ދިވެހިރާއްޖޭގެ ޕްރީސުކޫލުތަކުގެ ބައިލިންގުއަލް ދަރިވަރުން ބަސްކޮށާރު ބޭނުންކުރުމުގައި އިސްކަންދޭ ބަސް
Loading...
Date
2015-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Maldives National University
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
Abstract
މިދިރާސާއަކީ ދިވެހިރާއްޖޭގެ ÷ޕްރީސުކޫލުގެ ދަރިވަރުން ހަށިގަނޑުގެ ގުނަވަންތަކުގެ ނަންތައް ބުނެދިނުމުގައި އިސްކަންދެނީ ކޮންބަހަކަށްތޯ އަދި ބެލެނިވެރިންނާއި މުދަރިސުން ބޭނުންކުރާ ބަސް ބޭނުންކުރުމަށް ދަރިވަރުން ބާރުއަޅާތޯ ބެލުމަށް އެ މަޤްޞަދުގައި ކުރެވިފައިވާ ދިރާސާއެކެވެ.
މި ދިރާސާއަކީ ކުއަންޓިޓޭޓިވް އެ÷ޕްރޯޗްގެ ދަށުން ޑިސްކްރިޕްޓިވް ޑިޒައިން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. ދިރާސާއަށް ޑާޓާ ނަގާފައިވަނީ ޕޮރޮބަބިލިޓީ ސާންޕަލްގެ އުޞޫލުނަނެވެ. މިދިރާސާގެ ޓާރގެޓް ޕޮޕިއުލޭޝަން އަކީ މާލޭގެ 4 ޕްރީސުކޫލެއްގެ ޔޫ.ކޭ.ޖީގެ 43 ކުލާހެއްގެ 1030 ދަރިވަރުންނެވެ. އެސުކޫލުތަކުގެ ޔޫ.ކޭ.ޖީ ކުލާސްތަކުގެ ތެރެއިން ކޮންމެ ސުކޫލަކުން ރެންޑަމްކޮށް ހޮވި އެއް ކުލާހުގެ ހުރިހާ ކުދިންނަކީ މިދިރާސާހެދުމުގައި ބައިވެރިކުރި ބައިވެރިންނެވެ. އެގޮތުން 4 ސުކޫލުން މުޅިއެކު 4 ކުލާސް މިދިރާސާގައި ބައިވެރިކުރެވުނެވެ. އެއީ ޖުމުލަ 111 ދަރިވަރުންނެވެ. އަދި އެސަތޭކަ އެގާރަ ކުދިންގެ ބެލެނެވެރިންގެ ތެރެއިން ކޮންމެ ކުއްޖެއްގެވެސް އެއް ބެލެނިވެރިޔެކެވެ. މުޅި ޖުމުލަ 111 ބެލެނިވެރިންނެވެ. އަދި އެ ހަތަރު ކުލާހުގެ 4 މުދައްރިސުންނެވެ. ވީމާ މުޅި މި ދިރާސާގައި ހިމެނޭނީ 226 ބައިވެރިންނެވެ.
މިދިރާސާއަށް މައުލޫމާތު އެއްކުރި ތިން މެތަޑެއް ބޭނުންކޮށްގެންނެވެ. އެއީ ދަރިވަރުންނަށް ހަށިގަނޑުގެ ގުނަވަންތަކުގެ ނަންތައް އެނގޭތޯ ބެލުމަށް ތަސްވީރު ދައްކައިގެން އަނގަބަހުން ސުވާލުކޮށްގެން ދެވުނު ޓެސްޓަކުންނާއި ސާނަޕަލްއަށް ނަގާ 111 ކުދިން ހިމެނޭ 4 ކުލާހުގެ މުދަރިސުންގެ އެއް ގަޑި އޮބްޒާރވް ކޮށްގެންނާއި، ޓެސްޓްކުރެވުނު ކޮންމެ ދަރިވަރެއްގެ އެއް ބެލެނިވެރިޔަކު ލައްވައި ސާރވޭފޯރމެއް ފުރުވައިގެންނެވެ.
މިދިރާސާގެ ޑާޓާތައް އެނަލައިޒްކޮށްފައިވަނީ SPSS ޕޮރޮގުރާމްގެ އެހީގައެވެ. އެގޮތުން މި ޕޮރޮގުރާމް ބޭނުންކޮށްގެންނެވެ. ޓެސްޓުގެ ކޮންމެ ސުވާލެއްގެވެސް ޑިސްކްރިޕްޓިވް އާއި ފްރިކުއެންސީ SPSS ހޯދައި ހުށައަޅާފައިވާނެއެވެ.
ދިރާސާގައި އެއްކުރެވުނު މައުލޫމާތުތަކުގެ އިންފަރެންޝަލް ސްޓެޓިސްޓިކްސް ހަދައި ދިރާސާގެ ހައިޕޮތެތިސް ޓެސްޓުކޮށްފައިވާނެއެވެ. އެގޮތުން ދިރާސާއަށް މައުލޫމާތު އެއްކުރެވުނު ތިން ގޮތް ކަމުގައިވާ ސާރވޭއާއި ޓެސްޓާއި އޮބްޒަރވޭޝަން މައުލޫމާތުތަކުގެ ތެރެއިން ޓެސްޓާއި އޮބްޒަރވޭޝަންގެ މައުލޫމާތުތައް ބޭނުންކޮށްގެން ޕިއަރސަން ކޯރިލޭޝަން ޓެސްޓެއް ހެދުނެވެ. އަދި ސާރވޭފޯރމުން ލިބުނު މައުލޫމާތާއި ދަރިވަރުންގެ ޓެސްޓުގެ މައުލޫމާތުތައް ބޭނުންކޮށްގެން ރިޤްރެޝަން ޓެސްޓެއް ހަދާފައިވާނެއެވެ.
މިދިރިސާއިން ހާމަވާގޮތުގައި ޕްރީސުކޫލްދަރިވަރުން ހަށިގަނޑުގެ ގުނަވަންތަކުގެ ނަން ކިޔުމުގައި އިނގިރޭސިބަހަށް އިސްކަންދެއެވެ. ދިވެހިބަހުން ގުނަވަންތަކުގެ ނަންތައް ދިވެހިބަހުން ބުނެދޭންވެސް ނޭނގެއެވެ. އަދި އިނގިރޭސިބަހުންވެސް އަދި ދިވެހިބަހުންވެސް ބައެއް ގުނަވަންތަކުގެ ނަންތައް ބުނެދޭންވެސް ނޭނގޭ މަދު ދަރިވަރުންތަކެއްވެސް ތިއްބެވެ. މީގެ އިތުރަށް ފާހަގަކުރެވުނީ މިދައްރިސުން ބޭނުންކުރާ ބަހާ ދަރިވަރުން ބޭނުންކުރާ ބަހުގައި ޕޮޒިޓިވް ގުޅުމެއް ހުންނަކަމެވެ. ނަމަވެސް ބެލެނިވެރީން ބޭނުންކުރާ ބަހުން ދަރިވަރުންނަށް މާ ބޮޑު އަސަރެއް ނުފޫޒެއް ނުފޯރާކަމުގައެވެ.
Description
Keywords
ބަސްކޮށާރު, ބަސް, ދިވެހިރާއްޖެ, ބައިލެންގުއަލް, ހަށިގަނޑުގެ ގުނަވަންތައް, ދިވެހިބަސް, އިނގިރޭސިބަސް, Words, vocabulary, Body parts, Body organs, Bilingual, Maldives, English language, Dhivehi language
Citation
Ahmed, Z. (2015). Dhivehiraajjege pre-schooluthakuge bilingual dharivarun baskoashaaru beynunkurumugai iskandhey bas. Maldives National University
.ޒީނަތު އަޙްމަދު. (2015). ދިވެހިރާއްޖޭގެ ޕްރީސުކޫލުތަކުގެ ބައިލިންގުއަލް ދަރިވަރުން ބަސްކޮށާރު ބޭނުންކުރުމުގައި އިސްކަންދޭ ބަސް. މާލެ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
.ޒީނަތު އަޙްމަދު. (2015). ދިވެހިރާއްޖޭގެ ޕްރީސުކޫލުތަކުގެ ބައިލިންގުއަލް ދަރިވަރުން ބަސްކޮށާރު ބޭނުންކުރުމުގައި އިސްކަންދޭ ބަސް. މާލެ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ