ދިވެހިބަހުގައި ބޭނުންކުރެވޭ ބަދަލުވާ އަކުރުތަކާއި، މިއަކުރުތައް ބަދަލުވާ ހަމަތަކާއި އުޞޫލުތައް ދިވެހިބަހުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރެވޭ މިންވަރާއި ސަބަބުތަކަކީ ކޮބައިހޭ؟
Loading...
Date
2010-11-21
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މިދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިބަހުގައި ބޭނުންކުރެވޭ ބަދަލުވާ އަކުރުތަކާއި، މިއަކުރުތައް ބަދަލުވާ ހަމަތަކާއި އުޞޫލުތައް ދިވެހިބަހުގައި އެކަަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރެވޭ މިންވަރާއި ސަބަބުތައް ދެނެގަތުމެވެ. އެގޮތުން މިދިރާސާ އަމާޒްކުރެވުނު ފަރާތްތަކުގެ ތެރޭގައި ސާނަވީ މަރުޙަލާގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނާއި ދިވެހި ނަސްލުގެ މުދައްރިސުންގެ އިތުރުން ޢާއްމުން ޝާމިލް ކުރެވުނެވެ. މިފަރާތްތަކަށް އަމާޒްކޮށް ގެންދެވުނީ ދިވެހިބަހުގައި ބޭނުންކުރެވޭ [ބަދަލުވާއަކުރު] އެކަށައަޅާފައިވާ ޤާވާޢިދާއި އެއްގޮތަށް ބޭނުންކުރުމަށް ސަމާލުކަންދޭ މިންވަރު ދެނެގަތުމުގެ ބަޔަކާއި، ލިޔުމުގައި ބޭނުންކުރަން އެނގޭ މިންވަރު ދެނެގަތުމުގެ ބަޔެކެވެ. މީގެއިތުރަށް މިސާރވޭ ފޯމްގައި ދިވެހިނަސްލުގެ މުދައްރިސުންނަށް އަމާޒުކުރެވިފައިވާ އެކަށައަޅާފައިވާ ޤަވާއިދާއި ޚިލާފަށް [ބަދަލުވާއަކުރު] ބޭނުންކުރެވޭ މައިގަނޑު ސަބަބުތައް ދެނެގަތުމުގެ ބައެއްވެސް ހިމަނާފައިވާނެއެވެ. މީގެއިތުރަށް މިދިރާސާގައި ބަހުގެ މާހިރުންގެ އިންޓަރވިއު އާއި މީޑިއާގެ ޕްރޮގްރާމް ހުށައަޅާދޭ ފަރާތްތައް ވާހަކަދެއްކުން އޮބްޒާރވް ކޮށްގެންނާއި ލިޔުންތެރިކަމުގެ ތަފާތު ދައުރުތަކުގެ ފޮތްތައްބަލައި ރިސާރޗްކޮށްގެން ވެސް ބަޔާންކުރެވުނު ސަބަބުތައް ދެނެގަނެވިފައިވާނެއެވެ.
ބަޔާންކުރެވުނު ކަންތައްތައް ހޯދާބެލުމަސް ކުރިމަސައްކަތުން އެނގިގެންދިޔައީ ދިވެހިބަހުގައި ބޭނުންކުރެވޭ [ބަދަލުވާއަކުރު] ބައިވެރި ގިނަފަރާތްތަކުން ލިޔުމުގައި ބޭނުންކޮށްފައިވަނީ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ކަމެވެ. ނަމަވެސް އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް [ބަދަލުވާއަކުރު] ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހޭ މިންވަރު ދަރިވަރުންގެ ބައިން މިވަނީ 50-26 އިންސައްތަ ދަށަށް ގޮސްފައެވެ. އެހެންކަމުން އެކަށައަޅާފައިވާ ޤާވާޢިދާއި އެއްގޮތަށް [ބަދަލުވާއަކުރު] ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ މިންވަރު އިތުރުކުރަންޖެހެއެވެ. އަދި ހަމައެފަދައިން މީޑިއާގެ ޕްރޮގްރާމް ހުށައަޅާ ފަރާތްތަކުން ވެސް [ބަދަލުވާއަކުރު] ބޭނުންކުރުމަށް އިތުރަށް ސަމާލުކަށް ދޭންޖެހޭ ކަމުގައި ފާހަގަ ކުރެވުނެވެ. އެގޮތުން މީޑިއާގެ ޕްރޮގްރާމް ހުށައަޅައިދޭ ފަރާތްތަކުގެ އޮބްޒަރވޭޝަނުން 40 އިންސައްތަ ދިވެހިބަހުގައި ބޭނުންކުރެވޭ [ބަދަލުވާއަކުރު] އެކަށައަޅާފައިވާ ޤަވާއިދާޚިލާފަށް ބޭނުންކުރެވިފައިވެއެވެ. ނަމަވެސް ޑޮކިއުމެންޓޭޝަންތައް ރިސާރޗްކުރުމުން [ބަދަލުވާއަކުރު] ބޭނުންކުރެވިފައިވަނީ އެކަށައަޅާފައިވާ ޤަވާއީދާއި އެއްގޮތަށްކަން ފާހަގަކުރެވުނުއިރު، އެހަމަތައް ތަފާތު ޙާލަތްތަކުގައި ބޭނުންކުރެވޭގޮތް އިތުރަށް ދިރާސާކޮށް ޤަވާޢިދު ހަރުދަނާކުރަން ޖެހޭކަމުގައި ވެސް ފާހަގަކުރެވުނެވެ.
Description
Keywords
Citation
މަދީޙާ އަޙްމަދު. (2010). ދިވެހިބަހުގައި ބޭނުންކުރެވޭ ބަދަލުވާ އަކުރުތަކާއި، މިއަކުރުތައް ބަދަލުވާ ހަމަތަކާއި އުޞޫލުތައް ދިވެހިބަހުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރެވޭ މިންވަރާއި ސަބަބުތަކަކީ ކޮބައިހޭ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ahmed, M. (2010). Dhivehibahugai beynunkurevey badhaluvaa akuruthakaai, mi akuruthah badhaluvaa hamathakaai usooluthah dhivehibahugai ekasha alhaafaivaa qavaaidhaa khilaafah beynun kurevey minvaraai sababuthakakee kobaihey?. Male', Maldives National University.
Ahmed, M. (2010). Dhivehibahugai beynunkurevey badhaluvaa akuruthakaai, mi akuruthah badhaluvaa hamathakaai usooluthah dhivehibahugai ekasha alhaafaivaa qavaaidhaa khilaafah beynun kurevey minvaraai sababuthakakee kobaihey?. Male', Maldives National University.