ދިވެހި އަންހެނުންގެ ހެދުން އެޅުމުގެ އެހާރާއި މިހާރު

dc.contributor.authorThaufeeq, Azra
dc.contributor.authorޢަޒުރާ ތައުފީޤު
dc.date.accessioned2018-03-22T16:45:49Z
dc.date.available2018-03-22T16:45:49Z
dc.date.issued2009-11-01
dc.description.abstractދިވެހި އަންހެނުންނަކީ ޒަމާނުއްސުރެ ވަރަށް ރީތިކޮށް ހެދުން އަޅައި ޒީނަތްތެރިވެގެން ތިބޭ ބައެއް ކަމުގައި ރާއްޖެއާ ބެހޭ ގޮތުން އެކި ދުވަސްވަރު ލިޔުއްވާފައިވާ ލިޔުންތެރީން ފާހަގަ ކުރައްވާފައިވާ ބައެކެވެ.މި ގޮތުން ބަލާއިރު ޒަމާނީ ތަރައްޤީ އާއެކު އެވޭލާ ޒަމާނުގެ އަންހެންވެރީން ހެދުން އަޅައި އުޅުނު ގޮތާއި ރީތިވެ ނަލަ ހެދުމަށްޓަކައި ކުރަމުން އައި ކަންތައްތަކާއި އެކަމަށް ބޭނުން ކުރަމުން އައި ބާވަތްތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.ވުމާއެކު އެފަދަ ކަންކަން ހޯދައި ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އަޅުގަނޑުގެ މި ދިރާސާއަކީ އެވޭލާ ޒަމާނުގެ އަންހެންވެރީން ހެދުން އެޅުމާއި އެކަމުގައި ގެންގުޅެފައިވާ އާދަކާދަތަކަށް އައިސްފައިވާ ބަދަލުތައް ހޯދުމަށްޓާކައި ކޮށްފައިވާ މަސައްކަތެކެވެ. މި ދިރާސާގައި "ހެދުން އެޅުން" އަޅުގަނޑު މާނަކޮށްފައިވަނީ ހެދުމާއެކު ނުވަތަ ހެދުމާއި ގުޅުވައިގެން ހެދުން ފުރިހަމަ ކުރުމަށްޓަކައި ބޭނުން ކުރެވޭ އެހެނިހެން ތަކެތި ވެސް ހިމެނޭ ގޮތުންނެވެ.ހަމަ މިއާއެކު "އަންހެންވެރީން" މި ލަފުޒު މި ދިރާސާގައި ބޭނުން ކޮށްފައިވާނީ ފުރާވަރު ޢުމުރުން ފެށިގެން ހުރިހާ ޢުމުރުފުރައެއްގެ އަންހެނުންނެށެވެ.ދިރާސާއިން އެނގުނު ގޮތުގައި ދިވެހީންގެ ހެދުން އެޅުމަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ 20 ވަނަ ޤަރުނުގެ ތެރޭގައެވެ.މިގޮތުން އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ މި ދުވަސްވަރުގައި ލިބިފައިވާ މިނިވަން ކަމެއްގެ ސަބަބުން އަންހެންވެރީން އަޅައި އުޅޭ ހެދުމުގެ ވައްތަރުތައް ގިނަވުމާއި ޒީނަތްތެރިވުމަށްޓަކައި ބޭނުންކުރާ ބާވަތްތަކާއި ކަންކަން އެތައް ގުނައަކަށް އިތުރުވެފައި ވާކަމެވެ.މީގެ ސަބަބުން އެންމެ ބޮޑު ތަފާތެެއް ފެނިގެންދަނީ ފުރާވަރު ޢުމުރުގެ ކުދިންގެ ކިބައިންނެވެ. މިގޮތުން މި ބަދަލުތައް އައުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަކީ ދަތުރުފަތުރު ކުރުމުގެ ފުރުޞަތުތައް ހުޅުވިގެން ދިޔުމާއި ބޭރު ޤައުމުތަކުން ތަޢުލީމު ހޯދުމުގެ ފުރުޞަތު އަންހެންވެރީންނަށް ލިބުމުގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ދަތިތަކެކެވެ.ހަމަ އެހެންމެ ޖުމްހޫރީ ވެރިކަމާއި މީޑިޔާގެ ދައުރަކީ ވެސް މިކަމަށް މަގުފަހިކުރުވި ކަންކަމެވެ.en_US
dc.identifier.citationThaufeeq, A. (2009). Dhivehi anhenunge hedhun elhumuge ehaaraai mihaaru. Male', Maldives College of Higher Education.en_US
dc.identifier.citationޢަޒުރާ ތައުފީޤު. (2009). ދިވެހި އަންހެނުންގެ ހެދުން އެޅުމުގެ އެހާރާއި މިހާރު. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1088
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectދިވެހި އަންހެނުންen_US
dc.subjectހެދުން އެޅުންen_US
dc.subjectޒީނަތްތެރިވުމަށްޓަކައި ބޭނުންކުރާ ބާވަތްތައްen_US
dc.subjectބޭރު ޤައުމުތަކުން ތަޢުލީމު ހޯދުމުގެ ފުރުޞަތު އަންހެންވެރީންނަށް ލިބުންen_US
dc.subjectއެހާރާއި މިހާރުen_US
dc.titleދިވެހި އަންހެނުންގެ ހެދުން އެޅުމުގެ އެހާރާއި މިހާރުen_US
dc.title.alternativeDhivehi anhenunge hedhun elhumuge ehaaraai mihaaruen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Azra Thaufeeq 10280.pdf
Size:
18.92 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: