޯދުނެވެ.
މިދިރާސާގެ ހޯދުންތަކުން އެނގުނީ ގަވާއިދުގެ ބައިތައް ޖުމުލަ ކޮށް ދަރިވަރުންނަށް އެގޭކަމެވެ. އަދި ގްރޭޑްތަކުގެ ނިސްބަތުން ގްރޭޑް 9 ގެ ދަރިވަރުންނަށް ވުރެ ބޮޑަށް ގްރޭޑް 8 އަދި 10 ގެ ދަރިވަރުންނަށް ގަވާއިދުގެ ބައިތައް އެގޭކަންވެސް ހޯދުނެއެވެ. ޖިންސްގެ ނިސްބަތުން ބަލާއިރު ފިރިހެން ދަރިވަރުންނަށްވުރެ އަންހެން ދަރިވަރުންނަށް ގަވާއިދުތައް އެގޭކަން ވެސް މިދިރާސާއިން ވަނީ ހޯދިފައެވެ.
ޖުމުލަކޮށް، މި ދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ ދަރިވަރުންނަށް ގަވާއިދުތައް އެގެނީ ފުދޭވަރަކަށްކަން މި ދިރާސާއިން އެގުނެއެވެ. އެއީ، ދިރާސާގައި ބައިވެރިވި ޖުމުލަ ދަރިވަރުންގެ 72 އިނަސައްތައަށެވެ. ގަވާއިދުތައް ވަރަށްރަގަޅަށް އެގެނީ ދިރާސާގެ ބައިވެރިވި 20 އިންސައްތަ ދަރިވަރުންނަށް ކަމާއި ގަވާއިދުތައް ކުޑަ މިންވަރަކަށް އެގެނީ 8 އިންސައްތަ ދަރިވަރުންނަށްކަން ވެސް މިދިރާސާއިން ހޯދުނެވެ.
Description
Keywords
ރާއްޖެތެރޭގެ ސުކޫލު މަދަރުސާ, ދިވެހިބަހުގެ ގަވާއިދު, ިވެހިބަހުގެ ގަވާއިދަށް ކުދިން އަހުލުވެރިވެފައި ތިބި މިންވަރު, ހައްދުންމަތީ މާވަށު ސުކޫލް, ސުކުން ކުރުމުގެ ހަމަ, ހުރުން އިނުން އޮތުމުގެ ހަމަ, ހުސްނޫނު ބޭނުންކުރުމުގެ ހަމަ, ޒަމާނުގެ ބައިތައް, ދިވެހިބަސް, ދިވެހިބަހުގެ ޤަވާއިދު
Citation
Rameez, U., (2009). Hahdhunmathee Maavashu skoolugai saanavee gureydu thakugai kiyavamundhaa dharivarunnah dhivehibahugai ekashaalhaafaivaa gavaidhu engenee kihaa minvarakah hehyeve?. Male', Maldives National University.
އުޘްމާން ރަމީޒު. (2013). ހައްދުންމަތީ މާވަށުސުކޫލުގައި ޘާނަވީ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިވެހިބަހުގައި އެކަށައަޅާފައިވާ ގަވާއިދު އެގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
އުޘްމާން ރަމީޒު. (2013). ހައްދުންމަތީ މާވަށުސުކޫލުގައި ޘާނަވީ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިވެހިބަހުގައި އެކަށައަޅާފައިވާ ގަވާއިދު އެގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.