އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭ ހެއްޔެވެ؟

dc.contributor.authorޝާދިޔާ އަދުނާން
dc.contributor.authorAdnan, Shadiya
dc.date.accessioned2018-03-21T08:32:37Z
dc.date.available2018-03-21T08:32:37Z
dc.date.issued2016-06-01
dc.description.abstractމި ދިރާސާއަކީ އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން (ނަފީ ތަކުރާރުވުން) އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. މި ފަދަ ދިރާސާއެއް ހަދަން ނިންމީ އިނގިރޭސިބަހެކޭ އެއްފަދައިން ދިވެހިބަހުގައިވެސް ނަފީއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާއެއްޗަކަށް ވެފައި، ދިވެހިބަހުގައި ނަފީ ތަކުރާރުވުމުން މާނައަށް އަންނަ ބަދަލުތަކާއިމެދު ހެދިފައިވާ ދިރާސާތަކެއް ފެންނަން ނެތުމުން، މިއީވެސް ދިރާސާކުރުން މުހިއްމު ދާއިރާއެއް ކަމުގައި ދެކޭތީއެވެ. އިނގިރޭސިބަހުގައި ނަފީ ތަކުރާރުވުން އައިސްފައިވާ ގޮތަށް ބަލާއިރު އެއް ޖުމުލައެއްގައި/ ބުނުމެއްގައި ނަފީގެ އަކުރު ތަކުރާރުވެއްޖެނަމަ އެ ޖުމްލައެއް/ ބުނުމެއް ވަނީ ސާބިތު ޖުމްލައަކަށެވެ. މިގޮތުން ދިވެހި ބަހުގައިވެސް މިކަން ހިނގަނީ މި އުސޫލުންތޯ ބެލުމަށްޓަކައި ނަގާފައިވާނީ ދިވެހި ބަހުގައި ނަފީ ތަކުރާރުވެފައިވާ 35 ޖުމްލައެވެ. މި ދިރާސާ ހެދުމަށް އަޅުގަނޑު ބޭނުންކޮށްފައިވާ މެތަޑަކީ ކޮލިޓޭޓިވް މެތަޑެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެން ދިރާސާ ހެދީ މިއީ ޑާޓާ ތަކެއް އެއްކޮށްގެން އެ ޑާޓާތައް އެނަލިސިސް ކޮށްގެން ހެދި ދިރާސާއަކަށް ވުމުންނެވެ. މި ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ ޕާޕޯސިވް ސާމްޕަލިންގް ބޭނުންކޮށްގެންނެވެ. ސަބަބަކީ މި ދިރާސާއަކީ ނަފީ ތަކުރާރު ވުމުން މާނައަށް ބަދަލު އާދޭތޯ ކުރާ ދިރާސާއަކަށް ވުމުން އެނޫންގޮތަކަށް ސާމްޕަލް ނަގައިފިނަމަ ދިރާސާގެ މަޤުޞަދު ހާޞިލު ނުވެދާނެތީއެވެ. މި ދިރާސާގެ ވެލިޑިޓީ އަދި ރިލައިބިލިޓީ އިތުރު ކުރުމަށްޓަކައި ތަފާތު ވެލިޑް ސޯސްތަކުން މައުލޫމާތު ނެގުމަށް އިސްކަން ދީފައިވާނެއެވެ. އަދި ނަފީ ތަކުރާރުވުމާއި ގުޅޭގޮތުން ގިނަ ރިސާޗަރުން ބުނެފައިވާ އެއްޗަކަށް ހޯދައި ބަލާފައިވާނެއެވެ. ހަމަ އެހެންމެ ސާމްޕަލްގައި ނަގާފައިވާ ޖުމްލަތަކުން ދޭހަވާ މާނަ ބެލުމަށްޓަކައި ދިވެހި ބަހުގެ ތަޖުރިބާ ހުރި ދެ ބޭފުޅަކާއި މަޝްވަރާކޮށްފައިވާނެއެވެ. މި ދިރާސާގެ ބާވަތުން މިއީ މީހުން ބޭނުންކޮށްގެން ހަދާ ދިރާސާއަކަށް ނުވާތީ، އެތިކަލް ގޮތުން މާބޮޑު ކަންތައްތަކެއް ވިސްނަން ނުޖެހުނަސް މި ރިސާރޗް ހެދުމުގައި އެތިކަލްގޮތުން ވިސްނަންޖެހޭ ހުރިހާކަމަކަށް ސަމާލުކަން ދީފައިވާނެއެވެ. މިގޮތުން މި ދިރާސާ ހެދުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު މިއީ އަމިއްލަ މަސައްކަތަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެއެވެ.en_US
dc.identifier.citationޝާދިޔާ އަދުނާން. (2016). އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAdnan, S. (2016). Ingireysibahugai dabal negeysh’an annagothah dhivehibahugai ehjumlaehgai nafeege akuru thakuraaruvumun maana ah badhalu aadhey heyyeve?. Male', Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1049
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleއިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭ ހެއްޔެވެ؟en_US
dc.title.alternativeIngireysibahugai dabal negeysh’an annagothah dhivehibahugai ehjumlaehgai nafeege akuru thakuraaruvumun maana ah badhalu aadhey heyyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Shadiya Adnan.pdf
Size:
624.28 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: