ދިވެހި މުހާވިރާތަކަށް އަދުގެމުޖުތަމަޢުން ދީފައިވާ މަޤާމް
Loading...
Date
2009-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
މި ދިރާސާ އަކީ ދިވެހި މުހާވިރާތަކަށް ސްކޫލު ކުދިންނާއި، ޓީޗަރުން، މީޑިޔާތަކުން، އަދި އާންމު ފަރުދުން ހޭލުންތެރިވެ އަހުލުވެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ އާއި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް ދެވިފައިވަނީ ކިހާވަރެއްގެ މަޤާމެއްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. ބޭނުމަކީ ދިވެހި އަދަބީ މުހާވިރާތަކަށް މިއަދުގެ މުޖުތަމަޢުން ކިހާވަރެއްގެ އަހައްމިއްޔަތެއް ދޭތޯ ބެލިމެވެ. އަދި ލިޔުމުގައާއި ކިޔުމުގައި އެތަކެތި ބޭނުންކުރަނީ ކިހައި މިންވަރަކަށްތޯ ބަލައި ހޯދުމެވެ.
މިގޮތުން ކުރެވުނު ދިރާސާގައި މާލޭގެ ޘާނަވީ 3 ސްކޫލެއްގެ 8،9 އަދި 10 ގެ ދަރިވަރުން ބައިވެރި ކުރެވުނެވެ. އަދި މި ކުދިންނަށް މަސައްކަތު ކަރުދާސް ތަކެއް ދީގެން ޓެސްޓުކުރެވުނެވެ. މީގެއިތުރުން ދެ ސްކޫލެއްގެ ދެވަނަ ޓާރމްގެ ޓެސްޓް ނަތީޖާ ހޯދައި ބެލުނެވެ. ޕްރިންޓް މީޑިޔާގައި ބޭނުން ކުރާވަރު ބެލުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމްތަކުގައި ދިވެހި މުހާވިރާތައް ބޭނުންކޮށްފައިވާ މިންވަރު ބެލުމުގެ ގޮތުން ތަޙުލީލުތައް ކުރެވުނެވެ.
މިދިރާސާ ހެދުމުގައި މުޖުތަމައުގައި އުޅޭ ކިޔަވާ ކުދިންނާއި، ދިވެހި މުދައްރިސުން އަދި އާންމު ފަރުދުންނަށް ސާރވޭ ފޯރމްތަކެއްދީ އެތަކެތިން ލިބުނު ނަތީޖާއަކީ ކޮބައިތޯވެސް ބެލީމެވެ. މިތަކެތި ބަލައި ތަހުލީލް ކުރުމުން އެނގިގެން ދިޔައީ ދިވެހި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް މާބޮޑު ޖާގައެއް ނެތް ކަމެވެ. އާންމުފަރުދުންނާއި ކިޔަވާކުދިން ކޮންމެވެސް ވަރަކަށް ދިވެހި މުހާވިރާތައް ބޭނުންކުރި ނަމަވެސް މީޑިޔާތަކުން ދިވެހި މުހާވިރާތައް ދިރުވާ އާލާ ކުރުމަށް މާބޮޑު އަހަންމިއްޔަތެއް ދީފައިނުވާކަމެވެ. ދިވެހި މުދައްރިސުން ކިޔަވައިދެއްވުމުގައި ދިވެހި މުހާވިރާތައް އެއްގޮތަކަށްވެސް ބޭނުންކުރަމުން ނުދާކަން މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި ދިވެހި މުހާވަރާތައް ކިޔަވައިދެއްވަނީ ޓެސްޓްގައި ސުވާލު ދޭތީކަމާއި އެއީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމަށް ދެކިގެން ނޫންކަންވެސް ހާމަވެގެން ދިޔައެވެ.
އެހެންކަމުން ދިވެހި މުހާވިރާ ތަކަކީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމުގައި ދެކި، އެއީ މިހާރަށްވުރެ ބޮޑަށް އަހައްމިއްޔަތު ކަން ދީގެން އަހުލުވެރިވާން ވެއްޖެ ތަރިކައެކެވެ. އަދި މިދިރާސާގެ މައިގަނޑު ބޭނުމަކީވެސް ދިވެހި މުހާވިރާތަކަށް މިހާރަށްވުރެ އަހުލުވެރި ޖީލުތަކެއް ބިނާވެގެން ދިޠުމެވެ.
Description
Keywords
ދިވެހި މުހާވިރާ, ސްކޫލު ކުދިން, ދިވެހި މުދައްރިސުން, އާންމު ފަރުދުން, މުހާވިރާތަކަށް މާބޮޑު ޖާގައެއް ނެތް, މުހާވިރާތައް ދިރުވާ އާލާ ކުރުން, މުހާވަރާތައް ކިޔަވައިދިނުން
Citation
Ahmed, S. (2009) Dhivehi muhaaviraathakah adhuge mujuthamaun dheefaavaa maqaamu. Male', Maldives College of Higher Education.
ޝިއުނާ އަޙުމަދު. (2009). ދިވެހި މުހާވިރާތަކަށް އަދުގެމުޖުތަމަޢުން ދީފައިވާ މަޤާމް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
ޝިއުނާ އަޙުމަދު. (2009). ދިވެހި މުހާވިރާތަކަށް އަދުގެމުޖުތަމަޢުން ދީފައިވާ މަޤާމް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.