ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟

dc.contributor.authorސަޢީދާ, މަރްޔަމް
dc.contributor.authorSaeeda, Maryam
dc.date.accessioned2024-02-28T04:33:51Z
dc.date.available2024-02-28T04:33:51Z
dc.date.issued2015-11
dc.description.abstractދިވެހިރާއްޖެއަށް ޑިމަކްރަސީ ތަޢާރަފުވުމާ ގުޅިގެން، ސިޔާސީ ޕާރޓީތަކާއި ސިޔާސީ މީހުންނާއި ސިޔާސީ މީހުނގެ ވަހަކަތައް ދިވެހީންގެ ތެރޭގައި މަޤްބޫލުވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކަށްދައްކާފައި ހުންނަ ވާހަކަތަކާއި ބުނުންތަކަށްވެސް އާއްމުންގެ ސަމާލުކަން ލިބެމުންދެއެވެ. ބައެއް ފަހަރު މިފަދަ ބުނުންތަކުގެ ސަބަބުން، އެބުނުން ބުނި ފަރާތަށް އާއްމުންގެ ތަޢުރީފުގެ ބަސްތައް ލިބޭފަދައިން ބައެއްފަހަރު މަލާމާތުގެ ބަސްތައްވެސް ލިބޭކަން ފާހަގަ ކުރެވެއެވެ. ވުމާއެކު، މިދިރާސާ އަމާޒުކުރެވިފައިވަނީ، ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރާ މިންވަރާއި، މެޓަފަރ ބޭނުންކުރާ ބޭނުން ދެނެގަތުމަށެވެ. މިގޮތުން މިދިރާސާގެ މައިގަނޑު މަޤްޞަދަކީ، ސިޔާސީ ފަރާތްތަކުން، ސިޔާސި ޕޯޑިއަމްގައި ތިބެގެން ދައްކާ ވާހަކައިގައި، މެޓަފަރ ބޭނުންކުރާ މިންވަރާއި، މެޓަފަރ ބޭނުންކުރ ބޭނުން ހޯދައި ދެނެގަތުމެވެ. ވުމާއެކު ސިޔާސީ ފަރާތްތަކުން، ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަށްޓަކައި، ވާހަކަ ދައްކަމުންދާއިރު ބަސްމަގު ހުންނަ ގޮތް ދެނެގަތުމަށާއި، މިފަދަ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައި މިންވަރަކަށްކަމާއި ކޮން ބޭނުމަކުކަންވެސް އެނގިގެންދާނީ މިފަދަ ދިރސާއަކުން ކަމަށްވާތީ މިއީ ކުރުން މުޙިއްމު ދިރާސާއެއްކަން ގައިމެވެ. މިދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މިދިރާސާ ކުރެވުނީ މިކްސް މެތަޑް އެޕްރޯޗުންނެވެ. މިދިރާސާ ކުރުމަށްޓަކައި، 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިޔާސި ފަރާތްތަކުން ދައްކާފައި ހުރި ވާހަކަތަކުގެ ތެރެއިން، ތެރެއިން 6 މީހުންގެ ވާހަކަދެއްކުމަށް ބެލުނެވ. ހަމަމިއާއިއެކު، ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދައްކާ ފަރާތްތަކުގެ ތެރެއިން 5 ފަރާތަކާ ސެމީ-ސްޓްރަކްޗާރޑް އިންޓަރވިއުވެސް ކުރެވުނެވެ. މިދިރާސާއަށް ސާމްޕަލް ނަގާފައިވަނީ ޕާޕޯސިވް ސާމްޕަލިންގް ދަށުންނެވެ. ދިރާސާގެ ހުރިހާ ބައިވެރިންވެސް މެޓަފަރ ބޭނުންކުރާކަމާއި، މެޓަފަރގެ ވައްތަރުތަކުގެ ތެރެއިން ފަސް ވައްތަރެއްވެސް ބޭނުންކުރާކަން ހާމަވިއެވެ. ބައެއް ފަރާތްތަކުން ގަސްތުގައި މެޓަފަރ ބޭނުންކުރާއިރު، ގަސްތަކާއި ނުލާ މެޓަފަރ ބޭނުންކުރާ ފަރާތްތައްވެސް ވާކަން މިދިރާސާއިން ފާހަގަ ކުރެވުނެވެ. ހަމަމިއާއިއެކު، ސިޔާސީ ފަރާތްތަކުގެ ވާހަކަދެއްކުމުގައި، އަންނައުނާއި ހަށިގަނޑުގެ އިތުރުން ދަތުރުފަތުރާއި ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައި މިންވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟ ފުޓުބޯޅައާ ގުޅުވައިގެން މެޓަފަރ ބޭނުންކުރާކަންމި ދިރާސާއިން ދައްކައެވެ. މެޓަފަރ ބޭނުންކުރަނީ، ދައްކާ ވާހަކައިގެ އަސަރާއި ފޯރި ގަދަކުރުމަށް ކަމަށްވެފައި، މިކަމަށްޓަކައި ހާލަތާ ގުޅުވައިގެން މެޓަފަރ ބޭނުންކުރުމަކީ ކުރަންޖެހޭ ކަމެއްކަން ދިރާސާއިން ހާމަވިއެވެ. މީގެ އިތުރުން ސިޔާސީ މީހުންގެ ވާހަކަތަކުގައި މެޓަފަރ ބޭނުންކުރުމުގެ ސަބަބުން ބައެއް ފަހަރު، ނޭދެވޭ އަސަރު ކުރާކަންވެސް މިދިރާސައިން ހާމަވިއެވެ. އެހެންކަމުން، ސިޔާސީ ފަރާތްތަކުން ވާހަކަތައް އަޑުއަހައި އެފަދަ ވާހަކަތައް ބައްޓަންކޮށްފައި ހުންނަ ގޮތާމެދު ވިސްނުން ގެންގުޅޭ ފަރާތްތަކަށް، މިދިރާސާއަކީ ބޭނުންތެރި އެއްޗަކަށް ވާނެއެވެ.en_US
dc.identifier.citationsaruna.mnu.edu.mv މަރްޔަމް ސަޢީދާ. (2015). ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟ (މާސްތާރސް ޑިސަރޓޭޝަން، ފެކަލްޓީ އޮފް އެޑިޔުކޭޝަން). ނެގީ Saeeda. M. (2006) Siyaasee Meehunge vaahakadhehkumugai metafaa beynunkuraneekihaa varakah adhi kon beynumaku hehyeve? (Master’s, Dissertation Faculty of Education, Male'). Retrieved from saruna.mnu.mven_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/15331
dc.language.isodhen_US
dc.publisherފެކަލްޓީ އޮފް އާރޓްސްen_US
dc.subjectމެޓަރފަރen_US
dc.subjectސިޔާސި ދާއިރާen_US
dc.subjectއޯޑިއަންސްގެ ސަމާލުކަން ހޯދުންen_US
dc.subjectސިޔާސީ ޕޯޑިއަމްގައި ވާހަކަ ދެއްކުންen_US
dc.subjectއަސަރު ކުރާމިންވްރުen_US
dc.subjectނޭދެވޭ އަސަރުen_US
dc.subjectMetaphoren_US
dc.subjectPolitical arenaen_US
dc.subjectAttention of audienceen_US
dc.subjectPublic speakingen_US
dc.subjectimpact of metaphoren_US
dc.titleސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟en_US
dc.title.alternativeSiyaasee Meehunge vaahakadhehkumugai metafaa beynunkuraneekihaa varakah adhi kon beynumaku hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
No Thumbnail Available
Name:
Siyaasee meehun vaahaka dhehkumuga metafa beynunkuranee kihaa varakah adhi kon beynumehgai hehyeve.pdf
Size:
52.48 MB
Format:
Adobe Portable Document Format
Description:
Masters Thesis

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: