ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟

dc.contributor.authorFizaan, Mohamed
dc.contributor.authorމުުޙައްމަދު ފިޒާނު
dc.date.accessioned2018-03-15T11:44:10Z
dc.date.available2018-03-15T11:44:10Z
dc.date.issued2011-11-01
dc.description.abstractމި ދިރާސާއަކީ ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްތޯ ހޯދުމަށް ހެދި ދިރާސާއެކެވެ. މީލާދުން 1368 ން 1558 ށް ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ދިރާސާއެއްކަމުން މިދިރާސާ ހެދުމުގައި ބޭނުންކޮށްފައިވާނީ ތާރީޚީ ލިޔުންތަކާއި އިންޓަވިއުތަކެވެ. މިއީ ކުއަލިޓޭޓިވް ޕެރަޑައިމްއަށް އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ހެދި ދިރާސާއެކެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި 29 ރަސްކަލަކު ރަސްކަން ކުރައްވާފައިވެއެވެ. އެއްފަހަރަށްވުރެން ގިނަފަހަރު ބައެއް ރަސްކަލުން ރަސްކަން ކުރައްވާފައިވުމުން ރަސްކަމުގެ 34 ދައުރެއް އައިސްފައިވެއެވެ. ރަސްކަލަކު ރަސްކަމުގައި ހުންނަވަނިކޮށް ރަސްކަމުން ދުރުކުރެއްވުމަށް ފަހު އަނެއްބޭފުޅަކު ރަސްކަމަށް އިސްވެވަޑައިގެންނެވުނެފަދަ ރަސްކަމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް މިދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ހިނގާފައިއެބަހުއްޓެވެ. މިކަންކަމުން އެނގެނީ މި ދަރިކޮޅަކީ ރަސްކަން ހޯދުމަށް ހަމަނުޖެހުންތަކެއް ހިންގާފައިވާ ދަރިކޮޅެއްކަމެވެ. މިދިރާސާއިން ހޯދިފައިވަނީ މިދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ބޭބޭފުޅުން ރަސްކަމަށް އިސްވެވަޑައިގަންނަވާފައިވާކަމެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސި އުސޫލާ އެއްގޮތްވާގޮތުގެމަތިން ރަސްކަމަށް އިސްވެވަޑައިގެންފައިވަނީ އިބްރާހިމް (އެއްވަނަ) (ފުރަތަމަ ބުރު)، ޙާޖީ ޙަސަން (ތިންވަނަ) (ފުރަތަމަ ބުރު)، ހަދި މުޙައްމަދުލް ހިލާލީ، ޙަސަން (ހަތަރުވަނަ) (ފުރަތަމަ ބުރު)، ޙަސަން (ފަސްވަނަ)، ޙަސަން ޝިރާޒީ (އަށްވަނަ)، އުޘްމާނު (ދެވަނަ)، ދަންނަ މުޙައްމަދު، އައްސުލްޠާން ޔޫސުފް (ދެވަނަ)، އަބޫބަކުރު (އެއްވަނަ)، ކަޅު މުޙައްމަދު (ފުރަތަމަ ބުރުގައި)، ޢަލީ (ހަތަރުވަނަ)، ޙަސަން (ހަތަރުވަނަ) (ދެވަނަބުރު)، މުޙައްމަދު، ޙަސަން (ނުވަވަނަ) އަދި ޢީސާއެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް އިސްވެވަޑައިގެންފައިވާ ބޭބޭފުޅުންނަކީ ޙުސައިނުލް ހިލާލީ (އެއްވަނަ)، ސައްޔިދު މުޙައްމަދު، ޙާޖީ ޙަސަން (ތިންވަނަ) (ދެވަނަ ބުރުގައި)، ޢުމަރު (ދެވަނަ)، ޔޫސުފް (ތިންވަނަ)، ކަޅު މުޙައްމަދު (ދެވަނަބުރު)، އަޙަސަން (ހަތްވަނަ)، ޙަސަނުލް ހިލާލީ (އެއްވަނަ)، އިބްރާހިމް (އެއްވަނަ) (ދެވަނަ ބުރުގައި)، އައްޝައިޚު ޙަސަން (ހަވަނަ)، އިބްރާހީމް (ދެވަނަ)، ޢަލީ (ފަސްވަނަ)، ކަޅު މުޙައްމަދު (ތިންވަނަ ބުރުގައި)، ނާޞިރުއްދީނުލް ކަލާވަހީ، ޙަސަން (ދެވަނަ)، އަޙުމަދު ޝަރީފުލް މައްކީ، އަބޫބަކުރު (ދެވަނަ) އަދި ޢަލީ (ހަވަނަ) އެވެ.en_US
dc.identifier.citationމުޙައްމަދު ފިޒާނު. (2011).ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.en_US
dc.identifier.citationFizaan, M. (2011). Hilaalee dharikolhuge raskamugai viraasee usoolunnaai viraasee usoolaa hilaafah raskamah vadaigennevee konkon beyfulhunneh hehyeve?. Male', Republic of Maldives.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/929
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectހިލާލީ ދަރިކޮޅުen_US
dc.subjectހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުen_US
dc.subjectރަސްކަންen_US
dc.subjectރަސްކަލުންen_US
dc.subjectވިރާސި އުސޫލާ އެއްގޮތްވާގޮތުގެމަތިން ރަސްކަންކުރުންen_US
dc.subjectވިރާސީ އުޞޫލާ ޚިލާފަށް ރަސްކަންކުރުންen_US
dc.subjectދިވެހި ތާރީޚްen_US
dc.subjectވިރާސީ ރަސްކަންen_US
dc.subjectއެއްފަހަރަށްވުރެ ގިނަފަހަރު ވެރިކަން ކުރުންen_US
dc.subject1368en_US
dc.titleހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟en_US
dc.title.alternativeHilaalee dharikolhuge raskamugai viraasee usoolunnaai viraasee usoolaa hilaafah raskamah vadaigennevee konkon beyfulhunneh hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Mohamed Fizan.pdf
Size:
1.09 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: