Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1032
Full metadata record
DC FieldValueLanguage
dc.contributor.authorMohamed, Abdul Rahman-
dc.contributor.authorއަބްދުއްރަހްމާން މުހައްމަދު-
dc.date.accessioned2018-03-20T15:01:06Z-
dc.date.available2018-03-20T15:01:06Z-
dc.date.issued2012-11-01-
dc.identifier.citationMohamed, A. R. (2012). Hilaalee dharikolhaai Utheemu dharikolhuge raskamuge dhuvasvaru dhivehi raajjeah enme bodah gehlun libunu adhi gehlundhin dharikolhakee kobaai hehyeve?. Male', Maldives National University.en_US
dc.identifier.citationއަބްދުއްރަހްމާން މުހައްމަދު . (2012). ހިލާލީ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ގެއްލުން ލިބުނު އަދި ގެއްލުންދިން ދަރިކޮޅަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1032-
dc.description.abstractމި ދިރާސާއަކީ ހިލާލީ ދަރިކޮޅާއި އުތީމުދަރިކޮޅުގެ ތެރެއިން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ގެއްލުން ލުބުނު އަދި ގެއްލުންދިން ދަރިކޮޅަކީ ކޮބައިކަން ހޯދުމުގެ ގޮތުން ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ކޭސް ސްޓަޑީއަކަށް ވީއިރު، މި ދިރާސާ ހަދާފައިވާނީ، ހިލާލީ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް ލިބިފައިވާ އަދި ދީފައިވާ ގެއްލުންތައް ހޯދުމަށްފަހުގައެވެ. ހަމައެހެންމެ މި ދިރާސާ ހަދާފައިވާނީ ކޮލިޓޭޓިވް ޕެރެޑައިމްގެ ދަށުން ޓެކްސްޗުއަލް އެނަލިސިސް މެތަޑް ބޭނުން ކޮށްގެންނެވެ. މި ދިރާސާއިން ހާމަވާގޮތުގައި ހިލާލީ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުން ލިބިފައި އަދި ދީފައިވެއެވެ. މި ދެ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައި އެއްކަހަލަ ގެއްލުންތަކާއި ތަފާތު ގެއްލުންތައް ރާއްޖެއަށް ލިބިފައި އަދި ދީފައިވެއެވެ. މި ގެއްލުންތަކުގެ ތެރެއިންވެސް، އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަށްވުރެ ގިނަ އަދި ބޮޑެތި ގެއްލުންތަކެއް ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް ލިބިފައި އަދި ދީފައިވެއެވެ. މިގޮތުން ދިވެހިންގެ ދީނަށް އުތީމު ދަރިކޮޅުގައި ގިނަ ގެއްލުންތައް ލިބި އަދި ދީފައިވީނަމަވެސް، ދިވެހީންގެ އަމަންއަމާންކަން ގެއްލި ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމަށްވެސް ދަޔައީ ހިލާލީ ދަރިކޮޅުގެ ރަސްކަމުގައެވެ. ދިވެހީންގެ އިޖްތިމާޢީ ގުޅުމަށް ލޮޅުން އަރާފަދަ ގިނަ ކަންތައްތައްވެސް ހިނގާފައިވަނީ ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ހަމައެހެންމެ ދިވެހި ދަޢުލަތުގެ މުދަލަށާއި ދިވެހީންގެ ވިޔާފާރިޔާއި އިޤްތިޞާދަށްވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައި އަދި ދީފައިވަނީ ހިލާލީ ދަރިކޮޅުގެ ރަސްކަމުުގައެވެ. މީގެއިތުރުން ދިވެހިރާއްޖެއަށް ގިނަ ހަނގުރާމަތަކެއް ކުރިމަތިވެ، މި ހަނގުރާމަތަކުގައި ރާއްޖޭގެ ރަށްތައްފޭރި، ގިނަ ޤަތުލު ކުރުންތައްވެސް ހިނގާފައިވަނީ އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަށްވުރެ، ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައެވެ.en_US
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ-
dc.subjectހިލާލީ ދަރިކޮޅުen_US
dc.subjectއުތީމުދަރިކޮޅުen_US
dc.subjectރަސްކަމުގެ ދުވަސްވަރުen_US
dc.subjectދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުން ލިބުންen_US
dc.subjectޕޯޗުގީޒުންގެ އަޅުވެތިކަންen_US
dc.subjectއިޖްތިމާޢީ ގުޅުމަށް ލޮޅުން އެރުންen_US
dc.subjectދިވެހީންގެ ވިޔާފާރިޔާއި އިޤްތިޞާދުen_US
dc.subjectދިވެހި ދަޢުލަތުގެ މުދަލަށްen_US
dc.subjectދިވެހިރާއްޖެއަށް ގިނަ ހަނގުރާމަތަކެއް ކުރިމަތިވުންen_US
dc.subjectޤަތުލު ކުރުންen_US
dc.titleހިލާލީ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ގެއްލުން ލިބުނު އަދި ގެއްލުންދިން ދަރިކޮޅަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeHilaalee dharikolhaai Utheemu dharikolhuge raskamuge dhuvasvaru dhivehi raajjeah enme bodah gehlun libunu adhi gehlundhin dharikolhakee kobaai hehyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
A RAHMAN MOHAMED.pdf521.51 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.