ލިޔުންެތެރިކަމުގެ ޙަރަކާތްތައް ރާވަން ވަގުތު ދިނުމުން، ދިވެހިބަސް ކިޔަވާ ސާނަވީ ދަރިވަރުންގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިހެއްޔެވެ؟
dc.contributor.author | Zidhna, Aishath | |
dc.contributor.author | އައިޝަތު ޒިދުނާ | |
dc.date.accessioned | 2017-10-08T08:32:11Z | |
dc.date.available | 2017-10-08T08:32:11Z | |
dc.date.issued | 2014-01-01 | |
dc.description.abstract | ސާނަވީ ދަރިވަރުންނަކީ ލިޔުންތެރިކަމުގެ ގޮތުން މަޒުމޫނާއި ވާހަކަ ފަދަ އެކި ރޯންރާތައް ލިޔަން ދަސްކުރާ ދަރިވަރުންނެވެ. މި ދަރިވަރުންނަށް ލިޔުންތެރިކަމުގެ ގޮތުން ލިޔުމަށް ދެވޭ ފުރުޞަތުތަކުގައި ލިޔުންތެރިކަމުގެ ގޮތުން ލިޔުމަށް ދެވޭ ފުރުޞަތުތަކުގައި ލިޔުންތެރިކަމުގެ ހުނަރުތައް ކުރިއެރޔވުމަށް އުނގަންނައިދޭ ފަރާތްތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މި ހުނަރު ފޯރުކޮށް ދެވެނީ އެންމެ އެކަށޭނަ ގޮތުގައިތޯ ބެލުން މުހިންމެވެ. އެގޮތުން މި ދިރާސާ ޙާއްޞަކޮށްފައި ވަނީ ކިލާސްރޫމްތަކުގައި ލިޔުންތެރިކަމުގެ ގޮތުން ދަރިވަރުން ލިޔާ މަޒުމޫނު ފަދަ ލިޔުންތައް ލިޔުމުގެ ކުރިން އެލިޔުމެއް ލިޔާނެ ގޮތާ މެދު ރޭވުމަށްޓަކައި ދަރިވަރުންނަށް ވަގުތު ދިނުމުން، ދަރިވަރުންގެ މާދަބަހުގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިތޯ ދެނެގަތުމަށެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ސާނަވީއަށް ދިވެހިބަސް ލިޔަވާ ދަރިވަރުންނަށް ވަގުތު ދިނުމުން، ދަރިވަރުންގެ މާދަރީބަހުގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިތޯ ދެނެގަތުމަށެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ސާނަވީއަށް ދިވެހިބަސް ކިޔަވާ ދަރިވަރުންނަށް ކަމަށް ވަތީ، ދިރާސާގައި ބައިވެރިކޮށްފައިވަނީ އޭގެތެރެއިން 20 ދަރިވަރުންވެ. އެކްސްޕެރިމެންޓަލް ޑިޒައިންސްގެ ޕޯސްޓްޓެސްޓް އޮންލީ ކޮންޓްރޯލް ގްރޫޕް ޑިޒައިން ބޭނުންކޮށްގެން ކުރި މި ދިރާސާއިން، ރޭވުމަށް ވަގުތު ލިބިގެންނާއި ރޭވުމަށް ވަގުތު ނުލިބި، މި ދަރިވަރުން ހެދި ގެ ޕޯސްޓްޓެސްޓުގައި މަޒުމޫނު ލިޔެގެން ލިޔުންތެރިކަމުގރ ތަފާތާއި އައިސްފައިވާ ބަދަލުތައް ހޯދިފައިވެއެވެ. މިގޮތުން ރޭވުމަށް ވަގުތު ނުލިބި ދަރިވަރުން ލިޔުނު މަޒުމޫންތަކަށް ވުރެ ރޭވުމަށް ވަގުތު ލިބިގެން ލިޔުނު މަޒުމޫނުތަކުގެ ލިޔުންތެރިކަން މާ ބޮޑު ތަން ރަނގަޅުވެފައިވާކަން މި ދިރާސާއިން ހޯދިފައި ވެއެވެ. މިކަން މި ދިރާސާގެ ޕެއަރޑް ސާމްޕަލް ޑިސްކްރިޕްޓިވް ޓެސްޓްތަކުންނާއި ޓީޓެސްޓްތަކުންގެ ނަތީޖާއިން ވަނީ ކަށަވަރުވެފައެވެ. އެގޮތުން ލިޔުންތެރިކަމުގައި އެސް. އެސް.ސީ އިންތިހާނުގައި ވަޒަންކުރާ ރުބްރިކްތަކުގައި ހިމެނޭ ހުރިހާ ބައަކަށް ބެލި ބެލުމުން، ޓެސްޓުކުރި ވޭރިއޭބަލްތަކުގެ މެދުގައި ސްޓްރޯންގ ސިންނިފިކަންޓް ގުޅުން ވާކަން ފާހަގަކޮށްލަމެވެ. މި ހޯދުންތަކަށް ބުރަވާ އިރު، ރޭވުމަށް ވަގުތު ނުދީ ދަރިވަރުން ލައްވާ ލިޔުންތެރިކަމުގެ މަސައްކަތް ކުރުވާނަމަ، ލިޔުންތެރިކަމުގެ ހުނަރު ކުރިއަށް ދިޔުމުގައި ހުރަސްތަކަކާ ކުރިމަތިވެ، އޭގެ އަސަރު މުޅި ލިޔުންތެރިކަމަށް ކޮށްފާނެއެވެ. އެހެންކަމުން މިއީ މިއަދު ލިޔުންތެރިކމަގެ ކިލާސްތައް ކުރިއަށް ގެންދާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ހައްލުކުރެވިދާނެ މުހިންމު ކަމެކެވެ. | en_US |
dc.identifier.citation | Zidhna, A. (2014). Liyuntherikamuge h'arakaaiythah raavan vaguthu dhinumun, dhivehibas kiyavaa saanavee dharivarunge liyuntherikamuge hunarah anna badhalakee kobaihehyeve?. Maldives National University. | en_US |
dc.identifier.citation | .އައިޝަތު ޒިދުނާ. (2014). ލިޔުންެތެރިކަމުގެ ޙަރަކާތްތައް ރާވަން ވަގުތު ދިނުމުން، ދިވެހިބަސް ކިޔަވާ ސާނަވީ ދަރިވަރުންގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ | |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/483 | |
dc.publisher | Maldives National University | en_US |
dc.publisher | ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު | |
dc.subject | Dhivehi Language | en_US |
dc.subject | Dhivehi Language --Education | en_US |
dc.title | ލިޔުންެތެރިކަމުގެ ޙަރަކާތްތައް ރާވަން ވަގުތު ދިނުމުން، ދިވެހިބަސް ކިޔަވާ ސާނަވީ ދަރިވަރުންގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިހެއްޔެވެ؟ | en_US |
dc.title.alternative | Liyuntherikamuge h'arakaaiythah raavan vaguthu dhinumun, dhivehibas kiyavaa saanavee dharivarunge liyuntherikamuge hunarah anna badhalakee kobaihehyeve? | en_US |
dc.type | Thesis | en_US |