ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދިނުމުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅު ބަސް
dc.contributor.author | Zidhuma, Aishath | |
dc.contributor.author | ޢާއިޝަތު ޒިދުމާ | |
dc.date.accessioned | 2018-03-20T15:38:39Z | |
dc.date.available | 2018-03-20T15:38:39Z | |
dc.date.issued | 2014-11-01 | |
dc.description.abstract | މި ދިރާސާއަކީ ރާއްޖޭގެ ޕްރީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރުން އެންމެ ރަނގަޅު ބަހަކީ ކޮބައިކަން ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ޕްރީ ސްކޫލްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ ބަހާއި، މީޑިއަމް އޮފް އިންސްޓއރަކްޝަންގެ ގޮތުގައި ބޭނުންކުރުމަށް ސްޓޭކްހޯލްޑަރުން ބާރުއަޅުއްވާ ބަހަކީ ކޮބައިކަމާއި އަދި ވަކި ބަހެއް ބޭނުންކުރުމަށް ބާރުއަޅުއްވާ ބަހަކީ ކޮބައިކަމާއި އަދި ވަކި ބަހެއް ބޭނުންކުރުމަށް ބާރުއަޅުއްވަ ސަބަބުތައް ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ މިކްސްޑް މެތަޑް ނުވަތަ ކޮމްބައިންޑް ޑިޒައިނެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައަޅާފައިވާނީ މާލޭގެ ދެ ސްކޫލެކެވެ. މިގޮތުން ސްކޫލްތަކުގެ ވެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން އެޕްލައިޑް ލިންގުއިސްޓުންނާއި ސިޔާސަތުދާނުންގެ ފަރާތުން އޮބްޒަރވޭޝަނާއި، ސާރވޭ އަދި އިންޓަރވިއު މެދުވެރިކޮށް މައުލޫމާތު އެއްކުރެވުނެވެ. މި ދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ ޕްރީ ސްކޫލްކުދިންނަށް ކިޔަވައިދިނުމަށް ހަރުދަނާ ސިޔާސަތެއް ކަނޑައެޅިފައި ނެތްކަމެވެ. އަދި ކްލާސްތަކަށް ކިޔަވައިދިނުމަށް ވަޑައިގަންނަވާ މުދައްރިސުންނަށް ވެސް ވަކި ސިޔާސަތެއް ކަނޑައެޅިފައިވާކަން ނުވަތަ ނުވާކަން ވެސް ސާފުވެފައި ނުވާކަމެވެ. މީގެ އިތުރުން މިހާރު ޕްރީ ސްކޫލްތަކުގައި ކިޔަވައިދިނުމުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަނީ ދިވެހިބަހާއި އިނގިރޭސި ބަސް މަސްހުނިކޮށްގެންކަން ވެސް މި ދިރާސާއިން އެނގިގެން ދިޔައެެވެ. އަދި ޖުމްލަގޮތެއްގައި ގިނަ ސްޓޭކްހޯލްޑަރުން ބާރުއަޅުއްވަނީ ދިވެހިބަހާއި އިނގިރޭސި ބަސް މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރުމަށްކަމަށެވެ. މިކަމުގެ ސަބަބުތަކުގެ ގޮތުގައި މައިގަނޑުގޮތެއްގައި ފާހަގަކުުރެވިފައިވަނީ މާދަރީބަހުން އުނގަންނައިދިނުމަށް މުދައްރިސުންނަށް ފަސޭހަވުމާއި އުގަންނައިދެވޭ ފިލާވަޅުތައް ނަގައިގަތުމަށް ކުދިންނަށް ފަސޭހަވުމެވެ. ބަހުގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވުމާއި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަމަޖެހިފައިވާގޮތެވެ. | en_US |
dc.identifier.citation | Zidhuma, A. (2014). Pree sukool kudhinnah kiyavaidhinumugai meediam ofu instruksh'ange gothugai beynunkuran enme rangalhu bas. Male',Maldives National University. | en_US |
dc.identifier.citation | ޢާއިޝަތު ޒިދުމާ. (2014). ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދިނުމުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅު ބަސް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/1035 | |
dc.publisher | Faculty of Arts, Maldives National University | en_US |
dc.publisher | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | |
dc.subject | މީޑިއަމް އޮފް އިންސްޓްރަކްޝަން | en_US |
dc.subject | ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދިނުން | en_US |
dc.subject | ބޭނުންކުރުން އެންމެ ރަނގަޅު ބަހަކީ ކޮބައި | en_US |
dc.subject | ހަރުދަނާ ސިޔާސަތެއް | en_US |
dc.subject | އިނގިރޭސި ބަސް | en_US |
dc.subject | ދިވެހި ބަސް | en_US |
dc.subject | މާދަރީބަހުން އުނގަންނައިދިނުން | en_US |
dc.subject | ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު | en_US |
dc.title | ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދިނުމުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅު ބަސް | en_US |
dc.title.alternative | Pree sukool kudhinnah kiyavaidhinumugai meediam ofu instruksh'ange gothugai beynunkuran enme rangalhu bas. | en_US |
dc.type | Thesis | en_US |