ދިވެހިބަހުގަ އި ނަމުގެ ކުރިއަށް ވިދިވިދގެން ގެނެ ވޭ ނަންއިތު ރުގެ ބާވަތްތައް ތަރުތީބު ވާ ވަ ކި އުސޫލެ އް އޮ ވޭ ހެއްޔެ ވެ؟

dc.contributor.authorއަންވަރު އިބްރާހީމް
dc.contributor.authorIbrahim, Anwar
dc.date.accessioned2018-04-01T13:59:24Z
dc.date.available2018-04-01T13:59:24Z
dc.date.issued2012-11-01
dc.description.abstractމިދިރާސާއަކީ ދިވެހި ބަހުގައި ނަމާ ވިދިގެން، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް ނުވަތަ ހަމަތަކެއް ހުރިތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ނަމާ ވިދިގެން ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައްކަމުގައި ބެލެވޭ ސިފަބަޔާންކޮށްދޭ ނަންއިތުރާއި މިންވަރު ބަޔާންކޮށްދޭ ނަންއިތުރާއި ވަނަ ބަޔާންކޮށްދޭ ނަންއިތުރު ތަރުތީބުވާގޮތް ދެނެގަތުމަށްޓަކައި ނަމާވިދިގެން ނަމުގެ ކުރިއަށް އެއް ނަންއިތުރު ގެނައުމާއި އެއް ނަންއިތުރަށްވުރެ ގިނަ ނަންއިތުރު ގެނައުމުން ވާގޮތް ބަލާފައިވާނެ އެވެ. މި ދިރާސާގައި ބޭނުންކޮށް ފައިވާނީ ކޮލިޓޭޓިވް ޕެރަޑައިމް އެވެ. ސާމްޕަލް ނެގީ ދިވެހިބަހުގެ ލިޔުންތެރިންގެ ފާހަގަކޮށްލެވޭ 20 ލިޔުންތެރިއަކު ޝއިޢުކޮށް ފައިވާ 28 ފޮތަކުންނެވެ. ދިރާސާއަކީ ދިވެހިބަހުގައި، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތިބުވާ ވަކި އުސޫލެއް އޮތްތޯ ދެނެގަތުމަށް ކުރެވޭދިތާސާއަކަށްވާތީ މި މަގުޞަދު ހާސިލްކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕަރޕޯސިލް ސާމްޕަލިން ބޭނުން ކޮށްގެން ނެވެ. މި ދިރާސާގައި ބޭނުންކޮށް ފައިވަނީ ތިމެޓިކް ކޮންޓެންޓް އެންލިސިސް އެކެވެ. މިދިރާސާގެ ހޯދުންތަކުން ދެއްކީ ދިވެހިބަހުގައި ނަމާވިދިގެން، ނަމުގެކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކިއުސޫލެއް ނުވަތަ ހަމަތަކެއް ހުރިކަމެވެ. މިގޮތުން ނަމާ ވިދިގެން ނަމުގެ ކުރިއަށް ސިފަބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ މިންވަރުބަޔާންކުރާ ނަންއިތުރުކަން ފާހަގަކުރެވުނެވެ. އަދި ނަމާ ވިދިގެން ނަމުގެ ކުރިއަށް، ސިފަބަޔާންކުރާ ނަންއިތުރަކާއި ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާ ވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ ވަން ބަޔާންކުރާ ނަންއިތުރެއްކަންވެސް ދެނެގަނެވުނެވެ. މީގެ އިތުރުން ނަމާވިދިގެން ނަމުގެ ކުރިއަށް މިންވަރު ބަޔާނއކުރާ ނަންއިތުރަކާއި ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ މިންވަރު ބަޔާންކުރާ ނަންއިތުރެއްކަންވެސް ދިރާސާއިން ހޯދުނެވެ. މީގެ އިތުރުން ނަމާވިދިގެން ނަމުގެކުރިއަށް ތިން ބާވަތުގެ ނަންއިތުރު ޖެހިޖެހިގެން ބޭނުންކުރެވޭއިރު، ނަމާވިދިގެން ކުރިއަށް، އެންމެ ކައިރީގައި އޮންނަނީ މިންވަރު ބަޔާންކުރާ ނަންއިތުރެވެ. އެ ނަންއިތުރާ ޖެހިގެން ކުރިއަށް އޮންންނީ ސިފަ ބަޔާންކުރާ ނަންއިތުރުކަން ފާހަގަ ކުރެވުނެވެ. ތިންބާވަތް އެއްކޮށް ބޭނުންކުރާއިރު، ވަނަ ބަޔާންކުރާ ނަންއިތުރު އަންނަނީ ސިފަ ބަޔާންކޮށްދޭ ނަންއިތުރުގެ ކުރިއަށްކަންވެސް ފާހަގަ ކުރެވުނެވެ. މިދިރާސާއިން ދިވެހިބަހުގައި ނަންއިތުރު ތަރުތީބު ކުރެވޭ ވަކި އުސޫލެއް އޮތްކަން ދެނެގަނެވުނުއިރު، އަދި ނަންއިތުރާ ގުޅޭ އިތުރުހަމަތައް ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެވުނެވެ.en_US
dc.identifier.citationއަންވަރު އިބްރާހީމް. (2012). ދިވެހިބަހުގައި ނަމުގެ ކުރިއަށް ވިދިވިދިގެން ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް އޮ ވޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1445
dc.publisherފެކަލްޓީ އޮފް އާޓް ސްen_US
dc.titleދިވެހިބަހުގަ އި ނަމުގެ ކުރިއަށް ވިދިވިދގެން ގެނެ ވޭ ނަންއިތު ރުގެ ބާވަތްތައް ތަރުތީބު ވާ ވަ ކި އުސޫލެ އް އޮ ވޭ ހެއްޔެ ވެ؟en_US
dc.title.alternativeDhivehi bahugai namuge kuriah vidhividhigen genevey nahithuruge baavaihthah tharutheebuvaa vakiusooleh ovey heyyeveen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Dhivehi bahugai namuge kuriah vidhividhigen genevey nahithuruge baavaihthah tharutheebuvaa vakiusooleh ovey heyyeve.pdf
Size:
2.17 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: