ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތައް

dc.contributor.authorAzra, Aishath
dc.contributor.authorޢާއިޝަތު އަޒްރާ
dc.date.accessioned2018-03-12T16:59:18Z
dc.date.available2018-03-12T16:59:18Z
dc.date.issued2010-11-01
dc.description.abstractމި ދީރާސާއަކީ "ފުރަތަމަ ޤަނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތައް" ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ މަޢްޞަދަކީ ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތައް ހޯދުމެވެ. މި ބަދަލުތައް ހޯދުމަށް މި ދިރާސާ ކުރެވުނީ ކުއަލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. މިގޮތުން މި ދިރަސާއަށް މައުލުމާތު ހޯދީ އިންޓަވިއުކޮށްގެންނާއި ޑޮކިއުމެންޓް ރިވިއުކިށްގެނެވެ. އިންޓަވިއުކުރުމުގައި ބަލާފައިވާނެ ސުރުޚީއާ ގުޅޭ ކަމުގެ މާހިރުންނާ އިންޓަރވިއު ކުރުމަށެވެ. ޑޮކިއުމެންޓް ރިވިއުކުރުމުގައި ބޮޑަށް ބަލާފައިވާނީ ޕަބްލިޝްކޮށްފައިވާ ފަހުގެ ލުޔުންތައް ރިވިއު ކުރުމަށެވެ. މިގޮތުން ލިބުނު ޑޭޓާތައް "ކޮންޓެންޓް އެނަލިސިސް" ހަގައިގެން ނަތީޖާ ނެރުނީއެވެ. ޑޭޓާ އެނަލިސިސްކުރުމުން ހާމަވިގޮތުގައި ފުރަތަމަ ޤާނޫނު އަސާސީ އުފެދުމުގެ ކުރީގައި ދިވެހިރާއްޖޭގައި އޮތީ ވިރާސީ ރަސްކަމެކެވެ. އެއީ އާއިލީ ރަސްކަން ނުވަތަ ވާރުތަވަމުން އައި ރަސްކަމެކެވެ. ނަމަވެސް 22 ޑިސެންބަރ 1932 ގައި ދިވެހިން ލިބިގަތް ފުރަތަމަ ޤާނޫނު އަސާސީއާއެކު ދައުލަތުގެ ހިންގުމަށް ބަދަލުތަކެއް އައެވެ. ކުރީގައި އޮތް ވިރާސީ ރަސްކަން ވިރާސީ އިންތިޚާބީ ރަސްކަމަށް ބަދަލުވިއެވެ. ދައުލަތުގެ ހިންގުމަށް އިދާރީގޮތުން (ސިޔާސީގޮތުން) ބަދަލިތަކެއް އައެވެ. މި ބަދަލުތައް އައުމުގެ އަސްލަކީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއެވެ. އެހެންކަމުން ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަދަލުތަކެއް އައެވެ. އޭގެތޭރޭގައި އެދެވޭ ބަދަލާއި ނޭދެވޭ ބަދަލު ހިމެނެއެވެ. މި ބަދަލުތައް ގުޅިފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙާއެވެ. މީގެތެރޭގައި ވުޒާރާތަކާއި ކެބިނެޓް އުފެދުން، ބާރުތައް ބައިބައިވުން، މޮޓަރުބޯޓު ގަޑުބަޑު (ޤާނޫނު އަސާސީ ވިދާލުން)، ހެންވޭރުގަނޑުވަރު ގަޑުބަޑު (ޝަމްސުއްދީން ރަދުން އަޒުލުވުން) އަދި ޖުމްހޫރީ ވެރިކަމަނަށް މަގުފަހިވުން ހިމެނެއެވެ. މި ކަންކަން ހިނގީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުންނެވެ. މި ހުރިހާކަމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކެވެ. ހަމައެހެންމެ މިއީ މި ދިރާސާގެ ނަތީޖާވެސްމެއެވެ. މިދިރާސާ ނިންމާލަމުން މިދިރާސާގެ އަލީގައި ކުރެވިދާނެ ދިރާސާތަކަށް އަލިއަޅުވާލެވިފައިވާނެއެވެ.en_US
dc.identifier.citationAzra, A. (2010). Furathama qaanoonu asaaseege sababun dhivehiraajeyge siyaasee masrahahai badhalu. Male',en_US
dc.identifier.citationޢާއިޝަތު އަޒްރާ. (2010). ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/870
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންen_US
dc.publisherFaculty of Arts, Maldives College of Higher Education
dc.subjectފުރަތަމަ ޤަނޫނު އަސާސީen_US
dc.subjectދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުen_US
dc.subjectއެދެވޭ ބަދަލާއި ނޭދެވޭ ބަދަލުen_US
dc.subjectވުޒާރާތަކާއި ކެބިނެޓް އުފެދުންen_US
dc.subjectformation of ministries and cabinet
dc.subjectfirst constitution of Maldives
dc.subjectPolitical situation
dc.titleފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތައްen_US
dc.title.alternativeFurathama qaanoonu asaaseege sababun dhivehiraajeyge siyaasee masrahahai badhaluen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Aishath Azra.pdf
Size:
1.04 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: