ރާއްޖޭގެ ބޮނޑިބަތުގެ ކޮންސެޕްޓް ތަފާތު ވެއްޖެހެއްޔެވެ؟ ވޭތުވެދިޔަ ދުވަސްތަކުގައި ބޮނޑިބަތުގެ ބޭނުން ކުރަމުންދާ ގޮތްތަކާމެދު ބަދަލުތަކެއް އައިހެއްޔެވެ؟

dc.contributor.authorIbrahim, Ali
dc.contributor.authorޢަލީ އިބްރާހީމް
dc.date.accessioned2018-03-22T17:50:41Z
dc.date.available2018-03-22T17:50:41Z
dc.date.issued2009-11-01
dc.description.abstractމި ދިރާސާއަކީ ބޮނޑިބަތް އެ ރަމްޒުކޮށްދޭ ކަންތައްތައް ހުރުމާއެކު އެކަމަށް އެއްވެސް ބަދަލެއް އައިސްފައިހުރިތޯއާއި ވޭތުވެދިޔަ ދުވަސްތަކުގައި ބޮނޑިބަތް ބޭނުންކުރިއިރު އެ ބޭނުންކުރި ބަދަލާ ގުޅިގެން ބަދަލުތަކެއް އައިސްފައިވޭތޯ ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރުމުގެ މައިގަނޑު ބޭނުމަކީ އެއް އިރެއްގައި ދިވެހީންގެ މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުންކޮށް އުޅުނު ބޮނޑިބަތަށް މީގެކުރިން މިފަދަ ދިރާސާއެއް ހެދިފައި ނުވުމާއި ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހީންގެ ދިރިއުޅުމާއި އާދަކާދަތަކަށް އައި ބޮޑު ބަދަލާ ގުޅިގެން، ޚާއްޞަކޮށް ދިވެހިންގެ ކެއިންބުއިމަށް އައި ބޮޑު ބަދަލާ ގުޅިގެން ބޮނޑިބަތުގެ ބޭނުން ކުރަމުން އައިގޮތްތަކާއިމެދު އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ ބަލައި ދެނެގަތުމެވެ. ދިރާސާކޮށް ހޯދުނު ހޯދުންތަކުން އެނގުނުގޮތުގައި ބޮނޑިބަތަކީ ދިވެހީންނާ ވަރަށް ދޯޅަ އެއްޗެކެވެ. އެގޮތުން އިޖުތިމާޢީ، އިޤުތިޞާދީ، ދީނީ، ސިޔާސީ، ތާރީޚީ އަދި ބޭސްވެރިކަމުގެ އިތުރުން ބައިނަލްއަޤުވާމީ ބައެއް ކަންކަމާއި ކުޅިވަރާ ބޮނޑިބަތްވަނީ ގުޅިލާމެހިފައެވެ. އިޖުތިމާޢީ ކަންތައްތަކުގައި އެކަކު އަނެކަކާ ގުޅުން ބަދަހި ކުރުމަށް އިހުގައި ބޮނޑިބަތް ބޭނުން ކުރެވިފައިވަނީ ވަރަށް މަތީ ދަރަޖައަކަށެވެ. އެހެންނަމަވެސް މި ކަންތައްތަކަކީ މިޒަމާނުގައި ކޮށްއުޅޭ ކަންތައްތަކެއްނޫނެވެ. އިޤުތިޞާދީގޮތުން ބަލާއިރު ބޮނޑިބަތުގެ ވިޔަފާރި ކުރިއަރަމުން ބަދަލުވަމުންދަނީ ވަރަށް ހަލުއި ބަރު މިނެއްގައެވެ. އިހުގައި ތަފާތު މުނާސަބަތުތަކުގައި ކެއުމަށް ގޭގައި ކައްކައިގެން ކައި އުޅުނު ބޮނޑިބަތް މިއަދު ކައިއުޅެނީ ވިޔަފާރީގެ އުޞޫލުން އޯޑަރަށް ތައްޔާރުކޮށްދޭ ތަންތަނުން ގެނެސްގެންނެވެ. ދީނީ ކަންކަން ފާހަގަ ކުރުމުގެގޮތުން ބޮނޑިބަތަކީ އިހުގައި ޚައިރާތުގެ ގޮތުގައި ބޭނުންކޮށް އުޅުނު އެއްޗެކެވެ. އެހެންނަމަވެސް މިހާރު ޚައިރާތުގެ ގޮތުގައި ބޮނޑިބަތް ކައްކައިގެން ދީނީ ފާހަގަކުރުންތައް ފާހަގަކޮށެއް ނޫޅެއެވެ. ބޮނޑިބަތަކީ ސިޔާސީ ކަންކަމުގައާއި ރޭވުންތަކުގައި މުޖުތަމަޢުގައި ރަސްކަން އޮތް ދުވަސްވަރުވެސް ބޭނުންކޮށް އުޅުނު ޓުލެކެވެ. ހަތިޔާރެކެވެ. އެހެންނަމަވެސް މިއަދު ބޮނޑިބަތް ރަމްޒުކޮށްދެނީ ސިޔާސީ ބަދަލުތަކާއެކު ސެލެބްރޭޓް (ފާހަގަކުރާ) ކުރާ އެއްޗެއްގެ ގޮތުގައެވެ. ތާރީޚީގޮތުން ބަލާއިރު ބޮނޑިބަތަކީ މިނިވަންކަމުގެ އުފަލުގައި ބޭއްވުނު ތަފާތު އިޙުތިފާލުތަކުގައާއި ތާރީޚީ ދަތުރުތަކުގަޔާއި ދީނީ އާދަކާދަތަކުގަޔާއި ފަންޑިތަވެރިކަމުގައި ބޭނުންކޮށްފައިވާ އެއްޗެކެވެ. އެހެންނަމަވެސް މީގެތެރެއިން މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ އުޅޭ ޙަފަލާތަކުގައި ފިޔަވައި ފާހަގަ ކުރެވުނު އެހެން ކަންތައްތަކުގައި ބޮނޑިބަތަކީ މިއަދު ބޭނުންކޮށްއުޅޭ އެއްޗެއް ނޫނެވެ. ބޭސްވެރިކަމުގައި ބޮނޑިބަތަކީ ވަރަށް ގިން ބަލިބަލީގެ ޝިފާއެއްކަމުގައިވެއެވެ. އެހެންނަމަވެސް ބޮނޑިބަތަކީ މިއިދު ބޭސްވެރިކަމުގައި ބޭނުންހިފަމުންދާ އެއްޗެއްކަމަށް ނުބެލެވެއެވެ. ބައިނަލް އަޤުވާމީ ކަންކަމުގަޔާއި ކުޅިވަރުގައި ބޮނޑިބަތަކީ ކުރިން އެއްވެސް ސިފައެއްގައި ކުލަޖެހިފައިވާ އެއްޗަކަށް ނުވާއިރު މިއަދި ބޮނޑިބަތަކީ ބައިނަލް އަޤުވާމީ ކަންކަމުގަޔާއި ކުޅިވަރުތަކުގައި ވައިގައި ހިފަމުން އަންނަ އެއްޗެކެވެ. އެހެންކަމުން ގިނަ ބަޔަކު ބައިވެރިވެގެން ގުޅުން ބަދަހި ކުރުމުގެ ޙަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ފޯރުންތެރިކަމާއި ފުދުންތެރިކަން މިހާރަށްވުރެ ކުޑަ ޒަމާނެއްގައި ކައްކާ އުޅުނު ބޮނޑިބަތް، ފޯރުންތެރިކަމާއި ފުދުންތެރިކަން ލިބިފައި އޮތް މިޒަމާނުގައި ފެނިގެން މިދަނީ ސިމްބޮލިކް ނުވަތަ ރަމްޒީއެއްޗެއްގެ ގޮތުގައެވެ. ޒަމާނުގެ އޮއިވަރާއެކު ބަދަލުވަމުންދާ އެއްޗެއްގެ ގޮތުގައެވެ.en_US
dc.identifier.citationIbrahim, A. (2009). Raajjeygai bondibathuge konsept thafaathu vehjehehyeve? Veythuvedhiya dhuvasthakugai bondibathuge beynun kuramundhaa goiythakaamedhu badhaluthakeh aihehyeve?. Male', Maldives College of Higher Education.en_US
dc.identifier.citationޢަލީ އިބްރާހީމް. (2009). ރާއްޖޭގެ ބޮނޑިބަތުގެ ކޮންސެޕްޓް ތަފާތު ވެއްޖެހެއްޔެވެ؟ ވޭތުވެދިޔަ ދުވަސްތަކުގައި ބޮނޑިބަތުގެ ބޭނުން ކުރަމުންދާ ގޮތްތަކާމެދު ބަދަލުތަކެއް އައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1089
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectބޮނޑިބަތްen_US
dc.subjectދީނީ ކަންކަންen_US
dc.subjectއާދަކާދަen_US
dc.subjectޚައިރާތުގެ ގޮތުގައި ބޭނުންކޮށް އުޅުނު އެއްޗެއްen_US
dc.subjectބައިނަލް އަޤުވާމީ ކަންކަމުގަen_US
dc.titleރާއްޖޭގެ ބޮނޑިބަތުގެ ކޮންސެޕްޓް ތަފާތު ވެއްޖެހެއްޔެވެ؟ ވޭތުވެދިޔަ ދުވަސްތަކުގައި ބޮނޑިބަތުގެ ބޭނުން ކުރަމުންދާ ގޮތްތަކާމެދު ބަދަލުތަކެއް އައިހެއްޔެވެ؟en_US
dc.title.alternativeRaajjeygai bondibathuge konsept thafaathu vehjehehyeve? Veythuvedhiya dhuvasthakugai bondibathuge beynun kuramundhaa goiythakaamedhu badhaluthakeh aihehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ali Ibrahim 1376.pdf
Size:
13.48 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: