އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ދިވެހިކުޑަކުދިންނަށް އަދާނުކުރެވޭ ދިވެހިބަހުގެ އަޑުތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެއަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކުރަނީ ކޮންއަޑުތަކެއް ހެއްޔެޔެވެ؟

dc.contributor.authorSulaiman, Ali
dc.contributor.authorޢަލީ ސުލައިމާން
dc.date.accessioned2018-03-15T11:29:02Z
dc.date.available2018-03-15T11:29:02Z
dc.date.issued2012-11-01
dc.description.abstractމިދިރާސާއަކީ ދިވެހިބަހުން ވާހަކަދައްކާ ކުޑަކުދިންގެ ތެރެއިން އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ކުޑަކުދިންނަށް ވާހަކަ ދެއްކުމުގައި ދިވެހިބަހުގެ އަޑުތައް ރަނގަޅު މަޚުރަޖައިން އަދާކުރެވޭ މިންވަރާއި އެއަޑުތަކުގެ ބަދަލުގައި ބޭނުންކުރާ އަޑުތަކުގައި އެއްގޮތްކަމެއް ހުރިތޯ ނުވަތަ ނެތްތޯއާއި އަދާ ނުކުރެވޭ އަޑުގެ ބަދަލުގައި އެހެން އަޑެއް ބޭނުންކުރޭތޯ ބެލުމަށް ކުރެވިފައިވާ ދިރާސާއެކެވެ. ދިރާސާއަށް ބޭނުންވާ ސާމްޕަލް ނަގާފައިވާނީ މާލޭގެ ދެސްކޫލަކުންނެވެ. މިގޮތުން 2 އަހަރު ބަޔާއި 3 އަހަރާއި އަދި 3 އަހަރާއި ތިން އަހަރުބަޔާއި ދެމެދުގެ އުމުރުފުރާއިން ކޮންމެ އުމުރު ފުރާއަކުން 15 ކުދިންގެ އަޑު ރެކޯޑު ކުރެވުނެވެ. މިގޮތުން އެއްކުރެވުނު ޑާޓާތައް ބައިތަކަށް ބަހާލައި ތަހުލީލު ކުރުމުން އެނގި ހާމަވީ، އުމުރުން ތިންއަހަރު ބަޔާއި ހަމައަށް އަށްނައިރުވެސް ދިވެހި ބަހުގެ އަޑުތަކުގެ ތެރެއިން 3 އަޑެއް ބައެއް ކުދިންނަށް ރަނގަޅަށް ދަސްނުވާކަމެވެ. އަދި އުމުރުމަތިވަމުން އަންނަވަރަކަށް ރަނގަޅު މަޚުރަޖައިން އަދާނުކުރެވޭ އަޑުތަކުގެ އަދަދު މަދުވަމުން އަންނަކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ބަހުގެ އަޑުތައް އަދާކުރުމުގައި ކުދިންނަށް ރަނގަޅު މަޚުރަޖައިން އަދާނުކުރެވުނު އަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކޮށްފައިވާ އަޑުތަކުގެ ތެރޭގައި ހިމެނެނީ އަސްލު އަޑުގެ މަޚްރަޖައާއި ވަރަށް ބޮޑަށް ގާތްކުރާ އަޑުތަކެވެ. މިގޮތުން ބަދަލުގައި ބޭނުންކުރި ބައެއް އަޑުތަކަކީ އަސްލު އަޑުގެ މަޚުރަޖައިން އެހެން ނަމަވެސް ތަފާތުކޮށް އަދާކުރާ އަޑުތަކެއް ކަން ފާހަގަކުރެވުނެވެ. އަދި އަޑު ބަދަލުވުމުގައި ކުދިންގެ މެދުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން މުޅިދިރާސާގެ ހޯދުންތަކުން އެނގިފައިވަނީ އުމުރުން 3 އަހަރުބަޔާއި ހަމައަށް އަންނައިރު ބައެއް ކުދިންނަށް ދިވެހި ބަހުގެ ހުރިހާ އަޑެއްވެސް ރަނގަޅު މަޚުރަޖައިން އަދާކުރުމަށް ދަސްވެފައިވާ ކަމާއި، މިއުމުރާއި ހަމައަށް އަންނަ އިރު ބައެއް ކުދިންނަށް އެއްގޮތަކަށްވެސް އަދާނުކުރެވޭ އަޑަކީ "ރ" /r/ ގެ އަޑު ކަމެވެ.en_US
dc.identifier.citationSulaiman, A. (2012). Umurun 2 aharubayaai 3 aharu bayaai dhemedhuge dhivehi kudakudhinnah adhaa nukurevey dhivehi bahuge aduthakakee kobaihehyeve? Adhi eaduthakuge badhalugai kudhin beynun kuranee kon aduthakeh hehyeve?. Male', Maldives National University.en_US
dc.identifier.citationޢަލީ ސުލައިމާން . (2012). އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ދިވެހިކުޑަކުދިންނަށް އަދާނުކުރެވޭ ދިވެހިބަހުގެ އަޑުތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެއަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކުރަނީ ކޮންއަޑުތަކެއް ހެއްޔެޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/928
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectދިވެހިބަހުން ވާހަކަދައްކާ ކުޑަކުދިންen_US
dc.subjectދިވެހިބަސްen_US
dc.subjectކުޑަކުދިންen_US
dc.subjectމަޚުރަޖައިން އަދާނުކުރެވުނު އަޑުen_US
dc.subjectއަސްލު އަޑުގެ މަޚްރަޖަen_US
dc.subjectބަދަލުގައި ބޭނުންކުރި ބައެއް އަޑުތަen_US
dc.subjectމަޚުރަޖައިން އަދާކުރުމަށް ދަސްވެފައިen_US
dc.subjectއަޑު އަދާކުރުންen_US
dc.subjectޅަފަތުގެ ކުދިންen_US
dc.subjectބަސް ދަސްކުރުންen_US
dc.titleއުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ދިވެހިކުޑަކުދިންނަށް އަދާނުކުރެވޭ ދިވެހިބަހުގެ އަޑުތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެއަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކުރަނީ ކޮންއަޑުތަކެއް ހެއްޔެޔެވެ؟en_US
dc.title.alternativeUmurun 2 aharubayaai 3 aharu bayaai dhemedhuge dhivehi kudakudhinnah adhaa nukurevey dhivehi bahuge aduthakakee kobaihehyeve? Adhi eaduthakuge badhalugai kudhin beynun kuranee kon aduthakeh hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ali Sulaiman.pdf
Size:
3.3 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: