ދިވެހިބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ހުންނަ ކުރުވާހަކަތަކުގައި ޖިންސު ނުވަތަ ޖެންޑަރ ހުށަހަޅައިދީފައި ހުންނަނީ ގޮތާއި ފެމިނިޒަމު ބޭނުންކޮށްފައި ހުންނަ މިންވަރު ދެނެގަތުން

dc.contributor.authorޙަސަން ޢަބްދުއްލަޠީފް
dc.contributor.authorAbdul Latheef, Hassan
dc.date.accessioned2018-03-21T06:52:30Z
dc.date.available2018-03-21T06:52:30Z
dc.date.issued2016-06-01
dc.description.abstractމި ދިރާސާއަކީ ދިވެހި އަދަބިއްޔާތުގައި ހިމެނޭ ކުރުވާހަކައިގައި ފެމިނިޒަމް ނުވަތަ ޖެންޑަރ ހުށަހަޅައި ދީފައި ހުންނަނީ ކިހިނެތްކަމާއި ކިހާ މިންވަރަކަށްކަން ދެނެގަތުމަށް ހެދިފައިވާ ދިރާސާއެކެވެ. މިގޮތުން، މި ދިރާސާގައި އަމާޒުކުރެވިފައިވާނީ އެކި ބޭފުޅުން ދިވެހިބަހުން ލިޔުއްވާ ޝާއިޢު ކުރައްވާފައިވާ ވާހަކަތަކުގައި ޖެންޑަރ ނުވަތަ ޖިންސް ހުށަހަޅައިދީފައިވަނީ ކިހިނެތްތޯ ބެލުމަށެވެ. އަދި އެ ވާހަކަތަކުގައި ފެމިނިޒަމް އެކުލެވޭ މިންވަރުގެ މައްޗަށްވެސް ބަލާލެވިފައިވާނެއެވެ. މިފަދަ ދިރާސާއެއް ކުރިން ހެދިފައި ނުވުމާއި އެހެން ބަސް ބަހެކޭ އެއްގޮތަށް ދިވެހި ބަހުން ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކުގައި ވެސް ފެމިނިޒަމް ހުރިކަން ދެނެގަނެ އެކަން ހުށަހަޅައިދިނުމަކީ މި ދިރާސާގެ މަޤުޞަދެވެ. މި ދިރާސާ ކުރިޔަށް ގެންދިއުމަށް ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް ރިސާރޗް މެތަލޮޖީވެ. އެހެނީ މި ދިރާސާ ބިނާވެފައިވަނީ ޑޮކިއުމަންޓްރީކޮށް ހެދޭ ދިރާސާއަކަށް ކަމަށްވާތީއެވެ. މި ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ [ރެންޑަމް ސާމްޕަލިންގ] މެތަޑު ބޭނުންކޮށްގެންނެވެ. އެއީ އެކި ދުވަސްވަރުގެ ވާހަކަތައް ނެގުމާއި، ދިރާސާގެ ރިލައިބިލިޓީ އަދި ވެލިޑިޓީ ހިފެހެއްޓުމުގެ ބޭނުމުގައެވެ. އެހެނީ އެކި ދުވަސްވަރުގެ ވާހަކަތަކުން ސާމްޕަލް ނެގިފައިވުމުން އެކި ދުވަސްވަރުގައި ޖެންޑަރގެ ތަފާތުހުރި މިންވަރުވެސް އެނގިގެންދާނެކަމަށް ޤަބޫލުކުރެވޭތީއެވެ. މި ދިރާސާގެ ސަބަބުން ދިވެހި ވާހަކަތަކުގައި ޖެންޑަރ ހުށަހަޅައިދީފައިވާ ގޮތް އެނގިގެންދިޔައެވެ. އަދި މުޖުތަމަޢުގައި އަންހެނުންގެ މަޤާމު ވާހަކަތަކުގައި ހުށަހަޅައިދީފައިވަނީ ކިހާމިންވަރަކަށްކަން އަދި ކޮންގޮތަކަށްކަންވެސް އެނގިގެންދިޔައެވެ. ޖުމުލަކޮށް ބަލާއިރު، ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކުގައި މުޖުތަމަޢުގެ ޙާލަތާއި މުޖުމަތުގައި ޖީންސްގެ ތަފާތުތައް އެއީ ވާހަކައިން ދައްކައިދޭ އެއްޗެއްކަމަށް ޢިލްމުވެރިން އެ ވިދާޅުވާ ވާހަކަތައް މި ދިރާސާއިން ސާބިތުވިއެވެ.en_US
dc.identifier.citationޙަސަން ޢަބްދުއްލަޠީފް. (2016). ދިވެހިބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ހުންނަ ކުރުވާހަކަތަކުގައި ޖިންސު ނުވަތަ ޖެންޑަރ ހުށަހަޅައިދީފައި ހުންނަނީ ގޮތާއި ފެމިނިޒަމު ބޭނުންކޮށްފައި ހުންނަ މިންވަރު ދެނެގަތުން. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAbdul Latheef, H. (2016). Dhivehi bahun liye sh’aaiu’kurevifaivaa hunna kuruvaahakathakugai jinsu nuvatha jendaa hushahalhaidheefai hunnanee gothaai feminizamu beynunkohfai hunna minvaru dhenegathun. Male', Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1043
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleދިވެހިބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ހުންނަ ކުރުވާހަކަތަކުގައި ޖިންސު ނުވަތަ ޖެންޑަރ ހުށަހަޅައިދީފައި ހުންނަނީ ގޮތާއި ފެމިނިޒަމު ބޭނުންކޮށްފައި ހުންނަ މިންވަރު ދެނެގަތުންen_US
dc.title.alternativeDhivehi bahun liye sh’aaiu’kurevifaivaa hunna kuruvaahakathakugai jinsu nuvatha jendaa hushahalhaidheefai hunnanee gothaai feminizamu beynunkohfai hunna minvaru dhenegathunen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Hassan Abdul Latheef.pdf
Size:
647.3 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: