ހުރާ ދަރިކޮޅުގެ ރަސްރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ ވިރާޡީ އުޞޫލުންތޯއެވެ؟
| dc.contributor.author | މުޙައްމަދު އަބުދުއްރައްޒާޤް | |
| dc.contributor.author | Mohamed, Abdul Razzak | |
| dc.date.accessioned | 2018-03-12T02:32:03Z | |
| dc.date.available | 2018-03-12T02:32:03Z | |
| dc.date.issued | 2009-11-01 | |
| dc.description.abstract | މިދިރާސާއަކީ، ހުރާ ދަރިކޮޅުގެ ރަސްކަން ގޮސްފައިވަނީ ވިރާޘީ އުޞޫލުންތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މިއީ، ތާރީޚީ ހޯދުމެއްކަމުން މިދިރާސާ ހެދުމުގައި ބޭނުންކުރެވޭނީ ކުލައިޓޭޓިވް ދިރާސާ އެޕްރޯޗެކެވެ. މީގެ އިތުރުން ޖުމުލަ ގޮތެެއްގައި މިދިރާސާ ބިނާވެފައިވަނީ ޝާއިޢުކުރެވިފައިވާ ފޮތްތަކާއި، އެކިއެކި ފަންނީ ބޭފުޅުންނާ ބަސްދީގަތުން ބާއްވައިގެން ލިބުނު މަޢުލޫމާތުގެ މައްޗަށެވެ. ހޯދިހޯދުންތަކުން އެނގުނުގޮތުގައި ހުރާ ޚާންދާނުގެ ރަސްކަން ދިޔައީ މުޅިން ވިރާޘީ އުޞޫލާއެއްގޮތަކަށް ނޫނެވެ. ވަކިން ޚާއްޞަކޮށް ހުރާ ދަރިކޮޅުން އެންމެފުރަތަމަ ރަސްކަން ކުރެއްވި ދެ ރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ މުޅިން ވިރާޘީ އުޞޫލާ ޚިލާފަށް ޢާއިލީމަތިފުށުން ބޭރުންނެވެ. ދެވަނަފަހަރަށް މިދަރިކޮޅަށް ރަސްކަން ލިބިވަޑައިގަތުމަށްފަހު ރަސްކަމުގެ ވިރާޘީ އުޞޫލުގައި ކަނޑައެޅިފައިވާގޮތަށަ، ފަސް ރަސްރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ވިރާޘީ އުޞޫލުގައި ކަނޑައެޅިފައިވާގޮތަށް ފަސް ރަސްރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ވިރާޘީ އުޞޫލާ ޚިލާފަށް ރަސްކަން ބަދަލުވީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ރަސްކަން ގަދަކަމުން އަތުލައްވައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަންނަވާ ހިސާބުންނެވެ. މިގޮތުން މިޚާންދާނުން ފަސްރަސްކަލުން ވިރާޘީ އުޞޫލާ ޚިލާފަށް ރަސްކަމަށް އިސްވެ ވަޑައިގެންފައި ވެއެވެ. ދިވެހިރާއްޖޭގެ ބޮޑުންގެ މެދުގައި ހަމަނުޖެހުން އުފެދި ރަސްކަމުގެ ވިރާޘީ އުޞޫލު އުވި ރަސްކަމުގެ އިންތިޚާބީ އުޞޫލަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް އިންތިޚާބު ކުރެވުނު ރަސްކަލުން ރަސްކަމާ ޙަވާލުނުވުމުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާވެސް ގާއިމުކުރެވުނެވެ. ކުޑަދުވަސްކޮޅެއްގައި ޖުމްހޫރީ ވެރިކަމެއް އޮތުމަށްފަހު އަލުން އިންތިޚާބީ ރަސްކަމެއް ގާއިމުކުރިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ތަޚުތަށް އިސްކުރެވުނު ހަމައެކަނި އިންތިހާބީ ރަސްކަލަކުވެސް އިސްކުރެވިފައިވަނީ މިޢާއިލާއިންނެވެ. | en_US |
| dc.identifier.citation | Mohamed. A. R., (2009). Huraa dharikolhuge rasraskalunnah raskan libivadaigathee viraasee usoolunthoa?. Male', Maldives College of Higher Education | en_US |
| dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/842 | |
| dc.publisher | ފެކަލްޓި އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން | en_US |
| dc.subject | Huraa dynasty | en_US |
| dc.subject | Huraa kingdom | en_US |
| dc.subject | Family dynasty | en_US |
| dc.subject | family history | en_US |
| dc.subject | ހުރާ ދަރިކޮޅު | en_US |
| dc.subject | ވިރާސީ ރަސްކަން | en_US |
| dc.subject | ރަސްރަސްކަލުން | en_US |
| dc.subject | އިބްރާހީމް ނޫރައްދީނު | en_US |
| dc.subject | މުޙައްމަދު މުޢީނުއްދީން | en_US |
| dc.subject | ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ | en_US |
| dc.subject | Mohamed Muieenundheen | en_US |
| dc.subject | Ibrahim Nooradheen | en_US |
| dc.subject | First republic | en_US |
| dc.title | ހުރާ ދަރިކޮޅުގެ ރަސްރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ ވިރާޡީ އުޞޫލުންތޯއެވެ؟ | en_US |
| dc.title.alternative | Huraa dharikolhuge rasraskalunnah raskan libivadaigathee viraasee usoolunthoa? | en_US |
| dc.type | Thesis | en_US |
