Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1021
Full metadata record
DC FieldValueLanguage
dc.contributor.authorޚަދީޖާ ޙަބީބް-
dc.contributor.authorHabeeb, Khadeeja-
dc.date.accessioned2018-03-20T08:03:05Z-
dc.date.available2018-03-20T08:03:05Z-
dc.date.issued2015-11-01-
dc.identifier.citationޚަދީޖާ ޙަބީބް. (2015). ރަސްމީ ބަހުގައި ހުރި ޑިފްތޯންގ އަޑުތައް އައްޑޫ ބަހުރުވައަށް ބަދަލުވެގެން ދާއިރު ހުންނަ އެކޫސްޓިކް ތަފާތުތަކަކީ ކޮބާހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationHabeeb, K. (2015). Rasmee bahugai huri dipthoan aduthah Addu bahuruvayah badhaluvegen dhaairu hunna akoostic thafaathuthakakee kobaa heyyeve? Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1021-
dc.description.abstractމި ދިރާސާއަކީ ރަސްމީ ބަހުރުވައިގައި ހުރި ޑިފްތޯންގ އަޑުތައް އައްޑޫ ބަހުރުވައަށް ބަދަލުވެގެން ދާއިރު ހުންނަ އެކޫސްޓިކް ތަފާތުތައް ދެނެގަތުމަށް ހެދުނު ދިރާސާއެކެވެ. މި ދިރާސާގައި ޖަވާބު ހޯދުމަށް މަސައްކަތް ކުރި ސުވާލުތަކަކީ ރަސްމީ ބަހުގައި ހުރި ޑިފްތޯންގ އަޑުތައް އައްޑޫ ބަހުރުވައަށް ބަދަލުވެގެން އަންނައިރު ފޯމަންޓްތަކުގެ މޫވްމަންޓަށް އަންނަނީ ކޮންކަހަލަ ބަދަލެއްތޯ އާއި އަދި އެގޮތަށް ބަދަލު އަންނަނީ ކީއްވެތޯ އާއި އަދި ފްރެކުއެންސީއަށް ބަދަލު އާދޭތޯ ބެލުމެވެ. ދިވެހި ބަހުގެ އަޑުތަކުގެ އެކޫސްޓިކް ސިފައާ ބެހޭގޮތުން މިފަދަ ދިރާސާއެއް މިހާތަނަށް ކުރެވިފައި ނެތުމުން މިފަދަ ދިރާސާއެއް ކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ. އެހެނީ ދިވެހި ބަހުގެ އަޑުތައް އަދާ ކުރާ ގޮތް ރަނގަޅަށް ނޭނގުމުގެ ސަބަބުން، މި ޒަމާނުގެ ގިނަ ކުދިން ލިޔުމުގައި ވެސް މިފަދަ މައްސަލަތައް ފެންމަތި ވަމުންދެއެވެ. ވީމާ މިފަދަ ދަނޑިވަޅެއްގައި އަޑު އަދާ ކުރާ މަޚްރަޖު އެނގިފައި އޮތުމަކީ މިފަދަ މައްސަލަތަކަށް ލިބިގެންދާނެ ޙައްލެއްކަމަށް ޤަބޫލު ކުރެވެއެވެ. މި ދިރާސާ ކުރިއަށް ގެންދެވިފައި ވަނީ ކުއަންޓެޓޭޓިވް ޑިޒައިން ބޭނުންކޮށްގެން، އޮބްޒަރވޭޝަން މެތަޑްގެ އަލީގައެވެ. ދިރާސާގައި ޑާޓާ އެއްކުރުމަށް އެހީއެއްގެ ގޮތުން ބޭނުންކޮށްފައި ވާނީ ދިވެހި ބަސްފޮތެވެ. އަދި ޑާޓާތައް އެއްކުރުމަށް ދިރާސާވެރިޔާއަށް ލިބިފައިވާ މަޢުލޫމާތުގެ ބޭނުން ހިފީމެވެ. މި ދިރާސާއަށް ސާންޕަލް ހޮވީ ނޮން ޕްރޮބަބިލިޓީގެ ކޮންވީނިއަންސްގެ ސާންޕަލިން ބޭނުންކޮށްގެންނެވެ. މިގޮތުން ދިރާސާގައި ބޭނުންކޮށްފައި ވާނީ ރަސްމީ ބަހުން ވާހަކަ ދައްކާ ހަ އަންހެނުންނާއި އައްޑޫ ބަހުރުވައިން ވާހަކަދައްކާ ހަ އަންހެނުންނެވެ. އައްޑު އަތޮޅުން މީހުން ނެގީ ހިތަދޫއިންނެވެ. އަދި މި ދިރާސާގައި ބައިވެރިކޮށްފައި ވާނީ ޢުމުރުން 45 އަހަރުގެ މީހުންނެވެ. މި ދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ ރަސްމީ ބަހުގައި ޑިފްތޯންގއަށްވާ ބައެއް އަޑުތައް އައްޑޫ ބަހުރުވައަށް ބަދަލުވެގެން ދާއިރު ބައެއް ފަހަރަށް ޑިފްތޯންގއަށްވާ އިރު އަނެއްބައި ފަހަރު މޮނޮފްތޯންގއަށް ވާކަމެވެ. މިހެންވަނީ އަޑުގެ ފޯމަންޓްތައް ދަތުރުކުރާ މިޞްރާބުގެ ސަބަބުނެވެ. މީގެއިތުރުން މި ދިރާސާގައި ބޭނުންކުރެވުނު ގިނަ އަޑުތަކުގެ ފްރެކުއެންސީ އައްޑޫ ބަހުރުވައަށް ވުރެ ރަސްމީ ބަހުގައި، މައްޗެވެ. މިހެންވުމުގެ ސަބަބުން އެއްގޮތަކަށް އަޑުގެ ފޯމަންޓް ދަތުރުކުރި ނަމަވެސް ރަސްމީ ބަހާއި އައްޑޫ ބަހުރުވައިގައި އަޑު އަދާކުރާ ޕޮޒިޝަނަށް ކުދިކުދި ބަދަލު އައިސްފައިވާކަން ފާހަގަކުރެވުނެވެ. އަދި ހަމައެހެންމެ ރަސްމީ ބަހުގައި ހިމެނޭ ބައެއް ކްލޯޒިން ޑިފްތޯންގ އައްޑޫ ބަހުރުވައަށް ބަދަލުވާއިރު ވަނީ އޯޕަނިންގ ޑިފްތޯންގަށް ވެފައެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleރަސްމީ ބަހުގައި ހުރި ޑިފްތޯންގ އަޑުތައް އައްޑޫ ބަހުރުވައަށް ބަދަލުވެގެން ދާއިރު ހުންނަ އެކޫސްޓިކް ތަފާތުތަކަކީ ކޮބާހެއްޔެވެ؟en_US
dc.title.alternativeRasmee bahugai huri dipthoan aduthah Addu bahuruvayah badhaluvegen dhaairu hunna akoostic thafaathuthakakee kobaa heyyeve?en_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
khadeeja Habeeb.pdf3.48 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.