ދިވެހިބަހުގެ ޑޭޓިވް ކޭސް މާރކަރު ކަމުގައިވާ "އަށް" ލަފުޒުތަކާއި ގުޅޭ "ތަށް" އަށް ބަދަލުވާ ހާލަތުގައި، "ތ" ގެ ފަހަތަށް މަހާލެވޭ ސުކުން ސާނަވީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟
Loading...
Date
2017-05
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މި ދިރާސާ އަކީ ދިވެހިބަހުގައި ހިމެނޭ ޑޭޓިވް ކޭސް މަރކަރު )ފާހަގަ( ކަމުގައިވާ "އަށް" ލަފުޒުތަކާގުޅޭ
އިރު، "ތަށް"އަށް ބަދަލުވާ ޙާލަތުގައި، "ތ"ގެ ފަހަތަށް މަހާލެވޭ ސުކުން، ސާނަވީ ގްރޭޑް ތަކުގައި ކިޔަވާ
ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ތޯ؟ ދެނެގަތުމަށް ކުރެވޭ ދިރާސާއެކެވެ. އެގޮތުން މި ދިރާސާގައި "ށް" ނާއި
"އް" ކުރެވޭ ގޮތްތައް އަދި "ތ" ގެ ފަހަތަށް "އް"ނާއި "ށް" އަންނަ ޙާލަތްތައް ބުނެދެވިފައި ވާނެއެވެ.
މި ދިރާސާއަށް ސާމްޕްލިންގް ނެގުމުގައި ވަކި ޙުދޫދަކަށް ދަރިވަރުން ބައިވެރިކުރުމަށް ބެލެވިފައިވާނެއެވެ.
އެ ގޮތުން ސާމްޕްލިންގް ނަގާފައިވާނީ މާލޭގެ ސާނަވީ ފެންވަރަށް ކިޔަވައިދޭ ސުކޫލުތަކުގެ ތެރެއިން ކަޑައެޅިފައިވާ
ވަކި ސުކޫލްތަކަކުންނެވެ. އެ ގޮތުން ސާމްޕަލް ނެގުމަށް ބޭނުންކޮށްފައި ވާނީ ކުލަސްޓަރ އުސޫލުންނެވެ.
މި ދިރާސާ ހެދުމަށް ބޭނުން ކޮށްފައިވާނީ ކުއަންޓިޓޭޓިވް މެތަޑެވެ. އެ ގޮތުން މި ދިރާސާގެ ނަތީޖާތައް
ހުށައަޅައި ދީފައި ވާނީ ދިރާސާގެ ބައިވެރިންނަށް ދެވުނު ސުވާލު ކަރުދާހަކުން ލިބުނު ނަތީޖާގެ އިންސައްތަ
އިންނެވެ. ދިރާސާއަށް ހޮވާލެވުނު ދަރިވަރުންނަށް ސުވާލު ކަރުދާހެއް ދީ އޭގެން ދި ރާސާއަށް ބޭނުންވާ ޑޭޓާ
ނަގައިގެންނެވެ.
މި ދިރާސާ ހެދުމަށް ހޮވާފައިވާ ލަފުޒުތައް އަނގަބަހުން ދިރާސާގެ ބައިވެރިންނަށް ޓީޗަރު ކިޔައި ދިނުމުން
ބައިވެރިންނަށް ދީފައިވާ ޖަވާބު ކަރުދާހުގައި އެ ލަފުޒުތައް ކިޔާވަރަކުން ލިޔަމުން ގެންދާ ގޮތަށް ދިރާސާގެ ތަހުލީލު
ކަރުދާސް ފުރިހަމަ ކޮށްފައި ވާނެއެވެ. މި ގޮތަށް ރިސާޗަށް ބޭނުންވާ ޑޭޓާ އެއްކުރަން ނިންމީ، މި ދިރާސާގެ ނަތީޖާ
ނެރުމަށް މި ގޮތަށް ސާރވޭ ކުރުން ކޮންމެހެން މުހިންމު ކަމަށް ފެންނާތީއެވެ. ސަބަބަކީ ދިރާސާގެ ނަތީޖާ ނެރުމަށް
ހުރަސް އެޅޭ ފަދަ ކަމަކުން ވީހާވެސް ބޮޑަކަށް އެއްކިބާވެގެން މި ދިރާސާ ކުރިއަށް ގެންދިއުމެވެ. މި ދިރާސާގައި
ބައިވެރިންނަށް ދެވުނު ސުވާލު ކަރުދާހުން ލިބުނު ނަތީޖާ އިން މި ދިރާސާގެ ހައިޕޮތެސިސްއަށް އަސަރުކުރާ ވަރު
އެގިގެން ދާނެއެވެ. އަދި ދިރާސާގެ ޖުމްލަ ނަތީޖާ ބިނާކުރެވޭނީ ވެސް މި ދިރާސާގެ ނަތީޖާ ކަރުދާހުން ލިބޭ
ނަތީޖާއެއްގެ މައްޗަށެވެ. އަދި މި ދިރާސާގެ ނަތީޖާއިން، ދިވެހިބަހުގައި އޮންނަ ޑޭޓިވް ކޭސް މަރކަރު ކަމުގައި
ބެލެވޭ "އަށް" ދިވެހިބަހުގައި "ށް"ސުކުނާއި، "އް" ސުކުން ދަރިވަރުންނަށް ބުނެދިނުމުގައި އިތުރު ގޮތަތަކެއް
ހުރިކަން ވެސް އެގިގެންދާނެއެވެ.
Description
Keywords
Citation
saruna.mnu.edu.mv ނީނާ ނާފިޢު. (2017). ދިވެހިބަހުގެ ޑޭޓިވް ކޭސް މާރކަރު ކަމުގައިވާ "އަށް" ލަފުޒުތަކާއި ގުޅޭ "ތަށް" އަށް ބަދަލުވާ ހާލަތުގައި، "ތ" ގެ ފަހަތަށް މަހާލެވޭ ސުކުން ސާނަވީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ
Nafiu, N. (2017). Dhivehibahuge dative case markaru kamugaivaa “ah” lafuzuthakaai gulhey “thah” ah badhaluvaa haalathugai, “t” ge fahathah mahaalevey sukun saanavee gradethakugai kiyavaa dharivarunnah en’genee kihaavarakah heyyeve? (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv
Nafiu, N. (2017). Dhivehibahuge dative case markaru kamugaivaa “ah” lafuzuthakaai gulhey “thah” ah badhaluvaa haalathugai, “t” ge fahathah mahaalevey sukun saanavee gradethakugai kiyavaa dharivarunnah en’genee kihaavarakah heyyeve? (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv