ދިވެހިރުކުގެ ބައިތަކުގެ ބޭނުންތައް ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟

dc.contributor.authorMohamed, Musthafa
dc.contributor.authorމުސްތަފާ މުޙައްމަދު
dc.date.accessioned2018-03-12T15:24:22Z
dc.date.available2018-03-12T15:24:22Z
dc.date.issued2009-11-01
dc.description.abstractމި ދިރާސާއަކީ، ދިވެހިރުކުގެ ބައިތަކުގެ ބޭނުން ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. ދިވެހި ރުކަކީ، އޭގެ ބޭނުންތަކުގެ މައްޗަށް ކާބަފައިންގެ މުޅި ދިރިއުޅުން ބިނާކޮށްފައިވާ ގަހެވެ. ކެއިންބުއިމާއި، އޮޑިދޯނިފަހަރު ބަނުމާއި، ގޯތިގެދޮރު އެޅުމާއި، އެނދުއަށި ޖެހުމާއި، ހިފާގެންގުޅޭ ތަކެތި ތައްޔާރުކުރުމާއި، ބޭސްފަރުވާގެ ބޭނުންތަކަކީ، ރުކުން ހިފަމުންގެންގޮސްފައިވާ މުހިންމު ބޭނުންތަކެވެ. އިހުޒަމާނުގައި ދިވެހިންގެ މައިގަނޑު މަސައްކަތް ކަމަށްވާ މަސްވެރިކަން ފިޔަވައި، ދެން އެންމެބޮޑު އާމްދަނީއެއް ލިބޭ މަސައްކަތަކަށް ވެފައިއޮތީ ކާށި އެކްސްޕޯޓް ކުރުމެވެ. ކާށީގެ އިތުރަށް، ރޯނާއި، ދިޔާހަކުރުން ތައްޔާރުކުރާ އުފެއްދުންތައްވެސް އެކްސްޕޯޓްކޮށްފައި ވެއެވެ. މި ސަރަޙައްދުގައި ދުއްވާ ނާފަހަރުގައި ވާވެލާވެއްޔަށްވެސް ބޭނުންކޮށްއުޅުނީ، ރާއްޖޭގައި އުފައްދާ ރޯނެވެ. ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ ކާނާގެ ތެރޭގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި، ކާށްޓާއި ދިޔާހަކުރު ހިމެނެއެވެ. ދިވެހި ޘަޤާފަތާއި ދިވެހިންގެ އާދަކާދައާ މިކަންކަން ވަނީ ގުޅިފައެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި ދިވެހިރުށް ވެފައިވަނީ، އެއާ ނުލައި ދިވެހިންނަށް ނޫޅެވޭފަދަ މުހިންމު ގަހަކަށެވެ. މިފާހަގަކުރި ކަންކަމުގެ އިތުރަށް ދިވެހިބަހާއި އަދަބިއްޔާތާ ދިވެހިރުއް ގުޅިފައިވެއެވެ. ދިވެހިރުކާގުޅޭ އެތައް ލަފުޒަކާއި ހަރުބަހާއި މުސްކުޅިބަހާއި މަޖާޒުބަހުން ދިވެހި ރަދީފަށް މުއްސަނދިކަން ގެނެސްދީފައި ވެއެވެ. އޭގެއިތުރަށް، މިޤައުމުގެ ޤައުމީގަހަކީ، ދިވެހިރުއްކަމަށް ކަނޑައަޅާފައިވަނީ، ދިވެހިންނަށް އެ ގަހަކީ، މުހިންމު ގަހެއްކަމަށް ވީތީއެވެ. ހަމައެހެންމެ، މިނިވަން މި ޤައުމުގެ ދައުލަތުގެ ނިޝާނުގައި ދިވެހިރުއް ހިމެނިފައިވުމާއި، ދިވެހި ފައިސާގައި ދިވެހިރުކުގެ ތަސްވީރު ހިމެނިފައިވުމީ، ދިވެހިންނަށް އެގަހުގެ ބޭނުންތެރިކަން ބޮޑުކަން ރަމްޒުކޮށްދޭ ކަންކަމެވެ. ދިވެހިރުކަކީ، މިހާބޮޑު އަހަންމިއްޔަތެއްދޭ ގަހެއްކަމަށް ވީނަމަވެސް، އެގަހުގެ ބޭނުން ކުރަމުން ގެންދިޔަ ކަންކަމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އެހެންކަމުން، ބަދަލުތައް އައިސްފައިވާ ކަންކަމާއި، ބަދަލުތައް އައިސްފައިވާ މިންވަރުގެ މައްޗަށް، މި ދިރާސާގައި އަލިއަޅުވާލެވިފައި ވާނެއެވެ.en_US
dc.identifier.citationMohamed, M. (2009). Dhivehi rukuge baithakuge beynunthah hifamunai gothaai, eybeynunthakah mihaaru aisfaivaa badhalu thakakee kobaihehyeve?. Male', Maldives College of Higher Education.en_US
dc.identifier.citationމުސްތަފާ މުޙައްމަދު. (2009). ދިވެހިރުކުގެ ބައިތަކުގެ ބޭނުންތައް ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/869
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectދިވެހިރުކުގެ ބައިތަކުގެ ބޭނުންen_US
dc.subjectބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތައްen_US
dc.subjectކާށި އެކްސްޕޯޓް ކުރުންen_US
dc.subjectދިވެހިރުކާގުޅޭ ލަފުޒުތައްen_US
dc.titleދިވެހިރުކުގެ ބައިތަކުގެ ބޭނުންތައް ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeDhivehi rukuge baithakuge beynunthah hifamunai gothaai, eybeynunthakah mihaaru aisfaivaa badhalu thakakee kobaihehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Musthafa Mohamed.pdf
Size:
15.75 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: