ދިވެހި ބަހުން ކިޔެމުން އަންނަ ފުލޯކު ވާހަކަތަކުން ދިވެހީންގެ ދީން ދައްކުވައިދޭ ހެއްޔެވެ؟

dc.contributor.authorނާޒްލީ އިބްރާހީމް
dc.contributor.authorIbrahim, Nazlee
dc.date.accessioned2018-04-01T08:35:32Z
dc.date.available2018-04-01T08:35:32Z
dc.date.issued2017-11-01
dc.description.abstractުލޯކު ވާހަކަތަކަކީ އެ ބައެއްގެ ފޯކްލޯރުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެހެން ނަމަވެސް ދިވެހީންގެ ތެރޭގައި ފުލޯކު ވާހަކަތައް ދަންނަ މީހުން މިދަނީ މަދުވަމުންނެވެ. ފޯކްލޯރަކީ މުޖްތަމަޢެއްގެ ސަޤާފަތާ އާދަކާދަތައް ދެނެގަތުމަށް މުހިންމު އެއްޗެކެވެ. ދޫދޫ މަތިން ކިޔެމުން އަންނަ ފުލޯކު ވާހަކަތަކަކީ ފޯކްލޯރުގެ ބަޔަކަށް ވުމާއެކު މިފަދަ ވާހަކަތަކުން މުޖުތަމަޢުގެ ސަޤާފަތާއި އާދަކާދަތަކާ ޤަބޫލުކުރުންތައް ފެންނަން ހުންނަ ކަމުގައި ދިރާސާވެރިން ހާމަކުރައްވައެވެ. ރާއްޖޭގެ ތާރީޚާ ސަޤާފަތް ދެނެގަތުމަށްޓަކައި ވަނީ ވަރަށް މަދު ވަޞީލަތްތަކެވެ. ފުލޯކު ވާހަކަތަކަކީ އޭގެ އެއް ވަޞީލަތެވެ. އެކިއެކި ޤައުމުތަކުގައި އެއް މަޢުލޫއަކަށް ހުރި ފުލޯކު ވާހަކަތައް ކިޔަމުން އައިކަމުގައި ވިޔަސް އެ މުޖުތަމަޢެއްގެ ޤަބޫލުކުރުންތައް އެއް ޤައުމު އަނެއް ޤައުމާ ތަފާތުކޮށް މި ވާހަކަތަކުން ފެންނަން ހުންނަ ކަމުގައި ދިރާސާވެރިން ހާމަކުރައްވައެވެ. މި ދިރާސާއަކީ ދިވެހީން ކިޔަމުން އަންނަ ފުލޯކު ވާހަކަތަކުން ދިވެހީންގެ ދީން ދައްކައިދޭތޯ ނުވަތަ ނޫންތޯ ބެލުމަށް ހަދައިފައިވާ ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ ދިވެހީންގެ ސަޤާފަތުގެ ތެރޭގައި ހިމެނޭ ދީން ފުލޯކު ވާހަކަތަކުން ފެނޭތޯ ބަލައި މި ވާހަކަތަކުން ފެންނަ މިފަދަ މަޢުލޫމާތުތައް ހާމަކޮށްދީ މި ފުލޯކު ވާހަކަތަކުގެ މުހިންމުކަން ދިވެހީންނަށް ހާމަކޮށްދިނުމެވެ. އަދި މިފަދަ ވާހަކަތައް މުޖުތަމަޢުން ގެއްލިގެން ދިޔަ ނުދީ ރައްކާތެރިކުރުމަށް ބާރުއެޅުމެވެ. މި ދިރާސާ ހަދާފައި ވަނީ އިންޑަކްޓިވް އެޕްރޯޗަކުން، ކުއަލިޓޭޓިވް ކޮށެވެ. އޭގެ ބޭނުމަކީ ދިރާސާގެ ހޯދުންތައް ވީހާވެސް ތަފްޞީލުކޮށް ހާމަކޮށްދިނުމެވެ. ދިރާސާ ހެދުމަށް ސާމްޕަލްގެ ގޮތުގައި ބޭނުންކުރެވުނީ ޒެވިއަރ ރޮމޭރޯ ފިއަސް ލިޔުއްވާފައިވާ " ފޯކްޓޭލްސް އޮފް މޯލްޑިވްސް " މި ފޮތެވެ. މި ފޮތުގައި ހިމެނޭ ފޯކްޓޭލްތަކަކީ އޭނާ 1979 އިން 2007 ވަނަ އަހަރާ ދެމެދު އެއްކޮށްފައިވާ ވާހަކަތަކެވެ. މި ދިރާސާ ހަދައިފައި މިވަނީ މިފޮތުގައި ހިމެނޭ 80 ވާހަކައިގެ ތެރެއިން ސާމްޕަލިންގްއަށް ސިސްޓެމެޓިކްކޮށް 16 ވާހަކަ ނަގައިގެންނެވެ. އަދި އެ ވާހަކަތަކުން ޑާޓާ އެއްކޮށްފައިވާނީ ކޯޑްކޮށް އަދި ދެ ތީމަކަށް ބަހައިލައިގެންނެވެ.en_US
dc.identifier.citationނާޒްލީ އިބްރާހީމް. (2017). ދިވެހި ބަހުން ކިޔެމުން އަންނަ ފުލޯކު ވާހަކަތަކުން ދިވެހީންގެ ދީން ދައްކުވައިދޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationIbrahim, N. (2017). Dhivehi bahun kiyemun anna fuloaku vaahakathakun dhiveheenge dheen dhakkuvaidhey heyyeve?. Male, Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1434
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleދިވެހި ބަހުން ކިޔެމުން އަންނަ ފުލޯކު ވާހަކަތަކުން ދިވެހީންގެ ދީން ދައްކުވައިދޭ ހެއްޔެވެ؟en_US
dc.title.alternativeDhivehi bahun kiyemun anna fuloaku vaahakathakun dhiveheenge dheen dhakkuvaidhey heyyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Nazlee Ibrahim.pdf
Size:
876.54 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: