Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1034
Title: ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ކާބަފައިން މަސްވެރިކަން ކުރިގޮތް މުހިންމު ހެއްޔެވެ؟
Other Titles: Dhemehehtenivi masverikameh kurumah kaabafain masverikan kurigoiy muhinmu hehyeve?
Authors: ޢަލީ ނިފާޢު
Nifaau, Ali
Keywords: ދެމެހެއްޓެނިވި މަސްވެރިކަން
ކާބަަފައިން މަސްވެރިކަން ކުރިގޮތް
ރާއްޖޭގެ މަސްވެރިކަން
ކާބަފައިން މަސްވެރިކަން ކޮށްއުޅުނު އުސޫލު
ބަދަލުކުރުން
މަސްވެރިކަމުގެ ނަފާ
މަސްވެރިކަމުގެ މަންފާ
Issue Date: 1-Nov-2014
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Nifaau, A. (2014). Dhemehehtenivi masverikameh kurumah kaabafain masverikan kurigoiy muhinmu hehyeve?. Male', Maldives National University.
އަލީ ނިފާޢު. (2014). ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ކާބަފައިން މަސްވެރިކަން ކުރިގޮތް މުހިންމު ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ އެކި އެކި ފަރާތްތަކުން ކޮށްފައިވާ މި މަޢުލޫއާ ގުޅުންހުރި ދިރާސާތަކާއި މަޢުލޫމާތު ލިބެންހުރި ސޯސްތަކުންނާއި އިންޓަވިއުގެ އިތުރުން ސާވޭ ފޯމުގެ އެހީގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ކާބަަފައިން މަސްވެރިކަން ކުރިގޮތް މުހިންމުތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. އެގޮތުން މިދިރާސާގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ ރާއްޖޭގައި ކުރަން އެންމެ ރަނގަޅީ ކޮންވައްތަރެއްގެ މަސްވެރިކަމެއްތޯ ޔަޤީންކުރުމެވެ. މި ދިރާސާ ކުރިޔަށް ގެންގޮސްފައިވާނީ ކޮންޓިޓޭޓިވް ޕެރަޑައިންގެ ޑިޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން މި ދިރާސާ ފުރިހަމަ ކުރުމަށްޓަކައި މައިގަނޑު ހަ ބާބަށް ބަހާލައިފައި ވާނެއެވެ. އަދި ދިރާސާ ކުރުމަށްޓަކައި 50 ފަރާތަކާ ސުވާލުކޮށް ސާރވޭ ފޯރމު ފުރާފައިވާނެއެވެ. އެއީ 30 މަސްވެރިންނާއި 10 ކެޔޮޅުންގެ އިތުރުން 10 އޮޑިވެރިންނެވެ. މީގެ އިތުރުން ޕޮލިސީ ލެވެލްގެ ދެ ބޭފުޅަކާ އިންޓަރވިއުކޮށް އެބޭފުޅުންގެ ރަޢުޔު ހޯދިފައިވާނެއެވެ. އަދި އޭގެ އިތުރުން ތަޖުރިބާކާރު ކެޔޮޅެއްގެ ބަސްވެސް ހިމަނާފައިވާނެއެވެ. މި ކުރެވުނު ދިރާސާގެ އަލީގައި ހޯދިފައިވާ މައިގަނޑު ހޯދުންތަކަކީ ރާއްޖޭގެ މަސްވެރިކަން ދަނީ ކުރިޔަށް ކަމަށާއި ކާބަފައިން ރާއްޖޭގައި މަސްވެރިކަން ކުރީ ރަނގަޅަށް ކަމަށާއި، ދެމެހެއްޓެނިވި މަސްވެރިކަމަކަށް ކާބަފައިން މަސްވެރިކަން ކޮށް އުޅުނު އުސޫލު މުހިންމުކަމަށާއި، ކާބަފައިން މަސްވެރިކަން ކޮށްއުޅުނު އުސޫލު ބަދަލު ކޮށްފިނަމަ މަސްވެރިކަން ދައްވާނެކަމަށެވެ. އަދި ކާބަފައިން މަސްވެރިކަން ކޮށްއުޅުނު އުސޫލު ފިޔަވައި އެހެން އުސޫލެއް ރާއްޖޭގައި ތަޢާރަފް ކުރަންނުޖެހޭކަމާއި، ރާއްޖޭގައި ކުރަން އެންމެ ރަނގަޅީ ދޮށީމަސްވެރިކަން ކަންވެސް މި ދިރާސާއިން އެނގިގެން ދިޔައެވެ. މި ހޯދުންތައް ހާމަވެގެން ގޮސްފައިވަނީ ސާރވޭގެ ނަތީޖާއާއި ކުރެވުނު އިންޓަވިއުތަކާއި ފޮތްފޮތުންނާއި ވެބްސައިޓްތަކުން ލިބުނު ޢިލްމީ މަޢުލޫމާތު ތަކުގެ މައްޗަށް ބުރަވެއެވެ. މި ދިރާސާ ހެދުމުގައި ދިރާސާ ހެދި ފަރާތުގެ އެއްވެސް އަމިއްލަ އެޖެންޑާއެއް ހިމަނާފައެއް ނުވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1034
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
ALI NIFAAU.pdf1.29 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.