އިނގިރޭސީންގެ ބާރާއި ނުފޫޒު ސިޔާސީގޮތުން ދިވެހިރާއްޖޭގެ މައްޗަށް ފޯރާފައިވާ ގޮތްތައް: ތާރީހީ ދިރާސާއެއް

Loading...
Thumbnail Image

Date

2014-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

Abstract

މި ދިރާސާގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖެއަކީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި 78 އަހަރު އޮތް ޤައުމަކަށްވާތީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގައި އެމީހުން ނުފޫޒު ފޯރިވައިފައިވޭތޯ ބެލުމެވެ.ދިރާސާކޮށްފައި މިވަނީ ޙިމާޔަތުގެދަށަށް ދިއުމުގެ ކުރިންނާ އެދުވަސްވަރު ދިވެހިރާއްޖެއާ ބެހޭގޮތުން ސިލޯނު ސަރުކާރާއި އިނގިރޭސީންގެ މައިސަރުކާރާ ދެމެދު ބަދަލު ކުރެވިފައިވާ ސިޓީތަކާއި ނޯޓުތަކުގެ މައްޗަށެވެ. މި ދިރާސާގައި ބޭނުންކޮއްފައިވަނީ ތާރީޚީ ލިޔުންތަކެއް ކަމުގައިވާތީ މިއީ ކޮލިޓޭޓިވް މެތަޑްސް ބޭނުންކޮއްގެން ކޮއްފައިވާ ދިރާސާއެކެވެ. މިދިރާސާގެ ހޯދުންތަކުން އެގުނނު ގޮތުގައި ސިޔާސީ ނުފޫޒު ފޯރުވުމަށްޓަކައި އިނގިރޭސީން އެދުވަސްވަރު ދިވެހިރާއްޖޭގައި އުފެދިގެން ދިޔަ ޢާއިލީ ހަމަނުޖެހުމެއްގެ ތެރެއަށް ވަނެވެ.މި ހަމަނުޖެހުމުގެ ނާޖާއިޒު ފާއިދާ، އިނގިރޭސީން ނެގިކަމާއި ދުނިޔޭގެ އެހެނިހެން ޤައުމުތައް ކޮލޮނައިޒްކުރުމަށް އިނގިރޭސީން ބޭނުންކޮށްފައިވާ އުކުޅުތައް، ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގެންދިއުމުގައި ބޭނުންކޮއްފައި ހުރި ކަމެވެ.އަދި އިނގިރޭސީން ދިވެހިރާއްޖޭގެ އިޤުތިޞާދަށް ނުފޫޒު ފޯރުވައިފައިވާކަމެވެ. މިގޮތަށް އެދުވަސްވަރު އިނގިރޭސީންގެ ކޮލޯނިއަލް ޤައުމުތަކަށް ނިސްބަތްވާ ރައްޔިތުންކަމުގައިވާ ވޯރާ ވިޔަފާރިވެރިން ބޭނުންކޮއްގެން ނުފޫޒު ފޯރުވައިފައިވެއެވެ.މިކަންކުރުމަށް އިނގިރޭސިން އަތިރީގޭ ބެފުޅުންނާ ގުޅިގެން ބޮޑުހުޅުޖަހައި ވޯރާއިންގެ ފިހާރަތައް އަންދައިލި މައްސަލަ ދިރާސަކުރެވިފައިވާނެއެވެ. މިކަން ބަހަނާއަކަށް ދައްކައި އިނގިރޭސީން މިމައްސަލަ ބެލުމުގެ ނަމުގައި ދިވެހިރާއްޖެއަށް އައިސް، ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސަތާ އެކިގޮތްގޮތުން ބެހިފައިވާކަމަށް މިދިރާސާއިން އެނގުނެވެ. އަދި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ނަތީޖާއަކަށްވީ އެދުވަސްވަރު ރާއްޖޭގެ ތަޚްތުގައި އިންނެވި މުޢީނުއްދީނުއްޘާނީ ޙިމާޔަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމެވެ. ސޮއި ކުރެއްވި ނަމަވެސް، މިއީ ޚުދު ރަދުންވެސް، އަދި ސަރުކާރުގެ ބައެއް ބޮޑުންވެސް ހިތްހަމަޖެހިވަޑައިގެން ކުރެއްވި ސޮއެއް ނޫންކަން މިދިރާސާއިން އެނގިގެންދިޔައެވެ.

Description

Keywords

އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި, އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުން, ދިވެހިރާއްޖެ, ސިލޯނު, ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސަތާ އެކިގޮތްގޮތުން ބެހިފައިވާކަން, ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުން, ޙިމާޔަތުގެ އެއްބަސްވުމުގައި ސޮއިކުރުން

Citation

Khaleel, M. (2014). 3- Ingireyseenge baaraai nufoozu siyaaseegothun Dhivehi raajjeyge mahchah foaraafaivaa goiythah: thaareekhee dhiraasaa eh. Male', Maldives National University.
މަރްޔަމް ޚަލީލް. (2014). އިނގިރޭސީންގެ ބާރާއި ނުފޫޒު ސިޔާސީގޮތުން ދިވެހިރާއްޖޭގެ މައްޗަށް ފޯރާފައިވާ ގޮތްތައް: ތާރީހީ ދިރާސާއެއް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

Endorsement

Review

Supplemented By

Referenced By