ދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން ޢާއްމު ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެ ހެއްޔެވެ؟
dc.contributor.author | އަޙުމަދު ނާފިޢު | |
dc.contributor.author | Nafiu, Ahmed | |
dc.date.accessioned | 2018-03-26T03:33:23Z | |
dc.date.available | 2018-03-26T03:33:23Z | |
dc.date.issued | 2017-11-01 | |
dc.description.abstract | މި ދިރާސާއަކީ ދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން އާއްމު ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެގޮތް ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި މިވަނީ ފުލުހުން ޢާއްމު ރައްޔިތުންނާ މުޢާމަލާތްކުރުމުގައި ދިވެހިބަހުގެ ދަރަޖަތަކާއި ހަމަތައް ބޭނުންކޮށްގެން ޢާއްމު ރައްޔިތުންނާއި ފުލުހުން މުޢާމަލާތްކުރުމުން ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެތޯ ބެލުމަށެވެ. މީގެއިތުރުން ފުލުހުންގެ ބަސްމަގަށް ބަދަލު އަންނަން ދިމާވާ ސަބަބުތަކަކީ ކޮބައިތޯވެސް މި ދިރާސާގައި ބެލިފައިވާނެއެވެ. މި ދިރާސާއަށް ނަގާފައިވާ މައްސަލަ ތަޙްލީލުކޮށް ކުރިއަށް ގެންގޮސްފައިވާނީ މިކްސްޑް މެތަޑަށެވެ. ދިރާސާގެ މައްސަލައަކީ އިޖުތިމާޢީ މައްސަލައަކަށް ވާތީ، މި މައްސަލަ ދިރާސާކުރުމަށް ކޮއޮންޓިޓަޓިވް އަދި ކޮއޮލިޓަޓިވް ޑާޓާ އެއްކުރެވިފައިވާނެއެވެ. ހަމަ އެހެންމެ މައްސަލައިގެ އެއްބައިކަމަށްވާ ފުލުހުންގެ ބަސްމަގު ހުންނަގޮތް ހޯދާ ބެލުމަށް ކުއޮންޓިޓަޓިވް ގޮތްތަކެއް ބޭނުންކޮށްފައިވާ މި ދިރާސާ ކުރިއަށް ގެންދިއުމުގައި އިންޑަކުޓިވް އެޕްރޯޗެއް ބޭނުންކޮށްފައިވާނެއެވެ. މިގޮތުން މި ދިރާސާ ހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދާފައިވާނީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 50 މީހުން ބޭނުންކޮށްގެން ސާރވޭއެއް ހަދައިގެންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 10 މީހުންގެ އިންޓަވިއު ނަގައިގެންނެވެ. އަދި މި ދިރާސާގެ ރިޕޯޓް ހުށަހަޅާފައިވާނީ 6 ބާބެއްގެ މައްޗަށް ބަހާލައިގެންނެވެ. މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތު ތަކުގެ އެހީގައި ދިވެހި ފުލުހުންގެ ބަސްމަގު ރަނގަޅު ނޫންކަން އެނގުނެވެ. ނަމަވެސް ދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން ޢާއްމު ރައްޔިތުންގެ ލޯބި ދިވެހި ފުލުހުންނަށް ލިބިދާނެކަން އެނގިގެންދިޔައެވެ. | en_US |
dc.identifier.citation | އަޙުމަދު ނާފިޢު. (2017). ދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން ޢާއްމު ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | en_US |
dc.identifier.citation | Nafiu, A. (2017). Dhivehi fuluhunge basmagu badhalukohgen aanmu rayyithunge loabi fuluhunnah libidhaane heyyeve?. Male', Maldives National University. | |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/1191 | |
dc.publisher | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | en_US |
dc.publisher | Faculty of Arts, Maldives National University | |
dc.title | ދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން ޢާއްމު ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެ ހެއްޔެވެ؟ | en_US |
dc.title.alternative | Dhivehi fuluhunge basmagu badhalukohgen aanmu rayyithunge loabi fuluhunnah libidhaane heyyeve? | en_US |
dc.type | Thesis | en_US |