ކަލާފާނު ފަތްކޮޅުގައި ޑޭޓިވްކޭސް މާކަރ...

dc.contributor.authorމުޙައްމަދު ނާޒިމް
dc.contributor.authorNazim, Mohamed
dc.date.accessioned2018-03-28T08:08:16Z
dc.date.available2018-03-28T08:08:16Z
dc.date.issued2017-11-01
dc.description.abstractމި ދިރާސާއަކީ ދިވެހިބަހުގެ ޑޭޓިވް ކޭސް މާކަރަކީ ކޮބައިތޯ ބެލުމާއި އެ މާކަރު ބޭނުންކުރެވިފައި ހުރި ގޮތްތައް ބެލުމަށް ހެދި ދިރާސާއެކެވެ. މި ދިރާސާގައި ބޭނުންކޮށްފައިވަނީ ކޮލިޓޭޓިވް ޕެރަޑައިމްއެއްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެކެވެ. ދިރާސާއަށް ސާންޕަލް ނަގައިފައި ވަނީ ޕާޕަސިވުކޮށެވެ. މި ދިރާސާއަށް ޑާޓާ ނެގީ ދިވެސް އަކުރުން ލިޔެފައިވާ ފަތްކޮޅުންނެވެ. މި ދިރާސާގައި ހިމެނި ދިވެސް އަކުރުގެ ފަތްކޮޅުތަކަކީ ނާޒިމް އަބްދުއްސައްތާރު އެއްކުރައްވާ ނަސީމާ މުޙައްމަދު އެޑިޓް ކުރައްވާ ދިވެހިބަހާއި ތާރީޚަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒުން 2010 ވަނައަހަރު ނެރުއްވި "ކަލާފާނު ފަތްކޮޅުތައް" މި ފޮތުގައި ހިމެނިފައިވާ ފަތްކޮޅުތަކެވެ. ދިވެހި ބަސް ދިރާސާކުރައްވާފައިވާ ބޭފުޅުން ފާހަގަކުރައްވާފައިވާ ގޮތުގައި ދިވެހިބަހުގައި 5 ކޭސް މާކަރު އޮވެއެވެ. އެއީ ޑޭޓވް ކޭސް، އެބްލެޓިވް ކޭސް، ނޮމިނޭޓިވް ކޭސް، އެކިއުޒެޓިވް ކޭސް، ޖެނެޓިވް ކޭސް އެވެ. މި ކޭސްތަކުގެ ތެރެއިން މި ދިރާސާއަށް ނަގައިފައިވަނީ ޑޭޓިވް ކޭސް މާކައެވެ. ދިވެހިބަހުގައި ވެސް ކޭސް ސިސްޓަމް އޮންނަ ކަމުގައި ބުރޫސް ޑުވެން ކެއިން (2000) އާއި ސޮންޔާ ފްރިޓްޒް (2001) ބަޔާން ކުރަށްވައެވެ. އެހެންނަމަވެސް ޑޭޓިވް ކޭސް ބޭނުންކުރާ ގޮތް ބަޔާންކުރައްވާފައިނުވެއެވެ. އެހެންކަމުން މި ދިރާސާކުރި މަޤްޞަދަކީ މި ދެންނެވި ޑޭޓިވްކޭސް މާކަރު "އަށް" އެވޭލާ އަކުރަށް ފަހު ދިވެހީން ލިޔެކިއުމުގައި އިހުގައި ބޭނުންކުރި ދިވެސް އަކުރުގައި ބޭނުންކޮށްފައި ވޭތޯބެލުމާއި އެކު ބޭނުންކޮށްފައި ހުރި ގޮތްތައް ބެލުމެވެ. އަދި މި މާކަރުގެ ބަދަލިގައި އެހެން މާކަރުތަކެއް ބޭނުންކުރި ތޯ ބެލުން ވެސް އެއީ މި ދިރާސާ ހެދި އެއް ބޭނުމެވެ. ލިޓްރެޗަރ ރިވިއުގައި ދިވެހި ލިޔުންތެރިކަމުގެ ތާރީޚަށާއި އިންފްލެކްޝަނަލް މޯފޮލޮޖީގެ ތެރެއިން ކޭސް ސިސްޓަމާއި ޑޭޓިވް ކޭސް އަދި ދިވެހިބަހުގެ ކޭސް ސިސްޓަމްގެ ތެރެއިން ޑޭޓިވް ކޭހާ ބެހޭ މަޢުލޫމާތު ހިމަނައިފައިވާނެއެވެ.en_US
dc.identifier.citation.މުޙައްމަދު ނާޒިމް. (2017). ކަލާފާނު ފަތްކޮޅުގައި ޑޭޓިވްކޭސް މާކަރ.... މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1308
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherNazim, M. (2017). Kalaafaanu faiykolhugai dative case maakaru. Male', Maldives National University.
dc.publisherFaculty of Arts, Maldives National University
dc.titleކަލާފާނު ފަތްކޮޅުގައި ޑޭޓިވްކޭސް މާކަރ...en_US
dc.title.alternativeKalaafaanu faiykolhugai dative case maakaruen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Mohamed Nazim.pdf
Size:
995.01 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: