Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/1028
Title: | އިޤްތިޞާދު ފުޅާކުރެއްވުމުގައި ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސްގެ ދައުރަކީ ކޮބައިހެއްޔެވެ؟ |
Other Titles: | Iqthis'aadhu fulhaakurevvumugai dhevana jumhooriyyaage furathama raees ge dhaurakee kobaa? |
Authors: | އަޒްހަރިއްޔާ އިބްރާހީމް Ibrahim, Azhariyya |
Issue Date: | 1-May-2016 |
Publisher: | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ Faculty of Arts, Maldives National University |
Citation: | އަޒްހަރިއްޔާ އިބްރާހީމް. (2016). އިޤްތިޞާދު ފުޅާކުރެއްވުމުގައި ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސްގެ ދައުރަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. Ibrahim, A. (2016). Iqthis'aadhu fulhaakurevvumugai dhevana jumhooriyyaage furathama raees ge dhaurakee kobaa?. Male, Maldives National University. |
Abstract: | މި ދިރާސާއަކީ އިޤްތިޞާދު ފުޅާކުރެއްވުމުގައި ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސްގެ ދައުރެއް ވޭތޯއާއި، ވާނަމަ އެ ދައުރަކީ ކޮބައިތޯއާއި، އެ ދައުރުގެ ސަބަބުން ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ކުރިއެރުމަކީ ކޮބައިތޯ ބެލުމަށް ކުރާދިރާސާއެކެވެ. މި ދާއިރާއިން މީގެ ކުރިން މިފަދަ ދިރާސާއެއް ކުރެވިފައިނެތުމުން، ޤައުމެއްގެ ކުރިއެރުމަށް އިޤްތިޞާދެއް މުހިންމުވާ ސަބަބުތަކުގެ މައްޗަށްށާއި، އިޤްތިޞާދުގެ ސަބަބުން އެޤައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބަދަލްތަކުގެ މައްޗަށް ބަލައި، ލިބޭ މަޢުލޫމާތުތައް އެނަލައިޒްކޮށް ހާމަކޮށްދެވޭނެއެވެ. މިއީ ކޮލިޓޭޓިވް ދިރާސާއެކެވެ.
މިގޮތުން މި ދިރާސާގައި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ބައެއް ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިތޯ ބަލައި، ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސްގެ ދައުރުގައި އެފަދަ ޤައުމުތަކުގެ މަސައްކަތްތަކުގެ މައްޗަށް ބަލައި، އެއާއި އެއްގޮތަށް ރާއްޖޭގައި އަޅުއްވާފައިވާ އިޤްތިޞާދީ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެފަދަ މަޢުލޫމާތާއި، އެދުވަސްވަރު ރާއްޖޭގެ ކަންކަން ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ފަރާތުން ލިބޭ މަޢުލޫމާތުތައް މި ދިރާސާގައި ހާމަކުރެވޭނެއެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/1028 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.