ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް

dc.contributor.authorAdam, Fathmath
dc.contributor.authorފާޠިމަތު އާދަމް
dc.date.accessioned2018-03-14T17:01:59Z
dc.date.available2018-03-14T17:01:59Z
dc.date.issued2012-11-01
dc.description.abstractމިދިރާސާއަކީ ދިވެހިބަހާއި ޢަރަބިބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއް ފެންނާތީވެ، އެކަންތައްތައް ހޯދާ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން މިދިރާސާ އަމާޒުކުރެވިފައިވާނި ދިވެހިބަހުގައާއި ޢަރަބި ބަހުގައި ނަފީކުރުމަކީ ކޮބައިކަމާއި ނަފީކުރުމަށް ބޭނުންކުރެވޭ އަކުރުތަކާއި އެ އަކުރުތައް ލަފުޒުގައި އައިސްފައި ހުންނަނީ ކޮން ދިމަދިމާއެއްގައިތޯ ބެލުމަށެވެ. އަދި މިދެބަހުގައިވާ ކަން ނަފީކުރުމުގައިވާ އެއްގޮތް ސިފަތަކާއި ތަފާތުތައްވެސް މިދިރާސާއިން ވަނީ ހޯދިފައެވެ. މިދިރާސާގެ ސުވާލަށް ޖަވާބުދީ ސުވާލުގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މިކްސްޑް މެތަޑްގެ ދަށުންނެވެ. މިގޮތުން ދިރާސާބަހާލެވިފައިވަނީ މައިގަނގަޑު ހަ ބާބުގެ މައްޗަށެވެ. މިދިރާސާއިން އެނގި ހާމަވިގޮތުގައި ދިވެހިބަހާއި ޢަރަބި ބަހުގައި ނަފީކުރެވޭ ގޮތުގައި ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއްވެއެވެ. މިގޮތުން މި ދެ ބަހުގައިވާ ލަފުޒުތައް ނަފީކުރުމުގައި ހުރި އެއްގޮތް ކަންތައްތަކަށް ބަލާއިރު ނަފީ ކުރެވޭ އަކުރުތައް ލަފުޒުތަކުގައި އައިސްފައިވާ ދިމާ ފާހަގަ ކޮށްލެވެއެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެވޭ ފަދައިން ޢަރަބި ބަހުގައިވެސްނަފީކުރުމަށް ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެއެވެ. މީގެއިތުރުން ދިވެހިބަހާއި ޢަރަބިބަހުގައި ލަފުޒު ނަފީކުރުމުގައި ތަފާތު ތަކެއްވާކަންވެސް ފާހަގަކުރެވުނެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ މެދަށް ނަފީގެ އަކުރު އަންނައިރު، ޢަރަބި ބަހުގައި މިގޮތަށް ނަފީގެ އަކުރުނާންނަކަން ފާހަގަކުރެވުނެވެ. ޢަރަބި ބަހުގައި ނަފީގެ އަކުރު އަންނަނީ ހަމައެކަނި މަސްދަރު ނުވަތަ ކަމުގެކުރިއަށެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހިބަހުގައި ނަފީކުރެވޭ ގޮތާއި ޚިލާފަށް ޢަރަބި ބަހުގައި ނަފީކުރެވޭއިރު ޒަމާނާއި ގުޅިގެން ނަފީކުރުމުގެ އަކުރަށް ބަދަލު އަންނަކަމެވެ. މިގޮތުން ޢަރަބި ބަހުގައި އެކި ޒަމާންތަކަށް ނަފީގެ އެކި އަކުރު ބޭނުން ކުރާކަން ފާހަގަކުރެވުނެވެ. ނަމަވެސް ދިވެހިބަހުގައި ބަދަލު އަންނަނީ ކަމަށެވެ. ނަފީގެ އަކުރަކަށް ޒަމާނާއި ގުޅިގެން ބަދަލެއް ނާދެއެވެ.en_US
dc.identifier.citationAdam, F. (2012). Dhivehi bahaai arabi bahugai kan nafeekurumugaivaa thafaathuthah. Male', Maldives National University.en_US
dc.identifier.citationފާޠިމަތު އާދަމް. (2012). ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/905
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectދިވެހިބަސްen_US
dc.subjectއަރަބި ބަސްen_US
dc.subjectކަން ނަފީކުރުންen_US
dc.subjectނަފީކުރުންen_US
dc.subjectދިވެހިބަހުގެ ޤަވާއިދުen_US
dc.titleދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައްen_US
dc.title.alternativeDhivehi bahaai arabi bahugai kan nafeekurumugaivaa thafaathuthahen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Fathmath Adam.pdf
Size:
1.03 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: