ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެންމެ ހަތްމަހާ 20 ދުވަހުގެ ޅަފަތުގެ ދައުރެއްގައި އުވެންދިމާވި ސަބަބުތަކަކީ ކޮބައިހެއްޔެވެ؟
Loading...
Date
2010-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
މި ދިރާސީއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެންމެ ހަތްމަހާއި 20 ދުވަހުގެ ޅަފަތުގެ ދައުރެއްގައި އުވިފައިވުމުން، އެ ޖުމްހޫރިއްޔާ އެފަދަ ޅަފަތުގެ ދައުރެއްގައި އެފަދަ ގޮތްތަކަށް އުވެންދިމާވުމުގައި ސަބަބުތަކެއް ވާނެކަމަށް ފެންނާތީ، އެ ސަބަބުތަކަކީ ކޮބައިތޯ ބަލަން ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެހާ ޅަފަތުގެ ދައުރެއްގައި އުވެން ދިމާވީ އެ ޖުމްހޫރިއްޔާގެ އެންމެ އެތެރޭގައި ތިއްބެވި ބޭފުޅުން ބޭނުންވުމުންނެވެ.
ފުރަތަމަ ޖުމްހޫރިއްޔާގެ ވެރުކަމުގައި މުޙައްމަދު އަމީނު ދީދީ ކަކާގޭ ބޭފުޅުންނަށް އިސްކަން ދެއްވަމުން ދާތީ ވެލާނާގޭ ބޭފުޅުންގެ ހިތްޕުޅުގައި މުޙައްމަދު އަމީނު ދީދީގެ މައްޗަށް ނަފުރަތު އުފެދުނެވެ. ނަތިޖާއެއްގެ ގޮތުން މުޙައްމަދު އަމީނު ދީދީ އާލާސްކަންފުޅަކަށް ބޭސްކުރައްވަން ރާޖެއިން ބޭރަށް ވަޑައިގެންނެވި ދަނޑިވަޅު ބައްލަވައި މުޙައްމަދު އަމީނު ދީދީގެ މައްޗަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، އެމީހުން ލައްވާ ފުރަތަމަ ޖުމްހޫރިއްޔާ އުވާލާ މުޙައްމަދު އަމީނު ދީދީގެ ވެރިކަމުން ވައްޓާލުމުގައި ވެލާނާގޭ ޢާއިލާއިން ކާމިޔާބު ހޯދީއެވެ.
މި ކަމުގައި އެންމެ މުހިއްމު އަދި އިސްދައުރެއް އަދާކުރެއްވީ އެ ޖުމްހޫރިއްޔާގެ ނައިބު ރައީސް ވެލާނާގޭ އިބުރާހީމް މުޙައްމަދު ދީދީއެވެ. އިބުރާހީމް މުޙައްމަދު ދީދީއަކީ އެދުވަސްވަރު ވެލާނާގޭ ޢާއިލާގައި ނަގާކިއުއްވާ އުޅުއްވި ގިން ބޭފުޅުން ތަކެއްގެ ބޮޑުބޭބެފުޅެވެ. އެހެންކަމުން ޢާއިލާއިން ބޭނުންވާ ކަމެއް ނުކޮށް ހުންނެވުމަކީ އިބުރާހީމް ދީދީއަށް ފަސޭހަކަމަކަށް ނުވާނެއެވެ. މީގެއިތުރުން އިބުރާހީމް މުޙައްމައިދީގެ ހިތްޕުޅުވެސް ވަނީ މުޙައްމަދު އަމީނު ދީދީއާމެދު ގޯސްވެފައެވެ.
ފުރަތަމަ ޖުމްހޫރިއްޔާ އުވާލުމުގެ މަސައްކަތް ކުރި މީހުންނަށް އެހާފަސޭހައިން އެކަން ކާމިޔާބުކުރެވުނީ ފުރަތަމަ ޖުމްހޫރިއްޔާގެ ނައިބުރައީސް ވެލާނާގޭ އިބުރާހީމް މުޙައްމަދު ދީދީ އެކަމުގައި ބައިވެރިވެ އިސްދައުރެއް އަދާކުރެއްވީމައެވެ.
Description
Keywords
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ, މުޙައްމަދު އަމީނު ދީދީ, ވެލާނާގޭ ބޭފުޅުން, ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި, އިބުރާހީމް މުޙައްމައިދީ, Mohamed Ameen Didi, First republic of Maldives, Ibrahim Mohamed Didi, Velaanaage family
Citation
Hamid, S., (2010). Dhivehi raajeyge furathama jumhooriyaa enme haiymahaa 20 dhuvahuge lhafathuge dhaurehgai uvendhimaavi sababuthakakee kobaihehyeve?. Male', Maldives College of Higher Education
ޝަކީލާ ހާމިދު. (2010). ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެންމެ ހަތްމަހާ 20 ދުވަހުގެ ޅަފަތުގެ ދައުރެއްގައި އުވެންދިމާވި ސަބަބުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
ޝަކީލާ ހާމިދު. (2010). ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެންމެ ހަތްމަހާ 20 ދުވަހުގެ ޅަފަތުގެ ދައުރެއްގައި އުވެންދިމާވި ސަބަބުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.