ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތްދުވަސްވަރު ސިޔާސީ އަދި އެހެނިހެން ގޮތް ގޮތުން އެބައިމީހުންގެ ނުފޫޒު ފޯރާފައިފާ ގޮތްތައް : ތާރީޚީ ދިރާސާ

Loading...
Thumbnail Image

Date

2017-05-14

Journal Title

Journal ISSN

Volume Title

Publisher

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Dhivehi raajjey ge qaumee University

Abstract

މި ދިރާސާގެ މައިގަ ނޑު މަޤްޞަދަކީ، އަޅުގަ ނޑުމެންގެ މިލޮބުވެތި ޤައުމު އިނގިރޭސީންގެ އަތްދަށުގައި 78 އަހަރު ވޭތުކޮށްފައިވާއިރު، އެދުވަސްތަކުގައި އިނގިރޭސީންގެ ނުފޫޒާއި ބާރު ސިޔާސީގޮތުންނާ އެހެނިހެންވެސް ގޮތްގޮތުން ދިވެހިންގެ މައްޗަށް ފޯރުވާފައިވާ ގޮތްތަކަކީ ކޮބާތޯ ބެލުމެވެ. މިދިރާސާ ކުރެވިފައިވާނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގެ ކުރިންނާއި އޭގެފަހުން އެކަމާ ގުޅިގެން އެކިއެކި ލިޔުއްވުންތެރިންނާއި އޮންލައިން ނޫސްތަކާއި މަޖައްލާތަކާއި އެކިއެކި ވެބްސައިޓް ތަކުގައި ލިޔުއްވާފައިވާ ލިޔުންތަކަށް ބަލާ އޭގެ މައްޗަށެވެ. ހަމައެއާއެކު މިދިރާސާގައި ބޭނުން ކުރެވިފައިވާނީ ތާރީޚާ ގުޅޭ ލިޔުންތަކެއް ކަމަށްވަތީ، މިދިރާސާ ކުރެވިފައިމިވަނީ ކުއަލިޓޭޓިވް ދިރާސާއެއްގެ ގޮތުގައެވެ. އެހެންކަމުން މި ދިރާސާގައި ބޭނުން ކުރެވިފައި މިވަނީ ކުއަލިޓޭޓިވް މެތަޑެވެ. މިގޮތަށް ތާރީޚީ ކަމެއް ދިރާސާ ކުރެވޭނަމަ އެވާނީ ހިސްޓޯރިކަލް ރިސާޗަކަށް ކަމުގައި ޑަބުލިޔު ލޯރެންސް. )2003 )ހާމަކުރައްވާފައި ވެއެވެ. އަދި މިދިރާސާ ކުރުމަށް މުޅިންވެސް ބޭނުން ކުރެވިފައިވަނީ ލިޔެފައިވާ ލިޔުންތަކެއް ކަމަށްވާތީ، މިގޮތަށް މަޢުލޫމާތު ހޯދުމަކީ ޑޮކިޔުމެންޓް އެނަލިސިސްއެވެ. ދިރާސާއަށް ބޭނުންވާ ސާމްޕަލްސް ނަގައިފައި ވާނީވެސް އިނގިރޭސީންގެ ދުވަސްވަރާ ގުޅޭގޮތުން ތާރީޚް ދިރާސާކޮށް ލިޔެފައިވާ ލިޔުންތަކެވެ. އަދި މިދިރާސާ ކުރިއަށް ގެންދިއުމުގައި ބޭނުން ކުރެވިފައިވާނީ މިކަމާގުޅޭގޮތުން ލިޔެފައިވާ ގިނަލިޔުންތަކެއްގެ ތެރެއިން ހޮވާލެވުނު ލިޔުންތަކެއް ބޭނުން ކޮށްގެނެވެ. ހޮވާލެވުނު ލިޔުންތަކުން ލިބުނު މަޢުލޫމާތުތައް ބައިބަޔަށް ބަހާލާ ކޮންމެބަޔަކަށް ވަކިން ހޯދުންތައް ހޯދާ ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވާނެއެވެ. މިދިރާސާއިން ފާހަގަ ކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި އިނގިރޭސީން ގެ ނުފޫޒު ސިޔާސީގޮތުން ފޯރުވުމުގެ ބޭނުމުގައި އެދުވަސްވަރު ދިވެހިރާއްޖޭގެ ވެރިކަމާގުޅުންހުރި ފަރާތްތަކުގެ ޢާއިލީ ހަމަނުޖެހުމުގެ ތެރެއަށްވަދެ އެހަމަނުޖެހުމުގެ ނާޖާއިޒް ފައިދާ ނަގާފައިވާކަން ހާމަވެއެވެ. މީގެ އިތުރުން އެދުވަސްވަރު ދުނިޔޭގެ އެހެން ބައެއް ޤައުމުތައް އިނގިރޭސީންގެ ބާރުގެ ދަށަށް ގެންދިއުމުގައި އެބައިމީހުން ބޭނުންކުރި އުކުޅުތަކާއި ގޮތްތައް ދިވެހިރާއްޖެ އެބައިމީހުންގެ ހިމާޔަތުގެ ދަށަށް ނުވަތަ ބާރުގެ ދަށަށް ގެންދިމުގައިވެސް ބޭނުން ކޮށްފައިވާކަން ހާމަވެއެވެ. އެގޮތުން ދިވެހިރައްޖޭގައި އެދުވަސްވަރު ހިނގާދިޔަ ބޮޑުހުޅަކީވެސް އިނގިރޭސީންގެ ބާރުގެ ދަށުގައިވާ ރައްތަކަށް ނިސްބަތްވާ ވޯރާ ވިޔަފާރި ވެރިން ބޭނުން ކޮށްގެން އަތިރީގޭ ޢާއިލާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވިފައިވާ ހަރަކާތެއްކަން ފާހަގަވެފައި ވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސީނގެ ނުފޫޒު ވަރަށްބޮޑަށް ފޯރުވާފައިވާކަން Xދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތްދުވަސްވަރު ސިޔާސީ ގޮތުން އެބައިމީހުންގެ ނުފޫޒު ފޯރުވި... އެގެއެވެ. ދިވެހިރާއްޖެ އަޅުވެތި ކުރުމަށް އިނގިރޭސީން ތަފާތު ބަހަނާތައް ދައްކަމުންގޮސްފައިވާކަން އެގެއެވެ. އެގޮތުން ފުތަރަމަ ފަހަރަށް ހިމާޔަތުގެ އެގްރީމަންޓްގައި ސޮއި ކުރުމަށް އަތިރީގޭ ޢާއިލާއާއި ގުޅިގެން އިނގިރޭސީންގެ މަނަވަރުތައް މާލެ ދިވެހިން ވަރަށްސާފުކޮށް ނޫނެކޭ ބުނެފައިވާކަން ހާމަވިއެވެ. އަދި ދެވަނަ ފަހަރަށް އިނގިރޭސި މަނަވަރުތަ އް ރާއްޖެ އައިސްފައިވަނީ ހަތިޔާރުގެ ބޭނުން ހިފައިގެން ނަމަވެސް، ދިވެހިރާއްޖެ އިނގިރޭސީންގެ ބާރުގެ ދަށަށް ގެންދިއުމަށްކަން އެނގެއެވެ. އަދި އެންމެފަހުން ހިމާޔަތުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވަނީ އެހެން ގޮތެއްނެތުމުން ރައްޔިތުންނާއި ވަޒީރުންނާއި ބޮޑުންނާއި ޖުމުލަކޮށް ސަރުކާރާއި ޚުދު ރަސްގެފާނަށްވެސް މަޖުބޫރުވެގެންކަން ވަރަށްބޮޑަށް އެނގިގެން ދިޔައެވެ.

Description

Keywords

Citation

ޢަބުދުއްރަޙްމާން ޢުމަރު. (2017). ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތްދުވަސްވަރު ސިޔާސީ އަދި އެހެނިހެން ގޮތް ގޮތުން އެބައިމީހުންގެ ނުފޫޒު ފޯރާފައިފާ ގޮތްތައް : ތާރީޚީ ދިރާސާ (ފެކްލަޓީ އޮފް އާރޓްސް, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ saruna.mnu.edu.mv
Umar, A. R. (2017). Dhivehi raajje in'gireyseen ge himaayathugai oiy dhuvasvaru siyaasee adhi ehenihen goiy gothun ebai meehunge nufoozu foaruvafai va goiy thah : thaareekhee dhiraasaa (Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv

Endorsement

Review

Supplemented By

Referenced By