ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެވެ.
Loading...
Date
2013-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Abstract
މި ދިރާސާއަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރު ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ކުއްޖާގެ ބަހުގެ ވެށީގައި ހިމެނޭ އެކި ކަންކަމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރޭތޯ މި ދިރާސާގައި ބަލާފައިވާނެއެވެ. އަދި ހަމަ އެހެންމެ މި ދިރާސާގައި ޖޯގުރަފިކަލްގޮތުން ބަހުގެ ވެށި ތަފާތު ވެއްޖެނަމަ ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުވެސް ހޯދާފައިވާނެއެވެ. އެހެންކަމުން މި ދިރާސާގެ މައިގަނޑު މަގުޞަދަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުތައް ދެނެގަތުމެވެ.
މި ދިރާސާހެދުމުގައި ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނީ ކުއްޖާ ބަސް ދަސްކުރުމުގައި ބޭނުންކުރާ ތަފާތު ތިއަރީތަކާއި ކުއްޖާގެ ކިބައިގައި ބަހެއް އަށަގަތުމުގައި ކަޑައްތުވާ މަރުހަލާތަކާއި މާހައުލާއި އުމުރުގެ މުހިންމުކަމެވެ. އެގޮތުން ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވަނީ މަޝްހޫރު ބަހަވީ ޢިލްމުވެރިން ހޯދާފައިވާ ތިއަރީތަކެވެ. އަދި ހަމަ އެހެންމެ ދިރާސާގެ މަޢުލޫއާއި ގުޅޭގޮތުން ދިވެހި ބަހުގެ ޢިލުމުވެރިން ފާހަގަކުރައްވާފައިވާ ނުކުތާތައްވެސް ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނެއެވެ.
މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް ހޯދުންތައް ދެއްކުމުގައި ކުއަންޓޭޓިވް ޕެރެޑައިމްގެ އުކުޅުތައް ކަމުގައިވާ ގުރާފް ބޭނުންކޮށްފައި ވާނެއެވެ. މި ދިރާސާގެ ސާމްޕަލުގެ ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދަކުން ކުދިންނެގީމެވެ. އެއީ ދެކުނުން އައްޑޫ، ފުވައްމުލައް، މާލޭ ސަރަހައްދުން މާލެ، ހުޅުމާލެ އަދި އުތުރުން ހދ. ކުމުންދޫ، ހދ. ކުޅުދުއްފުށިންނެވެ. އަދި މި ސަރަހައްދުތަކުން ސާމްޕަލްގެ ގޮތުގައި ނެގުނު ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔާ އާއި ކޮންމެ ސްކޫލަކުން ދަރިވަރުންނަށް ކިޔަވައިދޭ 1 ޓީޗަރަކު ނެގީމެވެ.
މި ދިރާސާއިން ހޯދުނުގޮތުގައި ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެއެވެ. އެގޮތުން ޖޯގުރަފިކަލް ގޮތުން އެއްރަށް އަނެއްރަށުގެ ބަހުގެ މާހައުލު ތަފާތުވުމާއި މައިންބަފައިންނާއި ޓީޗަރުން އަދި ގޭގައި ދިރިއުޅޭ މީހުންނާއި މާހައުލުގައި ދިރިއުޅޭ މީހުންނާއި ޓީވީ ނުވަތަ ރޭޑިޔޯފަދަ އެއްޗެތިންވެސް ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރާކަން މި ދިރާސާއިން ހޯދުނެވެ.
Description
Keywords
މާދަރީބަސް, މާދަރީބަސް އަށަގަނެ ތަރައްޤީވުން, ބަހުގެ މާހައުލު ތަފާތުވުން, ބަސްކޮށާރަށް އަސަރުކުރެން, ބަސްކޮށާރު, ޖޯގުރަފިކަލް ގޮތުން އެއްރަށް އަނެއްރަށުގެ ބަހުގެ މާހައުލު ތަފާތުވން, މައިންބަފައިންނާއި ޓީޗަރުން, މާހައުލު ތަފާތުވުން, ދިވެހިބަސް, ކުޑަކުދިން, ބަސްބޭނުންކުރުން
Citation
Asnaan, A. (2013). Kuhjaage kibaigai maadhareebas ashagane tharahqeevamun annairu bahuge maahaulu thafaathuvumun kuhjaage baskoshaarah asarukureeve. Male', Maldives National University.
އަޙްމަދު އަސްނާން. (2013). ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެވެ. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
އަޙްމަދު އަސްނާން. (2013). ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެވެ. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.