ދިވެހި ބަހުގައި އެއް ޖުމްލައެއްގައި ތަކުރާރުކޮށް ނަފީކުރުމުން ނަފީގެ މާނަ ދޭހަވޭ ހެއްޔެވެ؟
| dc.contributor.author | ޢާއިޝަތު ޢަލީ | |
| dc.contributor.author | Ali, Aishath | |
| dc.date.accessioned | 2018-03-26T03:44:09Z | |
| dc.date.available | 2018-03-26T03:44:09Z | |
| dc.date.issued | 2017-12-01 | |
| dc.description.abstract | މި ދިރާސާއަކީ ދިވެހިބަހުގައި ތަކުރާރުކޮށް އެއްޖުމުލައެއްގައި ނަފީކުރެވޭއިރު ނަފީގެ މާނަދޭހަވޭތޯ ބެލުމަށް ކުރެވޭ ދިރާސާއެކެވެ. މިދިރާސާ ކުރުމަށްޓަކައި ދިވެހިބަހުން ލިޔެފައިވާ ވާހަކަތަކުގެ ތެރެއިން އިބްރާހީމް ހުސައިންމަނިކުގެ ކުރުވާހަކައިގެ އެކި ވާހަކަތަކުން ޖުމުލަ ނެގިފައިވާނެއެވެ. ޖުމުލުތައް ނެގުމުގައި ބަލާފައިވާނީ އެއްޖުމުލައެއްގައި ތަކުރާރުކޮށް ނަފީކޮށްފައިވާ ޖުމުލަތަކެށެވެ. މިއީ ކޮލިޑޭޑިވް ޕެރެޑައިމެއްގެ ދަށުން ޕާޕަރސިވް ސާންޕަލެއް ނަގައިގެން ކުރެވޭ ދިރާސާއެކެވެ. މި ދިރާސާގައި ޑިސްކުރުމުގައި އެއްޖުމުލައެއްގައި ދެފަހަރު ތަކުރާރުކޮށްގެންނާއި އަދި ތިން ފަހަރު ތަކުރާރުކޮށްފައިވާ ޖުމުލަތައް ތަފާތު ތަވަލުތަކަށް އެޅުމަށްފަހު އެއިން ދޭހަވާ މާނައިން ފެށިގެން ޖުމުލަތައް ބައިކޮށްގެންވެސް ޑިސްކަސްކޮށް ތަފްޞިލުކޮށްފައިވާނެއެވެ. އަދި މި ދިރާސައިން ލިބުނު ނާތީޖާއަކީ އެއްޖުމުލައެއްގައި ދެފަހަރު ނަފީގެ އަކުރެއްގެނެސްގެން ނަފީކޮށްފިނަމަ އެ ޖުމުލައިގެ މާނައަށް ބަލާއިރު އެއިން ނަފީގެ މާނައެއް ދޭހައެއް ނުވެއެވެ. އެހެންކަމުން އެއީ ދިވެހި ބަހުގައި ބަސްވާރުންގެ ތެރެއިން މުޙައްމަދު ޖަމީލު. (1960) އަދި އަބުދުﷲ ޞާދިޤު އެއްބަސްވެލައްވާ ގޮތުގައި އެއީ ސާބިތު ޖުމުލައެވެ. ނަމަވެސް އެއްޖުމުލައެއްގައި ނަފީގެ ލަފީގެ އަދާކުރާ ދައުރުގެ ސަބަބުން ޖުމުލާއިން ނަފީގެ މާނަ ދޭހަވެއެވެ. އަދި މި ދިރާސާގައި ނިންމުމާއި ރިކޮމެންޑޭޝަނުގައި މި ފަދަ ދިރާސާތަކުން ގެންނަން ބޭނުން ބަދަލު ނުވަތަ އިތުރަށް ހޯދޭނެ ކަންކަން ޚިޔާލު ހުށައެޅިފައިވާނެއެވެ. | en_US |
| dc.identifier.citation | ޢާއިޝަތު ޢަލީ. (2017). ދިވެހި ބަހުގައި އެއް ޖުމްލައެއްގައި ތަކުރާރުކޮށް ނަފީކުރުމުން ނަފީގެ މާނަ ދޭހަވޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | en_US |
| dc.identifier.citation | Ali, A. (2017). Dhivehi bahugai eh jumlaehgai thakuraarukoh nafeekurumun nafeege maana dheyhavey heyyeve?. Male', Maldives National University. | |
| dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/1194 | |
| dc.publisher | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | en_US |
| dc.publisher | Faculty of Arts, Maldives National University | |
| dc.title | ދިވެހި ބަހުގައި އެއް ޖުމްލައެއްގައި ތަކުރާރުކޮށް ނަފީކުރުމުން ނަފީގެ މާނަ ދޭހަވޭ ހެއްޔެވެ؟ | en_US |
| dc.title.alternative | Dhivehi bahugai eh jumlaehgai thakuraarukoh nafeekurumun nafeege maana dheyhavey heyyeve? | en_US |
| dc.type | Thesis | en_US |
