ކީ ސްޓޭޖް 1 ގައި ބަސްކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓްފޮތްތަކުގައި ޖެންޑަރު ތަފާތުކޮށް ފައި ވަނީ ކޮންގޮތަކަށް ކިހައި މިންވަރަކަށްހެއްޔެވެ؟

dc.contributor.authorIbrahim, Anwar
dc.contributor.authorއަންވަރު އިބްރާހީމް
dc.date.accessioned2018-03-25T08:26:45Z
dc.date.available2018-03-25T08:26:45Z
dc.date.issued2015-11-01
dc.description.abstractމި ދިރާސާއަކީ ދިވެހިރާއްޖޭގެ ސްކޫލްތަހުގެ ކީ ސްޓޭޖް 1 ގައި ބަސް ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތްތަކުގައި ޖެންޑަރު ތަފާތުކޮށްފައި ވަނީ ކިހައި މިންވަރަކަށް އަދި ކޮން ގޮތަކަށްކަން ދެނެގަތުމުގެ މަޤުޞަދުގައި ގެންދެވުނު ދިރާސާއެކެވެ. ދިރާސާގެ ބޭނުމަކީ ޓެކްސްޓް ފޮތްތަކުގައި ޖެންޑަރު ތަފާތުކޮށްފައި އޮތްގޮތް ދެނެގަނެ، ދިވެހި މިޖުތަމަޢުގައި ޖެނަޑަރު ތަފާތުކުރުމުގެ ވިސްނުން ފުހެލުމަށްޓަކައި ކުރެވޭ މަސައްކަތައް އެހީތެރިވުމެވެ. މި ދިރާސާ މުހިންމުވަނީ ކީ ސްޓޭޖް 1 ގެ ފޮތަތަކުގެ މައްޗަށް މިފަދަ އެހެން ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާތީއެވެ. ޑިޑަކްޓިވް އެޕްރޯޗެއްގެ ދަށުން، ކޮންޓެންޓް އެނަލިސިސް މެތަޑް ބޭނުންކޮށްގެން ކުރިއަށް ގެންދެވުނު މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލައިލެވުނީ ފޮޓޯތަކާއި ކުރެހުންތަކާއި އައިކަންތަކުގައި ޖެންޑަރު ތަފާތުކޮށްފައިވާ މިންވަރާއި ލިޔުންތަކާއި ޑައިލޮގުތަކުގައި ޖެންޑަރު ތަފާތުކޮށްފައިވާ މިންވަރާއި ސްޓީރިއޯޓައިޕް ކޮށްފައިހުރި ގޮތްތަކުގެ މައްޗަށެވެ. މި ދިރާސާއިން ހޯދުނީ ޓެކްސްޓް ފޮތްތަކުގައި ޖެންޑަރު ތަފާތުކުރުން އޮތްކަމާއި އެކިގޮތްގޮތަށް އެ ތަފާތު ކުރެވޭކަމެވެ. މިގޮތުން ޓެކްސްޓް ފޮތްތަކުގައިވާ ފޮޓޯތަކާއި ކުރެހުންރތަކާއި އައިކަންތަކުގައި އަންހެނުންނަށްވުރެ ފިރިހެނުން ހިމަނާފައިވާ މިންވަރު ގިނަކަމާއި، ވަޒީފާތައް ދިނުމުގައި އަންހެނުންނަށްވުރެ ގިނަ ވަޒީފާތައް ފިރިހެނުންނަށް ދީފައިވާކަމާއި ލިޔުންތަކުގައި ޖިންސުގެ ނަމާއި ޚާއްޞަނަން ހިމަނާފައިވާ މިންވަރު އަންހެނުންނަށް ވުރެ ފިރިހެނުންނަށް އިތުރުކަމާއި ޑައިލޮގުތަކުން ޖާގަދިން މިންވަރާއި މައިގަނޑު ކެރެކްޓަރުންނާއި ކެރެކްޓަރުން ބޭނުން ކުރުމުގައިވެސް ގިނަ ފުރުޞަތު ދީފައިވަނީ ފިރިހެނުންކަން ފާހަގަ ކުރެވުނެވެ. މިގޮތުން މުޅި ފޮތްތަކުގައިވާ ޖެންޑަރު ތަފާތުކުރުން 26.3 އިންސައްތައަށް ފިރިހެނުންނަށް އިތުރުވެފައިވާކަން މި ދިރާސާއިން ވަނީ ހޯދިފައެވެ. މީގެ އިތުރުން ހަށިގަނޑު ސިފަކުރުމާއި، ދެ ޖިންސުގެ މިޒާޖު ބުނެދިނުމުގައި ޖެންޑަރު ތަފާރުކުރުން ގެންގުޅޭކަމާއި އަންހެނުން ނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދެއްކުމާއި އަދި އެމީހުންނަކީ އެހެންމީހުންނަށް އަޅާލާ ބައެއްގެ ގޮތުގައި ހުށަހަޅާދީފައި ހުންނަކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ވަޒީފާތައް ދިނުމުގައި އަންހެނުންނަށް ގޭތެރޭގެ މަސައްކަތްތައް ދިނުމާއި މުސާރައިގެ ގޮތުން ދަށް ވަޒީފާތަކާއި ހަރަކާތްތެރިކަން ކުޑަ ވަޒީފާތަކުގައި އެމީހުން ބައިވެރިކޮށްފައި ހުންނަކަންވެސް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެއާ ޚިލާފަށް ފިރިހެނުންންކީ ހިތްވަރު ގަދަ ބައެއްކަމާއި މޮޅުބައެއްކަމާއި ގޯސްކަންކަމުގައި އުޅޭ ޖެހިލުން ކުޑާ ބައެއްކަންވެސް ހާމަކޮށް ސާޓީރިއޯޓައިޕް ކޮށްފައި ހުނަނަކަން ފާހަގަ ކުރެވުނެވެ. އަދި ފިހެނުންނަކީ ހަރަކާތްތެރި ބައެއްކަމާއި ގަދަކުރެވޭ ބައެއްކަންވެސް ހާމަވެފައިވެއެވެ. ފޮތަތަކުގައި ޖެންޑަރު ތަފާތުކޮށްފައިވާ ގޮތަތަކަށް ބަލާއިރު ދަރިވަރުންނާ ހަވާލުކުރެވިފައިވާ މަސައްކަތުގެ ތެރޭންނާއި، ލިޔުމުގެތެރެއިންނާއި ކުރެހުމުގެ ތެރެއިންނާއި ދިރޭތަކެއްޗާ ގުޅުވައިގެންނައި އަދި ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލުގެ ތެރެއިންވެސް ޖެންޑަރު ތަފާތުކުރުންތައް ހިމަނާފައިވާކަން ދިރާސާއިންހޯދިފައި ވެއެވެ. އެހެންކަމުން މިދިރާސާއަކީ އާ ޓެކުސްޓް ފޮތަތަކުގައި ޖެންޑަރު ތަފާތު އޮތްކަން ދެނެގަނެވުނު މުހިންމު ދިރާސާއެކެވެ. ދިރާސާގެ ސަބަބުން ޓެކުސްޓްފޮތްތައް އެކުލަވައިލުމާއި ތައްޔާރުކުރުމުގައި އިތުރަށް ސަމާލުވެ އާ މުޤައްރަރުގެ ދަށުން ކުރެވޭ މަސައްކަތްތަކުގައި ޖެންޑަރު ތަފާތުކުރުން ކުޑަކުރުމަށް ބާރު އަޅަންޖެހޭކަން ފާހަގަކުރެވިގެން ދިޔައެވެ.en_US
dc.identifier.citationއަންވަރު އިބްރާހީމް. (2015). ކީ ސްޓޭޖް 1 ގައި ބަސްކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓްފޮތްތަކުގައި ޖެންޑަރު ތަފާތުކޮށް ފައި ވަނީ ކޮންގޮތަކަށް ކިހައި މިންވަރަކަށްހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationIbrahim, A. (2012). Key stage 1 gai baskiyavaidhinumah beynunkuraa text foiy thakugai gender thafaathu kohfai vany kongothakah kihai minvarakah heyyeve. Male’, Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1175
dc.publisherފެކަލްޓީ އޮފް އާޓްސްen_US
dc.publisherFaculty of Arts, Maldives National University
dc.titleކީ ސްޓޭޖް 1 ގައި ބަސްކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓްފޮތްތަކުގައި ޖެންޑަރު ތަފާތުކޮށް ފައި ވަނީ ކޮންގޮތަކަށް ކިހައި މިންވަރަކަށްހެއްޔެވެ؟en_US
dc.title.alternativeKey stage 1 gai baskiyavaidhinumah beynunkuraa text foiy thakugai gender thafaathu kohfai vany kongothakah kihai minvarakah heyyeveen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Key stage 1 gai baskiyavaidhinumah beynunkuraa text foiy thakugai gender thafaathu kohfai vany kongothakah kihai minvarakah heyyeve.pdf
Size:
1.03 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: