ދެބަހުގެ އަހުލުވެރި، ދިވެހި ކުދިން ވާހަކަދައްކާއިރު މާދަރީބަހުގެ ޤަވާޢިދުގައި، ލަފުޒުތަކުގެ އަޑުތައް ތަރުތީބުކޮށް ބޭނުންކުރާ، އުޞޫލާ ފުށުއަރާގޮތަށް އަޑުތައް ބޭނުންކުރަމުންދޭ ހެއްޔެވެ؟ އަދި ފުށުއަރާނަމަ، ފުށުއަރަނީ ކޮންގޮތަކުން ހެއްޔެވެ؟ އަދި އަޑުތަކަށް ބަދަލުއައުމުގައި ދެވަނަ ބަހަށް އަހުލުވެރިވުން، ކުޅެދޭރޯލަކީ ކޮބާ ހެއްޔެވެ؟
Loading...
Date
2011-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
މި ދިރާސާއަކީ އިނގިރޭސިބަހާއި ދިވެހިބަހަށް އަހުލުވެރި ކުދީންގެ ވާހަކަދެއްކުމުގައި، މާދަރީބަހުގެ އަޑުތަކާ، ފުށުއަރާގޮތަށް، އަޑުތައް ބޭނުން ކުރަމުންދޭތޯ ބެލުމަށާއި، ފުށުއަރާނަމަ ފުށުއަރަން މެދުވެރިވަނީ ކޮންގޮތަކުން، ކިހިނެއްކަން، ދެނެގަނެ، އަޑުތަކަށް ބަދަލު އައުމުގައި ދެވަނަ ބަހަށް އަހުލުވެރިވުން، ކުޅެދޭ ރޯލަކީ ކޮބައިތޯ ބެލުމުގެ ބޭނުމުގައި ކުރާ ދިރާސާއެކެވެ.
މި ދިރާސާ ހެދީ ދެބަހުގެ އަހުލުވެރި 10 އިންފޯރމަންޓުންގެ ވާހަކަދެއްކުން އޮބްޒާރވްކޮށްގެން، ނެގި 100 ލަފުޒުގެ އަޑުތައް ފޮނޮޓިކް ގޮތުން ތަޙުލީލުކޮށްގެންނެވެ. އެގޮތުން، އަޑުތަކަށް ބަދަލު އައިސްފައިވާގޮތް ހޯދުމަށްޓަކައި ބަދަލު އައިސްފައިވާ ކޮންސަނަންޓް އަޑުތަކާއި ވަވަލްއަޑުތަކުގެ، ދެމެދުގައިހުރި ފޮނޮލޮޖިކަލް ގުޅުންތަކަށް ބަލައި، މިގުޅުންތަކުގެ ތެރެއިން އަޑަށް ބަދަލު އަންނަ ނަޒަރިއްޔާތުތަކާއި ގޮތްތަކަށް ރިޢާޔަތްކޮށް، މިއަޑުތަކަށް ބަދަލު އައިސްފައިވާގޮތް ހޯދާފައިވާނެއެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، މާދަރީބަހުގެ އަޑުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ. އަދި މިބަދަލުތައް އައުމުގައި ކޮންމެވެސް ވަރަކަށް އިނގިރޭސިބަހުގެ އަޑުގެ ނުފޫޒުތައް ފޯރަމުންދާކަން ދިރާސާއިން އެނގިގެންދިޔައެވެ. އެގޮތުން، އިނގިރޭސިބަހުގެ ކޮންސަނަންޓް އަދި ވަވަލް އަޑުތައް ދިވެހިބަހުގެ އަޑުތަކާ އެކު، ބޭނުންކުރުމާއެކު މި ނޫން ބަދަލުތައް ގެނެސްގެން، ލަފުޒުތަކުގެ އަޑުތައް، ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ. އަދި ދެބަހުގެ އަޑުތައް މައްސުނިކޮށްގެން، ދެބަހުގެ ލަފުޒުތައްވެސް ކިޔާފައިވާކަން ފާހަގަކުރެވިގެންދިޔައެވެ.
ވީމާ، މިދިރާސާއަކީ، މިހާރު ދިވެހިބަހުގެ އަޑުތަކަށް އަންނަމުންދަނީ ކޮންކަހަލަ ބަދަލުތަކެއްކަން، ދެނެގަތުމަށް، މި ދިރާސާ ގެ ބޭނުންތެރިކަން ބޮޑެވެ.
Description
Keywords
ދެބަހުގެ އަހުލުވެރި ކުދިން, ދިވެހި ކުދިން ވާހަކަދައްކާއިރު, މާދަރީބަސް, ދިވެހިބަހުގެ އަޑުތަކަށް އަންނަމުންދާބަދަލު, ދެބަހުގެ އަޑުތައް މައްސުނިކުރުން, ިނގިރޭސިބަހުގެ ކޮންސަނަންޓް އަދި ވަވަލް އަޑުތައް
Citation
Dhebahuge ahuluveri, Dhivehi kudhin vaahaka dhahkaairu maadhareebahuge qavaaidhugai, lafuzuthakuge aduthah tharutheebukoh beynunkuraa, us’oolaa fushuaraagothah aduthah beynunkurumundhey hehyeve? Adhi fushuaraanama, fushuaraanee kongothakun hehyeve? Adhi aduthakah badhalu aumugai dhevana bahah ahuluverivun, kulhedhey roalakee kobaa hehyeve?
މާޖިދާ ޙަސަން. (2011). ދެބަހުގެ އަހުލުވެރި، ދިވެހި ކުދިން ވާހަކަދައްކާއިރު މާދަރީބަހުގެ ޤަވާޢިދުގައި، ލަފުޒުތަކުގެ އަޑުތައް ތަރުތީބުކޮށް ބޭނުންކުރާ، އުޞޫލާ ފުށުއަރާގޮތަށް އަޑުތައް ބޭނުންކުރަމުންދޭ ހެއްޔެވެ؟ އަދި ފުށުއަރާނަމަ، ފުށުއަރަނީ ކޮންގޮތަކުން ހެއްޔެވެ؟ އަދި އަޑުތަކަށް ބަދަލުއައުމުގައި ދެވަނަ ބަހަށް އަހުލުވެރިވުން، ކުޅެދޭރޯލަކީ ކޮބާ ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
މާޖިދާ ޙަސަން. (2011). ދެބަހުގެ އަހުލުވެރި، ދިވެހި ކުދިން ވާހަކަދައްކާއިރު މާދަރީބަހުގެ ޤަވާޢިދުގައި، ލަފުޒުތަކުގެ އަޑުތައް ތަރުތީބުކޮށް ބޭނުންކުރާ، އުޞޫލާ ފުށުއަރާގޮތަށް އަޑުތައް ބޭނުންކުރަމުންދޭ ހެއްޔެވެ؟ އަދި ފުށުއަރާނަމަ، ފުށުއަރަނީ ކޮންގޮތަކުން ހެއްޔެވެ؟ އަދި އަޑުތަކަށް ބަދަލުއައުމުގައި ދެވަނަ ބަހަށް އަހުލުވެރިވުން، ކުޅެދޭރޯލަކީ ކޮބާ ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
