ސުމުއްވުލް އަމީރު އިބްރަހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހި ޤައުމަށް ކުރި ފައިދާތައް

Loading...
Thumbnail Image

Date

2017-05-14

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University

Abstract

ދިރާސާގެ ޚުލާޞާ ( އެބްސްޓްރެކްޓް ) މިއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވަރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިޤައުމަށް ކުރިފައިދާތައް ހޯދާ ދިރާސާކުރުމަށް ކޮލިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. ދިރާސާގައި ބޭނުންކޮށްފައިވާނީ ޓެކްސްޓް އެނަލިސިސްއެވެ. އިބްރާހީމް ނާސިރުގެ ވެރިކަން ކަމަށް މިދިރާސާގައި ބަލާފައިވާނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ސަރުކާރުގެ އެންމެއިސް މަޤާމު ކަމަށްވާ ބޮޑުވަޒީރުކަމާ ޙަވާލުވި ތާރީޚް ކަމަށްވާ 1957 އިން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމުން ވަކިވެ ވަޑައިގެން އެމަނިކުފާނު ދިވެހިރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންނެވި ތާރީޚް ކަމަށްވާ 1978 އާ ދެމެދުގެ މުއްދަތެވެ. މި ދިރާސާއިން އެނގުނުގޮތުގައި ޚާރިޖީ ގުޅުންތައް ދަމަހައްޓަން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މަސައްކަތް ކުރާފަދައިން ދިވެހިރާއްޖެއިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ބޭރުގެ ޤައުމު ތަކާއެކު ާތް ގުޅުމެއް ބޭއްވުމަށާއި އެޤައުމުތަކުގެ މަދަދާއި އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ނިސްބަތުން އެކަށީގެން ވާ މަސައްކަތް ތަކެއްކޮށް ކާމިޔާބުތަކެއް ހޯދާފައިވާކަން ފާހަގަ ކުރެވުނެވެ. ދިރާސާ އަމާޒުކުރެވުނު ދުވަސްވަރު ކަމަށްވާ 1957 އިން 1978 އަށް ދިވެހިރާއްޖެ އޮތާ އިނގިރޭސީންގެ ހިމާޔަތުގެ ނަމުގައި ވަރަށްބޮޑު އަޅުވެތިކަމެއްގައިކަން ފާހަގަ ކުރެވުނެވެ. އެހެނީ އިނގިރޭސީންގެ ޙިމާޔަތުގެ އެއްބަސްވުމުގެ ދެވެނަ މާއްދާގައިވާގޮތުން އިނގިރޭސީން މެދުވެރިވެގެން ނޫނީ ދިވެހިރާއްޖެއާއި ބޭރުގެ އެއްވެސް ޤައުމަކާއެކު އެއްވެސް މުޢާމަލާތެއް ކުރުމަކީ މަނާކަމެކެވެ. ވުމާއެކު ހާލަތު ތަންދީފައިއޮތީ ޚާރިޖީގުޅުންތައް ހަމައެކި އިނގިރޭސީންނާ އެކު ބޭއްވުމަށެވެ. އިބްރާހީމް ނާސިރުގެ ވެރިކަމުގައި އިނގިރޭސީންގެ މަދަދާއި އެހީތެރިކަން ވަރަށްބފުރިހަމައަށް ހޯއްދެވިކަން ފާހަގަ ކުރެވުނެވެ. އަދި ހަމަ އެފަދައިން އިނގިރޭސީންނާއެކު އެތައް ދަވަހެއްގެ ވާހަކަ ދެއްކުން ތަކަކަށްފަހު މަޑުމަޑުން އިސްތިޢުމާރީ ބަރުތައް ދޫކުރަމުންގޮސް އެންމެ ފަހުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. އަދި މިނިވަން ކަމުގެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން ސޮއިކުރެއްވީވެސް އިބްރާހީމް ނާސިރުކަން ފާހަގަ ކުރެވުނެވެ.

Description

Keywords

Citation

saruna.mnu.edu.mv އާދަމް އަޙްމަދު. (2017). ސުމުއްވުލް އަމީރު އިބްރަހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހި ޤައުމަށް ކުރި ފައިދާތައް (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ
Adam, A. (2017). Sumuvvul Ameeru Ibrahim Nasir Rannaban'deyri kilegefaanuge verikamugai gendulhuvvi kh'aarijee siyaasathuge sababun Dhivei qaumah kuri faidhaathah (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv

Endorsement

Review

Supplemented By

Referenced By