ދިވެހިރާއްޖޭގައި ކޮލިލުމާއި ކޮލިލުމުގައި ދިވެހީން ގެންގުޅެފައިވާ ސަގާފީ އުސޫލު ތަކަކީ ކޮބައިހެއްޔެވެ؟

dc.contributor.authorSaeeda, Aminath
dc.contributor.authorއާމިނަތު ސައީދާ
dc.date.accessioned2018-03-12T08:19:48Z
dc.date.available2018-03-12T08:19:48Z
dc.date.issued2009-11-01
dc.description.abstractމިދިރާސާ އަކީ ކޮލިލުމާއި ކޮލިލުމުގައި ގެންގުޅެފައިވާ ސަގާފީ އުސޫލުތަކަކީ ކޮބައިތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން މިދިރާސާގައި ބަލައިލާފައި ވާނީ ކޮލިލުމަކީ ކޮބާތޯ އާއި ކޮލިލުމުގެ ވައްތަރުތަކާއި އަދި ކޮލިލުމުގެ ކަންތައްތަކުގައި ރައްޔިތުންގެ ބައިވެރިވުން އޮތްގޮތާއި ސަގާފީ ގޮތުން އެކަމާ ގުޅުންހުރި ކަންތައްތަކުގެ އިތުރުން ޒަމާނުއްސުރެ ލަމުންއައިސްފައިވާ ކޮލިތައް ހުއްޓުނީ ކީއްވެގެން ކަމާއި މެދު ގައެވެ. މިދިރާސާއިން ހޯދުނު މައުލޫމާތުން ފާހަގަ ކުރެވުނީ ކޮލިލުމަކީ ރަސްމީ ބައެއް ލަޤަބު އިޢުލާންކުރުމަށްޓަކައި ކުރާ ރަސްމީ ކަމެއްކަމެވެ. ހަމައެހެންމެ ރަސްކަމުގައި އިންނަވާ ރަސްގެފާނަށް ރަސްކަމުގެ މަތީ ދަރަޖައިގެ އިއްޒަތް ދިނުމެވެ. އެހެންކަމުން ރަސްކަމަށް ކޮލިލުމަކީ ރަސްކަލަކަށް ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމަށްލާ ކޮއްޔެކެވެ. ކޮލިލުމުގެ މަޤްސަދަކީ ކަންތައްތަކެއް އެންގުމަށްޓަކައި ރަސްމީ ސިފައެއްގައި ރައްޔިތުންނަށް އެކަން އަންގާ އިއުލާންކުރުމެވެ. ނުވަތަ އެނައުންސްމަންޓް ދިނުމެވެ. އަދި އެކިއެކި ނަންނަމުގައި ކިޔާ ތަފާތު ކަންކަމަށްލާ ކޮލިތައްހުރިކަމެވެ. މިކޮލިތައް މައިގަނޑު 5 ބަޔަކަށް ނިސްބަތްވާގޮތަށް ބަހާލެވިފައި ވާނެއެވެ. އެއީ ވެރިކަމުގެ ފަރާތުން އިއްޒަތްދިނުމަށް ލާ ކޮއްޔާއި ދީނީ ކަންކަމަށް ގޮވުމަށްލާ ކޮއްޔާއި އަދި އިޖުތިމާޢީ ކަންކަމުގައި ނިކުތުމަށްލާ ކޮލީގެ އިތުރުން މަސްއޫލިއްޔަތާއި ގުޅިގެން މަގާމަށް ނިސްބަތްކޮށް ލާކޮލި ހިމެނެއެވެ. އަދި މީގެ އިތުރުން ރަސްމީގޮތުން ކޮލިލުން އޮންނަ ކަން އެނގުމުން ގޮތުން ވެސް ކޮއްޔެއްލައެވެ. ކޮލިލުމުގެ ކަންތައްތައް ކުރުމުގައި އާނމު ރައްޔިތުންގެ ބައިވެރިވުމާއި ކޮލިލުމުގައި ގެންގުޅެފައިވާ ސަގާފީ އުސޫލްތައް ބިނާވެފައިވަނީ އެކޮއްޔެއްގެ ބާވަތުންކަމާއި ޒަމާނުއްސުރެ ލަމުން އައިސްފައިވާ ކޮލި ހުއްޓުނީ ތަފާތު އެތައް ސަބަބުތަކެއް މެދުވެރިވެގެންކަން މިދިރާސާގެ ހޯދިހޯދުމުން ފާހަގަ ކުރެވުނެވެ.en_US
dc.identifier.citationSaeeda, A. (2009) Dhivehiraajeyga kolilumaai kolilumugai dhiveheen gengulhefaivaa usool thakakee kobai hehyeve?. Male', Maldives College of Higher Educationen_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/846
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންen_US
dc.publisherFaculty of Arts, Maldives College of Higher Education
dc.subjectކޮލިލުންen_US
dc.subjectސަގާފީ އުސޫލުތައްen_US
dc.subjectރަސްމީ ބައެއް ލަޤަބު އިޢުލާންކުރުންen_US
dc.subjectރަސްގެފާނަށް ރަސްކަމުގެ މަތީ ދަރަޖައިގެ އިއްޒަތް ދިނުންen_US
dc.subjectއިއްޒަތްދިނުމަށް ލާ ކޮލިen_US
dc.subjectދީނީ ކަންކަމަށް ގޮވުމަށްލާ ކޮލިen_US
dc.subjectއިޖުތިމާޢީ ކަންކަމުގައި ނިކުތުމަށްލާ ކޮލިen_US
dc.subjectމަސްއޫލިއްޔަތާއި ގުޅިގެން މަގާމަށް ނިސްބަތްކޮށް ލާކޮލިen_US
dc.titleދިވެހިރާއްޖޭގައި ކޮލިލުމާއި ކޮލިލުމުގައި ދިވެހީން ގެންގުޅެފައިވާ ސަގާފީ އުސޫލު ތަކަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeDhivehiraajeyga kolilumaai kolilumugai dhiveheen gengulhefaivaa usool thakakee kobai hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Aminath Saeeda.pdf
Size:
714.43 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: