Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1017
Full metadata record
DC FieldValueLanguage
dc.contributor.authorމުއާޒު މުޙައްމަދު-
dc.contributor.authorMohamed, Muaz-
dc.date.accessioned2018-03-20T07:42:41Z-
dc.date.available2018-03-20T07:42:41Z-
dc.date.issued2015-11-08-
dc.identifier.citationމުއާޒު މުޙައްމަދު. (2015). ދިވެހި ބަހުގެ ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ކޭސް މާކަރުތައް ހުވަދޫ ބަހުރުވައިގައި ބޭނުންކުރާއިރު އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެތަފާތުތައް އަންނަ އުސޫލުތަކަކީ ކޮބައިހެއްޔެވެ.؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationMohamed, M. (2015). Dhivehi bahuge rasmee bahuruvaigai beynunkuraa keys maakaruthah Huvadhoo bahuruvaigai beynunkuraairu anna fonolojikal thafaathuthakakee kobaiheyyeve? Adhi e thafaathuthah anna usooluthakakee kobaiheyyeve?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1017-
dc.description.abstractޖިއޮގްރަފީ ގޮތުން ދިވެހިރާއްޖެ އުފެދިފައި ވަނީ ޖަޒީރާ ރަށްތަކެއްގެ ގޮތުގައިވިޔަސް މިރާއްޖޭގެ މީހުންނަކީވެސް މުވާޞަލާތު ކުރުމަށް އަމިއްލަ ބަހެއް ބޭނުންކުރާ ބައެކެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅެމުން ގެންދަނީ ކަނޑު ފަޅުން ވަކިވެފައިވާ ކުދި ރަށް ތަކުގައެވެ. އޭގެ ތެރެއިން ބައެއްރަށްތައް އެއްފަޅެއްގެ ތެރޭގައިވެސް އުފެދިފައި އެބަހުއްޓެވެ. މިފަދަ ގޮތަކަށް ރަށްތައް އުފެދިފައި ހުރިއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަހުރުވައިގެ ތާފަތުތަކެއް ހުންނަކަން ފާހަގަކުރެވެއެވެ. މި ދިރާސާގެ މަޤްޞަދަކީ ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ކޭސް މާކަރުތައް ހުވަދޫ ބަހުރުވައިގައި ބޭނުންކުރާއިރު އަންނަ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމެވެ. މި ދިރާސާގައި ބޭނުންކުރީ އިންޑަކްޓިވް އެޕްރޯޗްގެ ދަށުން ކުއަލިޓޭޓިވް މެތަޑެވެ. މި ދިރާސާގައި ސާންޕަލްގެ ގޮތުގައި ބޭނުންކުރީ ކޮންވީނިއެންސް ސާމްޕްލިންގ އެވެ. ސާމްޕަލް ނެގީ ހުވަދު އަތޮޅުގެ އިދާރީ ދާއިރާއެއް ކަމަށްވާ މަޑަވެލި ދާއިރާގައި ހިމެނޭ 3 ރަށް މަޑަވެލި، ހޯނޑެއްދޫ އަދި ނަޑެއްލާ އިން ކޮންމެ ރަށަކުން 30 މީހުންނެެވެ. މި ދިރާސާގެ ޑާޓާ އެއްކޮށް އެނަލައިޒް ކުރީ ކޭސްމާކަރު ތައް ހިމެނޭ ލަފްޒުތަކެއް ދިނުމަށްފަހު ލިޔުއްވައި އަދި ކިޔުއްވުމަށްފަހު އައި.ޕީ.އޭ (IPA) އިން ޓްރާންސްކްރައިބް ކޮށްގެންނެވެ. ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި ހުވަދޫ ބަހުރުވައިގައި ކޭސް މާކަރުތައް ބޭނުންކުރާ އިރު ފޮނޮލޮޖިކަލް ގޮތުން ތަފާތު އާދެއެވެ. މިގޮތުން އަންނަ ފޮނޮލޮޖިކަލް ތަފާތުތައް މީގެ ކުރިން ދެކުނުގެ ބަހުރުވަތަކާއި ބެހޭގޮތުން ހަދާފައިވާ ދިރާސާތަކާއި އެއްގޮތްކަން ހުރިކަމުގައި ވިޔަސް ހުވަދޫ ބަހުރުވައިގައި ވަކި ޚާއްސަ ބަދަލުތަކެއް އައިސްފައި އެބަހުއްޓެވެ. މީގެ އިތުރުން ބައެއް ކޭސް މާކަރުތައް މި ތިން ރަށުގައި ބޭނުންކުރާއިރު މުޅިން ތަފާތު ފޮނޮލޮޖިކަލް ތަފާތު އައިސްފައި އެބަހުއްޓެވެ. އައްޑޫ އަދި ފުވައްމުލަކުގައި ބޭނުންކުރާ ކޭސްމާކަރުތަކާއި ބެހޭ ގޮތުން ބައެއް ދިރާސާވެރިން ހަދާފައިވާ ދިރާސާގައި ހޯދާފައިވާ ބައެއް ހޯދުންތަކާއި މިދިރާސާގެ ހޯދުންތަކާއި އެއްގޮތް ކަންތަކެއް ހުރިކަމުގައިވިޔަސް އެދިރާސާތަކުގެ ބައެއް ހޯދުންތަކާއި މިދިރާސާގެ ހޯދުންތައް ދިމާނުވާކަން ފާހަގަކުރެވެއެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހި ބަހުގެ ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ކޭސް މާކަރުތައް ހުވަދޫ ބަހުރުވައިގައި ބޭނުންކުރާއިރު އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެތަފާތުތައް އަންނަ އުސޫލުތަކަކީ ކޮބައިހެއްޔެވެ.؟en_US
dc.title.alternativeDhivehi bahuge rasmee bahuruvaigai beynunkuraa keys maakaruthah Huvadhoo bahuruvaigai beynunkuraairu anna fonolojikal thafaathuthakakee kobaiheyyeve? Adhi e thafaathuthah anna usooluthakakee kobaiheyyeve?en_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Muaz Mohamed.pdf1.37 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.