މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު.

Loading...
Thumbnail Image

Date

2011-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން

Abstract

މި ދިރާސާއަކީ، މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު ދެނެގަތުމަށް ކުރި ދިރާސާ އެކެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ، މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު ދެނެގަނެ، އެ އޮޅުންތައް ކުޑަ ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުރާ މަސައްކަތައް މަގުފަހި ކޮށްދިނުމެވެ.މ ދިރާސާ ލިޓްރޭޗަރ ރިވިއު އިން ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދިރަޖަތައް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް އެނގިގެން ދިޔައެވެ. މިގޮތުން، ބައެއް ބައިތަކަށް ވަރަށް ހަރުދަނާ ޤައާއިދު ތަކެއް ހެދިފައިވާއިރު، ޤަވާއިދު ހަރުދަނާ ކުރަންޖެހޭ ބައެއް ބައިތައްވެސް ހުރިކަން ފާހަގަކުރެވުނެވެ. މި ދިރާސާ ހެދުމަށް ޚިޔާރުކުރީ އެމްޕެރިކަލް ރިސަރޗް ފްރޭމްވަރކެކެވެ. އަދި މި ދިރާސާ ކުރިއަށް ގެންދިޔައީ ކުއަންޓިޓޭޓިވް މެތަޑް ބޭނުން ކޮށްގެންނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނީ، މާލޭގެ ސާނަޥި 5 ސްކޫލެއްގެ ގުރޭޑް 9 ގެ ޖުމުލަ 100 ދަރިވަރުންނެވެ. ދެ ޖިންސް ހަމަހަމަ ވާނޭހެން ރެންޑަމް އުސޫލުން ސްކޫލް ތަކުން ހޮވާލެވުނު ދަރިވަރުންލައްވާ ފުރުވި ސަރވޭ ފޯމުން މަޢުލޫމާތު އެއްކުރެވުނެވެ. މިގޮތުން، ދަރަޖިއިގެ އެކިބައިތައް ދަރިވަރުންނަށް އެނގޭ މިންވަރު ހޯދުނެވެ. އަދި ދަރިވަރުންނަށް ދަރަޖައިގެ އެކި ބައިތައް އެނގޭ މިންވަރުގައި ދެ ޖިންސް ދެމެދު ހުރި ފަރަޤު ފާހަގަކުރެވުނެވެ. މި ދިރާސާއިން ހޯދިހޯދުމުން ފާހަގަކުރެވުނީ، މިދިރާސާގެ ގިނަ ބައިވެރިންނަށް ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަން ރަނގަޅަށް ނޭނގޭކަމެވެ. އަދި މި ދިރާސާގެ ބައިވެރިންގެ ތެރެއިން ދަރަޖަ ބޭނުންކުރަން ފިރިހެން ދަރިވަރުންނަށްވުރެ ބޮޑަށް އަންހެން ދަރިވަރުންނަށް އެނގޭކަން ހާމަވެގެން ދިޔައެވެ. މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ދިރާސާގެ ބައިވއރިންގެ ތެރެއިން 9 އިންސައްތަ ދަރިވަރުންނަށް ދިވެހިބަހުގެ ދަރަޖަތައް ރަނގަޅަށް އެނގެއެވެ. އަދި 42.33 އިންސައްތަ ދަރިވަރުންނަށް މި ދަރަޖަތައް އެނގެނީ "ފުދޭވަރަކަށް" އެވެ. ކުޑަމިންވަރަކަށް އެނގޭ 45.67 އިންސައްތަ ދަރިވަރުން ތިބިއިރު، މި ދަރަޖަތައް އެއްގޮތަކަށްވެސް ނޭނގޭ 3 އިންސައްތަ ދަރވަރުން އެބަ ތިއްބެވެ.

Description

Keywords

ސާނަވީ މަދަރުސާ, ވާހަކަދެއްކުމުގެ ދަރަޖަތައް, ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް, ދިވެހިބަސް, Secondary school, oratory competence, dhivehi language

Citation

Shareef, A. (2011). Maleyge saanavee madharusaathakuge grade 9 ge dharivarunnah dhivehi bahuge vaahakadhehkumuge dharajathah engey minvaru. Male', Maldives College of Higher Education.
ޢަލީ ޝަރީފް. (2011). މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.

Endorsement

Review

Supplemented By

Referenced By