Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1030
Full metadata record
DC FieldValueLanguage
dc.contributor.authorAzleena, Aishath-
dc.contributor.authorޢާއިޝަތު އަޒްލީނާ-
dc.date.accessioned2018-03-20T14:14:37Z-
dc.date.available2018-03-20T14:14:37Z-
dc.date.issued2011-11-01-
dc.identifier.citationAzleena, A. (2011). Dhivehibahuge ekashaalaafaivaa qava'idhugai zamaanuge baithakuge thereygai namavun othumun dhimaavaa fushuerunthakaai efushuerunthakuge sababun araa olhunthah. Male', Maldives College of Higher Education.en_US
dc.identifier.citationޢާއިޝަތު އަޒްލީނާ. (2011). ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައި ޒަމާނުގެ ބައިތަކުގެ ތެރޭގައި ނަމަވުން އޮތުމުން ދިމާވާ ފުށުއެރުން ތަކާއި އެފުށުއެރުން ތަކުގެ ސަބަބުން އަރާ އޮޅުންތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1030-
dc.description.abstractމިއީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައި ޒަމާނުގެ ބައިތަކުގެ ތެރޭގައި ނަމަވުން އޮތުމުން ދިމާވާ ފުށުއެރުންތަކާއި އެފުށުއެރުންތަކުގެ ސަބަބުން އަރާ އޮޅުންތައް ބެލުމަށް ކުރި ދިރާސާއެކެވެ. މިދިރާސާ އަމާޒު ކުރެވިފައިވަނީ ދަރިވަރުންނާއި މުދައްރިސުންނަށް ޒަމާނުގެ ބައިތައް އެނގޭ މިންވަރު ބެލުމަށާއި ޒަމާންތައް ދޭހަވުމުގައި އަރާ އޮޅުންތަކާއި ނަމަވުމާއި އެހެން ޒަމާންތަކާ ދެމެދު ހުރި ފުށު އެރުންތައް ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ މިކްސް މެތަޑްގެ އުސޫލުންނެވެ. ދިރާސާގެ ސާމްޕަލްގެ ގޮތުގައި ނެގީ 2011 ވަނަ އަހަރު މާލޭގެ 4 ޘާނަވީ މަދަރުސާއެއްގެ ގްރޭޑް 8، 9 ގައި ކިޔަވަމުންދިޔަ 140 ދަރިވަރަކާއި ހަމަ އެ މަދަރުސާތަކުގައި ދިވެހިބަސް ކިޔަވާދެއްވާ 20 މުދައްރިސަކާއި ދިވެހިބަސް ރަނގަޅަށް ދެނެވަޑައިގެން ތިއްބެވި 5 ޢިލްމުވެރިއެކެވެ. މިބައިވެރިންގެ މެދުގައި ސާރވޭއާއި އިންޓަވިއުކޮށް މަޢުލޫމާތު އެއްކުރެވުނެވެ. މިދިރާސާއިން ހޯދުނު މުހިއްމު އެއްކަމަކީ ދިވެހި ބަހުގެ ޒަމާނެއްްކަމުގައި ހިމަނާފައިވާ ނަމަވުމުގެ ޒަމާން ދޭހަކުރުމުގައި ދަރިވަރުންނާއި މުދައްރިސުންނަށްވެސް އޮޅުން އަރާކަމާއި ނަމަވުމުގެ ޒަމާނުން ޒަމާންބެހޭ އެހެންބައިތައް ދޭހަވާ ކަމެވެ. މިއީ ނަމަވުމާއި އެހެން ޒަމާންތަކާ ދެމެދުގައި ހުރި ފުށުއެރުމެއް ކަމަށް ހޯދުންތަކުން ފެނުނެވެ. ހަމައެހެންމެ ޒަމާނުގެ ބައިތައް ދޭހަވުމުގައިވެސް މުދައްރިސުންނާއި ދަރިވަރުންނަށް އޮޅުންއަރާކަން މިދިރާސާއިން ފާހަގަ ވިއެވެ. މީގެއިތުރުން އެނގުނު ކަމަކީ ބައިވެރިންނަށް ނަމަވުމުގައި ބޭނުންކުރާ އަކުރުތަކާއި ނަމަވުމުގެ ޙާލަތްތައްވެސް ރަނގަޅަށް އޮޅުން ނުފިލާ ކަމެވެ. ނަމަވުމުގެ ޒަމާނާއި އެހެން ޒަމާންތައްވެސް ދޭހަވުމުގައި އޮޅުންއަރާކަމެވެ. އަދި ބަސް ކިޔަވައިދޭ މުދައްރިސުންނަށްވެސްމިފަދައިން އޮޅުން އަރާތީ އުގަންނައިދިނުމުގައި އުނި ކަންތައްތަކެއް ހުރުމުން ދަރިވަރުންނަށް ބަހުގެ ޤަވާޢިދުގެ މުހިއްމު ބައެއް ނޭގި ކިޔެވުމުގެ މުހިއްމު އެއް މަރުޙަލާ ނިންމާލަން ޖެހޭ ކަންވެސް ފާހަގަވިއެވެ. އަދި ނަމަވުމުގެ ޖުމްލަތަކުގައި ދެބައެއް އެކުލެވިފައި މިދެބައި ނިމުނުކަމާއި ވާނޭކަމުގެ ޒަމާނަށް ފެތިގެން ދާކަންވެސް ދިރާސާއިން ހާމަވިއެވެ. ނަމަވުމުން ވަކިޒަމާނެއް ދޭހަނުވާތީ މިއީ ޒަމާނުގެ ބައިތަކުގެ ތެރޭގައި އޮންނަންޖެހޭ ބައެއް ނޫންކަމަށް އިންޓަވިއު ކުރި ބައެއް ފަރާތްތަކުންވެސް ހާމަކޮށްފައިވެއެވެ. ވުމާއިއެކު ނަމަވުމުގެ ޒަމާނާއި އެހެން ޒަމާންތަކާއި ދެމެދު ފުށުއެރުން ހުރިކަން މިދިރާސާއިން ހާމަވެ އެނގިގެން ދިޔައެވެ.en_US
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން-
dc.subjectދިވެހިބަހުގެ ޤަވާޢިދen_US
dc.subjectޒަމާނުގެ ބައިތައްen_US
dc.subjectާ ނަމަވުމުގެ ޒަމާންen_US
dc.subjectނަމަވުމުގެ ޒަމާނުން ޒަމާންބެހޭ އެހެންބައިތައްen_US
dc.subjectމުދައްރިސުންނަށްވެސް އޮޅުން އަރާen_US
dc.subjectނަމަވުމުން ވަކިޒަމާނެއް ދޭހަނުވުންen_US
dc.subjectދަރިވަރުންނަށް އޮޅުން އެރުންen_US
dc.subjectި ނިމުނުކަމާއި ވާނޭކަމުގެ ޒަމާނަށް ފެތިގެން ދާކަންen_US
dc.titleދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައި ޒަމާނުގެ ބައިތަކުގެ ތެރޭގައި ނަމަވުން އޮތުމުން ދިމާވާ ފުށުއެރުން ތަކާއި އެފުށުއެރުން ތަކުގެ ސަބަބުން އަރާ އޮޅުންތައް.en_US
dc.title.alternativeDhivehibahuge ekashaalaafaivaa qava'idhugai zamaanuge baithakuge thereygai namavun othumun dhimaavaa fushuerunthakaai efushuerunthakuge sababun araa olhunthah.en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Azleena.pdf795.19 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.