Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/10235
Full metadata record
DC FieldValueLanguage
dc.contributor.authorޢަބުދުއްރަޙްމާން ޢުމަރު-
dc.contributor.authorUmar, Abdul Rahman-
dc.date.accessioned2021-05-19T09:15:41Z-
dc.date.available2021-05-19T09:15:41Z-
dc.date.issued2017-05-14-
dc.identifier.citationޢަބުދުއްރަޙްމާން ޢުމަރު. (2017). ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތްދުވަސްވަރު ސިޔާސީ އަދި އެހެނިހެން ގޮތް ގޮތުން އެބައިމީހުންގެ ނުފޫޒު ފޯރާފައިފާ ގޮތްތައް : ތާރީޚީ ދިރާސާ (ފެކްލަޓީ އޮފް އާރޓްސް, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ saruna.mnu.edu.mven_US
dc.identifier.citationUmar, A. R. (2017). Dhivehi raajje in'gireyseen ge himaayathugai oiy dhuvasvaru siyaasee adhi ehenihen goiy gothun ebai meehunge nufoozu foaruvafai va goiy thah : thaareekhee dhiraasaa (Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mven_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/10235-
dc.description.abstractމި ދިރާސާގެ މައިގަ ނޑު މަޤްޞަދަކީ، އަޅުގަ ނޑުމެންގެ މިލޮބުވެތި ޤައުމު އިނގިރޭސީންގެ އަތްދަށުގައި 78 އަހަރު ވޭތުކޮށްފައިވާއިރު، އެދުވަސްތަކުގައި އިނގިރޭސީންގެ ނުފޫޒާއި ބާރު ސިޔާސީގޮތުންނާ އެހެނިހެންވެސް ގޮތްގޮތުން ދިވެހިންގެ މައްޗަށް ފޯރުވާފައިވާ ގޮތްތަކަކީ ކޮބާތޯ ބެލުމެވެ. މިދިރާސާ ކުރެވިފައިވާނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގެ ކުރިންނާއި އޭގެފަހުން އެކަމާ ގުޅިގެން އެކިއެކި ލިޔުއްވުންތެރިންނާއި އޮންލައިން ނޫސްތަކާއި މަޖައްލާތަކާއި އެކިއެކި ވެބްސައިޓް ތަކުގައި ލިޔުއްވާފައިވާ ލިޔުންތަކަށް ބަލާ އޭގެ މައްޗަށެވެ. ހަމައެއާއެކު މިދިރާސާގައި ބޭނުން ކުރެވިފައިވާނީ ތާރީޚާ ގުޅޭ ލިޔުންތަކެއް ކަމަށްވަތީ، މިދިރާސާ ކުރެވިފައިމިވަނީ ކުއަލިޓޭޓިވް ދިރާސާއެއްގެ ގޮތުގައެވެ. އެހެންކަމުން މި ދިރާސާގައި ބޭނުން ކުރެވިފައި މިވަނީ ކުއަލިޓޭޓިވް މެތަޑެވެ. މިގޮތަށް ތާރީޚީ ކަމެއް ދިރާސާ ކުރެވޭނަމަ އެވާނީ ހިސްޓޯރިކަލް ރިސާޗަކަށް ކަމުގައި ޑަބުލިޔު ލޯރެންސް. )2003 )ހާމަކުރައްވާފައި ވެއެވެ. އަދި މިދިރާސާ ކުރުމަށް މުޅިންވެސް ބޭނުން ކުރެވިފައިވަނީ ލިޔެފައިވާ ލިޔުންތަކެއް ކަމަށްވާތީ، މިގޮތަށް މަޢުލޫމާތު ހޯދުމަކީ ޑޮކިޔުމެންޓް އެނަލިސިސްއެވެ. ދިރާސާއަށް ބޭނުންވާ ސާމްޕަލްސް ނަގައިފައި ވާނީވެސް އިނގިރޭސީންގެ ދުވަސްވަރާ ގުޅޭގޮތުން ތާރީޚް ދިރާސާކޮށް ލިޔެފައިވާ ލިޔުންތަކެވެ. އަދި މިދިރާސާ ކުރިއަށް ގެންދިއުމުގައި ބޭނުން ކުރެވިފައިވާނީ މިކަމާގުޅޭގޮތުން ލިޔެފައިވާ ގިނަލިޔުންތަކެއްގެ ތެރެއިން ހޮވާލެވުނު ލިޔުންތަކެއް ބޭނުން ކޮށްގެނެވެ. ހޮވާލެވުނު ލިޔުންތަކުން ލިބުނު މަޢުލޫމާތުތައް ބައިބަޔަށް ބަހާލާ ކޮންމެބަޔަކަށް ވަކިން ހޯދުންތައް ހޯދާ ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވާނެއެވެ. މިދިރާސާއިން ފާހަގަ ކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި އިނގިރޭސީން ގެ ނުފޫޒު ސިޔާސީގޮތުން ފޯރުވުމުގެ ބޭނުމުގައި އެދުވަސްވަރު ދިވެހިރާއްޖޭގެ ވެރިކަމާގުޅުންހުރި ފަރާތްތަކުގެ ޢާއިލީ ހަމަނުޖެހުމުގެ ތެރެއަށްވަދެ އެހަމަނުޖެހުމުގެ ނާޖާއިޒް ފައިދާ ނަގާފައިވާކަން ހާމަވެއެވެ. މީގެ އިތުރުން އެދުވަސްވަރު ދުނިޔޭގެ އެހެން ބައެއް ޤައުމުތައް އިނގިރޭސީންގެ ބާރުގެ ދަށަށް ގެންދިއުމުގައި އެބައިމީހުން ބޭނުންކުރި އުކުޅުތަކާއި ގޮތްތައް ދިވެހިރާއްޖެ އެބައިމީހުންގެ ހިމާޔަތުގެ ދަށަށް ނުވަތަ ބާރުގެ ދަށަށް ގެންދިމުގައިވެސް ބޭނުން ކޮށްފައިވާކަން ހާމަވެއެވެ. އެގޮތުން ދިވެހިރައްޖޭގައި އެދުވަސްވަރު ހިނގާދިޔަ ބޮޑުހުޅަކީވެސް އިނގިރޭސީންގެ ބާރުގެ ދަށުގައިވާ ރައްތަކަށް ނިސްބަތްވާ ވޯރާ ވިޔަފާރި ވެރިން ބޭނުން ކޮށްގެން އަތިރީގޭ ޢާއިލާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވިފައިވާ ހަރަކާތެއްކަން ފާހަގަވެފައި ވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސީނގެ ނުފޫޒު ވަރަށްބޮޑަށް ފޯރުވާފައިވާކަން Xދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތްދުވަސްވަރު ސިޔާސީ ގޮތުން އެބައިމީހުންގެ ނުފޫޒު ފޯރުވި... އެގެއެވެ. ދިވެހިރާއްޖެ އަޅުވެތި ކުރުމަށް އިނގިރޭސީން ތަފާތު ބަހަނާތައް ދައްކަމުންގޮސްފައިވާކަން އެގެއެވެ. އެގޮތުން ފުތަރަމަ ފަހަރަށް ހިމާޔަތުގެ އެގްރީމަންޓްގައި ސޮއި ކުރުމަށް އަތިރީގޭ ޢާއިލާއާއި ގުޅިގެން އިނގިރޭސީންގެ މަނަވަރުތައް މާލެ ދިވެހިން ވަރަށްސާފުކޮށް ނޫނެކޭ ބުނެފައިވާކަން ހާމަވިއެވެ. އަދި ދެވަނަ ފަހަރަށް އިނގިރޭސި މަނަވަރުތަ އް ރާއްޖެ އައިސްފައިވަނީ ހަތިޔާރުގެ ބޭނުން ހިފައިގެން ނަމަވެސް، ދިވެހިރާއްޖެ އިނގިރޭސީންގެ ބާރުގެ ދަށަށް ގެންދިއުމަށްކަން އެނގެއެވެ. އަދި އެންމެފަހުން ހިމާޔަތުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވަނީ އެހެން ގޮތެއްނެތުމުން ރައްޔިތުންނާއި ވަޒީރުންނާއި ބޮޑުންނާއި ޖުމުލަކޮށް ސަރުކާރާއި ޚުދު ރަސްގެފާނަށްވެސް މަޖުބޫރުވެގެންކަން ވަރަށްބޮޑަށް އެނގިގެން ދިޔައެވެ.en_US
dc.language.isodhen_US
dc.publisherދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherDhivehi raajjey ge qaumee Universityen_US
dc.titleދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތްދުވަސްވަރު ސިޔާސީ އަދި އެހެނިހެން ގޮތް ގޮތުން އެބައިމީހުންގެ ނުފޫޒު ފޯރާފައިފާ ގޮތްތައް : ތާރީޚީ ދިރާސާen_US
dc.title.alternativeDhivehi raajje in'gireyseen ge himaayathugai oiy dhuvasvaru siyaasee adhi ehenihen goiy gothun ebai meehunge nufoozu foaruvafai va goiy thah : thaareekhee dhiraasaaen_US
dc.typeOtheren_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Abdul Rahman Umar 31300 ( Final Dissertation) DHI 307.pdf607.97 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.