ހޮޅިންގެ އެތަދަށަށް ދިވެހިރާއްޖެ ދިޔައީ ހޮޅިން ދިވެހިރާއްޖެ ހިފަން ބޭނުން ވެގެން ހެއްޔެވެ؟

Loading...
Thumbnail Image

Date

2010-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން

Abstract

މި ދިރާސާއަކީ ޕޯޗްގިޒުން ދިވެހިރާއްޖެ އަޅުވެ ތިކުރުމުގެ ފަހުން ރާއްޖޭގައި ދެވަނައަށް ހިނގައި ދިޔަ އެންމެ ހިތްދަތި ހާދިސާ (ހޮޅިންގެ އަތްދަށަށް ދިވެހި ރާއްޖެ ދިއުން) ހިނގާ ދިޔަގޮތް ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާހެދުމުގެ އެންމެ ބޮޑުބޭނުމަކީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި ހޮޅިންގެ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރެވުނީ ކޮން އުސޫލަކުން، ކިހިނެއްކަން ބަލައި ހޯދުމެވެ. ސަބަބަކީ މިމައްސަލަ އާއި ބެހޭގޮތުން އެއްވެސް ދިރާސާއެއް އަދި މިހާތަނަށް ރާއްޖޭގައި ކުރެވިފައި ނެތުމެވެ. މިމައްސަލަ ސާފުކުރުމުގެ ގޮތުން މިކަމާ ބެހޭ މަޢުލޫމާތު ކިޔައި ކަމާ ބެހޭ ފަރާތްތަކާއި، އިންޓރވިއު ކޮށް މަޝަވަރާކޮށް އެނގެން ހުރި މިންވަރަކުން ހޯދައި މިކަމުގައި ދިވެހިން ކުޅެފައިވާ ރޯލާކީ ކޮބައިތޯ ބެލުމަށްފަހު ލޮޅިންގެ އަތްދަށުވެ އޅުވެތިވިސަބަބު ހާމަކޮށް، ނަތޮޖާއެއް ނެރެފައިވާނެއެވެ. މިގޮތަށް މިކުރެވުނު ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖޭގެ މިނިވަންކަން ދެވަނަފަހަރު ގެއްލި ގެން ގޮސް ދިވެހި ސަޤާފަތާއި، ދިވެހިންގެ އާދަކާދަތައް އުވެމުން ދާންފެށީ، އެކިފަހަރު މަތިން ދިވެހިންގެ ބައެއް މީހުން އެމީހުންގެ އަމިއްލަ ފައިދާއަށް ޓަކައި، ރަސްކަމުގެ ދަހިވެތި ކަމުގައި ހޮޅިންނަށް އެހީތެރިވެދީ، އެމީހުން އެމީހުންނަށް ފުރުޞަތުދީ، އެމީހުން ގެނެސްގެންރާއްޖޭގެ ގާނޫނީ ވެރިކަން އެތައްފަހަރަކު ވައްޓާލާ، އަދި ވައްޓާލަން އެތައް ފަހަރަކު މަސައްކަތް ކޮށްފައި ވާކަމެވެ. އަދި ބައެއް ފަހަރު އެމީހުނަނަށް ކާމިޔާބީ އާއި، ނާކާމިޔާބީތައް ލިބިފައިވާކަމެވެ. މިގޮތުން ކުރެވުނު ހނގުރާމަ ތަކުގައި އައްޞުލްތާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (3) ގެ ރަސްކަމުގައި ހޮޅިން ކާމިޔާބުކޮށް ރާއްޖެ އަޅުވެތި ކުރީއެވެ. މި ހިތްދަތި ކަމާއި އަޅުވެތިކަން ލިބިގެން ދިޔައީ ދިވެހި ޤައުމަށް ޚިޔާނާތްތެރިވި ދެ މީހެއްގެ ސަބަބުންނެވެ. އެ މީހުން ދިވެހި ރަސްކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުންނާއި، ހޮޅިންނަކީ ކަނޑުފޭރޭ ބަޔަކަށް ވެފައި ދިވެހިރާއްޖޭގައި އެމީހުން ބޭނުންވާ ތަކެތި ހުރުމާއެކު އެތަކެތި ހޯދުމުގެ ޝައުގުވެރިކަން ހުރުމުގެ ސަބަބުންނެވެ. އެހެންކަމުން މިދިރާސާއަކީ ހޮޅިންގެ އަތްދަށަށް ދިވެހިރާއްޖޭގެ ގޮސް މިނިވަންކަން ގެއްލިގެން ދިޔަ ހާދިސާ ދެނެގަތުމަށް ވަރަށް މުހިއްމު ދިރާސާއެކެވެ.

Description

Keywords

ޕޯޗްގިޒުން, ހޮޅީން, ދިވެހިރާއްޖެ އަޅުވެ ތިކުރުން, ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުން, ދިވެހިރާއްޖޭގެ މިނިވަންކަން ދެވަނަފަހަރު ގެއްލުން, ރަސްކަމުގެ ދަހިވެތިކަން, ޤައުމަށް ޚިޔާނާތްތެރިވުން, މުކައްރަމް މުޙައްމަދު ޢިމާދުއްދީން, Portuguese, traitors, Mukahram Mohamed Imaadhudeen, Holland

Citation

Ahmed, H. S., (2010) Holheenge aiydhashah dhivehi raaje dhiyaee holheen dhivehi raaje hifanvegen hehyeve?. Male', Maldives College of Higher Education.

Endorsement

Review

Supplemented By

Referenced By