ދިވެހި ބަހުގައި ބޭނުންކުރެވޭ އަކުރެއް ކަމުގައި ވާ "ވެސް" ބޭނުންކުރެވޭ ގޮތާއި އަދާކޮށްދޭ ދައުރުތައް
dc.contributor.author | Abdulla, Niyaama | |
dc.contributor.author | ނިޔާމާ ޢަބުދުﷲ | |
dc.date.accessioned | 2018-03-15T14:04:12Z | |
dc.date.available | 2018-03-15T14:04:12Z | |
dc.date.issued | 2013-11-01 | |
dc.description.abstract | މި ދިރާސާއަކީ ދިވެހި ބަހުގައި ހިމެނޭ އަކުރެއް ކަމުގައިވާ "ވެސް" ބޭނުންކުރެވޭ ގޮތާއި، "ވެސް" އަދާކޮށްދޭ ދައުރުތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ކުރެވޭ ދިރާސާއެކެވެ. މި ގޮތުން، ދެކެވެމުން ދާ ވާހަކައެއް، އެއް ވާހަކައެއް ނުވަތަ ޚިޔާލެއް އަނެއް ވާހަކައާއި ނުވަތަ ޚިޔާލަކާއި ގުޅުވުމަށާއި، ދިވެހި ބަހުގައި ބޭނުންކުރެވޭ ބައެއް އަކުރާއި ގުޅުވައިގެން ލަފުޒު އުފެއްދުމަށް "ވެސް" ބޭނުންކުރާ ގޮތުގެ މައްޗަށް ބަލާލާފައި ވާނެއެވެ. ހަމަ މިއާއެކު، "ވެސް" އަދާކޮށްދޭ ދައުރުތައް ކަމުގައިވާ ޖުމުލައިގެ ބާރު ގަދަކޮށްދިނުމާއި، މުޖުލަ ފުރިހަމަ ކޮށްދިނުމާއި، މާނައަށް ބަދަލު ގެނައުމާއި އަދި އިތުރު މާނަ ދޭހަކޮށްދިނުމުގެ މައްޗަށް ބަލާލާފައި ވާނެއެވެ. މިދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. ސާމްޕަލް ނެގީ ދިވެހި އޮންލައިން ވެބުސައިޓަކުންނެވެ. މި ސައިޓުތަކުން 20 ލިޔުންތެރިއަކު ލިޔެފައިވާ 36 ޖުމުލަ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނެއެވެ. މި ދިރާސާއަކީ ދިވެހި ބަހުގައި "ވެސް" މި އަކުރު ބޭނުންކުރެވޭ ގޮތާއި، "ވެސް" އަދާކޮށްދޭ ދައުރުތަކާއި، "ވެސް" ގެ ސަބަބުން މާނައަށް އަންނަ ބަދަލާއި އަދި ދޭހަވާ އިތުރު މާނަތައް ދިރާސާކުރުމަށް ހަދާ ދިރާސާއެއް ކަމުން، މި މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕާރޕޯސިވް ސާމްޕްލިން ބޭނުންކޮށްގެންނެވެ. ދިރާސާ ހެދުމުގައި ބޭނުންކޮށްފައިވަނީ ތީމެޓިކް ކޮންޓެންޓް އެނަލިސިސްއެކެވެ. މިދިރާސާގެ ހޯދުންތަކުން ދެއްކީ "ވެސް" މި އަކުރު ބޭނުންކުރެވެނީ ދެ ޖުމުލައެއްގައި ނުވަތަ އެއް ޖުމުލައެއްގައި ނަމަވެސް ކުރިން ދެކެވުނު ވާހަކައާއި ފަހުންދެކެވޭ ވާހަކަ ގުޅުވައިދިނުމަށް ބޭނުންކުރާ ލިންކެއްގެ ގޮތުގައާއި "ދެން"، "އަދި"، "ނަމަ"، "އެއް"، މި ލަފުޒުތަކާއި ގުޅުވައިގެން "ދެންވެސް"، "އަދިވެސް"، "ނަމަވެސް"، "އެއްވެސް" އުފެއްދުމަށް ކަމެވެ. ދެ ޖުމުލައެއްގައި ދެކެވުނު ވާހަކަ ގުޅުވާލުމަށް "ވެސް" ބޭނުންކުރާއިރު "ވެސް" އަބަދުވެސް އިޝާރާތްކުރާނީ ކުރިން ދެކެވުނު ވާހަކައިގައި ބަޔާންކޮށްފައިވާ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށެވެ. ޖުމުލަ ފުރިހަމަކޮށްދިނުމާއި، ޖުމުލައިގެ ބާރު ގަދަކޮށްދިނުމާއި، ޖުމުލައިގެ މާނަ ބަދަލުކޮށްދިނުމުގެ އިތުރުން ޖުމުލައިން އިތުރު މާނަ ދޭހަކޮށްދިނުމަކީ "ވެސް" އަދާ ކޮށްދޭ ދައުރުތަކެއްކަންވެސް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެހެންކަމުން އެ ކަންކަމުގެ މައްޗަށް ވެސް މި ދިރާސާގައި ބަލާލާފައި ވާނެއެވެ. މި ދިރާސާއިން "ވެސް" މިއަކުރާއިބެހޭގޮތުން ގިނަ ހޯދުންތަކެއް ހޯދިފައިވެއެވެ. އެހެންނަމަވެސް މިއަށްވުރެ އިތުރު ހޯދުންތަކެއް ހޯދުމަށް އިތުރު ދިރާސާތަކެއް ހެދުމަކީ މުހިއްމު ކަމެކެވެ. | en_US |
dc.identifier.citation | Abdulla, N. (2013). Dhivehi bahugai beynunkurevey akureh kamugaivaa "ves" beynunkurevey gothaai adhaakohdhey dhauruthah. Male', Maldives National University. | en_US |
dc.identifier.citation | ނިޔާމާ ޢަބުދުﷲ. (2013). ދިވެހި ބަހުގައި ބޭނުންކުރެވޭ އަކުރެއް ކަމުގައި ވާ "ވެސް" ބޭނުންކުރެވޭ ގޮތާއި އަދާކޮށްދޭ ދައުރުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/932 | |
dc.publisher | Faculty of Arts, Maldives National University | en_US |
dc.publisher | ފެކަލްޓީ އޮފް އާޓްސް, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | |
dc.subject | ވެސް | en_US |
dc.subject | އަދާކޮށްދޭ ދައުރު | en_US |
dc.subject | ކުރިން ދެކެވުނު ވާހަކައާއި ފަހުންދެކެވޭ ވާހަކަ | en_US |
dc.subject | ދެ ޖުމުލައެއްގައި ދެކެވުނު ވާހަކަ ގުޅުވާލުން | en_US |
dc.subject | ދިވެހިބަސް | en_US |
dc.subject | ބަހުގެ ޤަވާއިދު | en_US |
dc.subject | ޖުމުލަ ފުރިހަމަކޮށްދިނުން | en_US |
dc.subject | ޖުމުލައިގެ ބާރު ގަދަކޮށްދިނު | en_US |
dc.subject | ޖުމުލައިގެ މާނަ ބަދަލުކޮށްދިނުން | en_US |
dc.subject | ޖުމުލައިން އިތުރު މާނަ ދޭހަކޮށްދިނުން | en_US |
dc.subject | ވެސް" މި އަކުރު ބޭނުންކުރެވޭ ގޮތް | en_US |
dc.subject | މާނައަށް އަންނަ ބަދަލު | en_US |
dc.title | ދިވެހި ބަހުގައި ބޭނުންކުރެވޭ އަކުރެއް ކަމުގައި ވާ "ވެސް" ބޭނުންކުރެވޭ ގޮތާއި އަދާކޮށްދޭ ދައުރުތައް | en_US |
dc.title.alternative | Dhivehi bahugai beynunkurevey akureh kamugaivaa "ves" beynunkurevey gothaai adhaakohdhey dhauruthah | en_US |
dc.type | Thesis | en_US |