1950 ގެ އަހަރުގެ ތެރޭގައި ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ބަޣާވާތް: ގދ. ހިވަރު ތިނަދޫ މީހުންގެ ދައުރު
Loading...
Date
2009-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Faculty of Arts, Maldives College of Higher Education
Faculty of Arts, Maldives College of Higher Education
Abstract
މިދިރާސާއަކީ ދިވެހިރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުމެއްކިމަށްވާ ދެކުނުގެ ތިންއަތޮޅު އެކުވެގެން އުފެއްދި ބަޣާވާތުގައި ގ. ހަވަރު ތިނަދޫ މީހުންގެ ދައުރަކީ ކޮބައިތޯ ބެލުމަށްކުރި ދިރާސާއެކެވެ. މިކަން ދެނެގަތުމައްޓަކައި މިކަމާބެހޭގޮތުން ލިޔެފައިހުރި ލިޔުންތަކުން މަޢުލޫމާތު ނެގުމުގެ އިތުރުން ބަޣާވާތާއި ގުޅުން ހުރި ގިނަ ފަރާއްތަކުން ހޮދި މަޢުލޫމާތުގެ އިތުރުން ޝާއިޢު ނުކުރާ ލިޔުމަކުން ނެގިފައިވާ މަޢުލޫމާތުގެ ބޭނުން ކޮށްފައިވާނެއެވެ. އެހެންކަމުން ނިންމުންތައް ނިންމާފައިވާނީ މިދެންނއވުނު މަޢުލޫމާތުގެ އިތުރުކުރެވުނު ސާވޭއާއި 15 ފަރާތެއްގެ ބަސްދީގަތުން ހިމަނައިގެންނެވެ.
13 މާރޗް 1959 ގައި އުފެއްދި ސުވައިދީބު ސަރުކާރު އުފައްދަން އައްޑޫ މީހުން އިސްކޮންތިބެގެން ދިން ދަޢުވަތު ފުވައްމުލަކު މީހުންނެކޭ އެއްގޮތަށް ހުވަދު އަތޮޅު މީހުންވެސް ޤަބޫލު ކޮއްފައިވެއެވެ. ހައަރު ތިނަދޫ މީހުން މިބަޣާވާތުގައި ބައިވެރިވި ހިސާބުން ފެށިގެން ހިނގި ދެބަޣާވާތުގައި ހަވަރު ތިނަދޫ މީހުން އިސްކޮން އުޅެފައިވެއެވެ. އަދި މިފަދަ ބަޣާވާތެއް ހިންގަންޖެހުނުކަމަށް ފެނިގެން ދިޔައީ ރައްޔިތުން ހިތްހަމަ ނުޖެހޭ އެތައްކަންތައްތަކެއް އޭގެ ތެރޭގައިއެކުލެވިގެންނެވެ. ހަމައެހެންމެ ފުރަތަމަ ބަޣާވާތަށްފަހު ހަވަރުތިނަދޫގައި ބައިތިއްބާފައިތިބި ސިފައިންގެ ޢަމަލު ތަކުގެ ސަބަބުން ދެވެނަބަޣާވާތަކަށް މަގު ފަހިވިއެވެ.
ހުވަދޫ ބަޣާވާތް ނިމުމަކަށް ގެނެވުމައްޓަކައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު ހަވަރު ތިނަދޫ ފަޅު ރަށެއް ކަމުގައި އިޢުލާން ކުރައްވާ، ތިނަދޫއިން މީހުން ބޭލިއެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމުގައި އެތައްބަޔަކު ޙިއްސާވެ، އެތައް ކަންތައްތަކެއް ހިނގާފައި ވެއެވ. މިދިރާސާގައި މިކަންތައްތައް ހިނގައިދިޔަގޮތް ބަލައި ހޯދާ، ލިބުނު ހެކިތަކާއެކު ނިންމުންތައް ނިންމާފައިވާނެއެވެ.
Description
Keywords
ދެކުނުގެ ތިންއަތޮޅު އެކުވެގެން އުފެއްދި ބަޣާވާތް, ސުވައިދީބު ސަރުކާރު, ހުވަދޫ ބަޣާވާތް, އައްޑޫ, ހަވަރު ތިނަދޫ, ފުވައްމުލަކު, ގ. ހަވަރު ތިނަދޫ, އިބްރާހިމް ނާޞިރު, ކަންތައްތައް ހިނގައިދިޔަގޮތް, ތިނަދޫއިން މީހުން ބޭލުން, Fua Mulaku, Addu, Thinadhoo, Havaru Thoinadhoo, Huvadhu atoll, United Suvadive Republic, Ibrahim Nasir, Thinadhoo proclaimed as an uninhabited island
Citation
އާމިނަތު ޝަފީޤާ. (2009). 1950 ގެ އަހަރުގެ ތެރޭގައި ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ބަޣާވާތް: ގދ. ހިވަރު ތިނަދޫ މީހުންގެ ދައުރު. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.S
hafeega. A. (2009). 1950 ge aharuge thereygai dhekunuge thin atholugai ufehdhi bagaavaaiy: G. Dh havaru thinadhoo meehunge dhauru. Male'. Maldives College of Higher Education
hafeega. A. (2009). 1950 ge aharuge thereygai dhekunuge thin atholugai ufehdhi bagaavaaiy: G. Dh havaru thinadhoo meehunge dhauru. Male'. Maldives College of Higher Education