DC Field | Value | Language |
dc.contributor.author | ޙަސަން ޒަރީރު އިބްރާހީމް | - |
dc.contributor.author | Ibrahim, Hassan Zareer | - |
dc.date.accessioned | 2018-03-21T03:58:21Z | - |
dc.date.available | 2018-03-21T03:58:21Z | - |
dc.date.issued | 2015-11-01 | - |
dc.identifier.citation | Ibrahim, H. Z. (2015). dd. Male', Maldives National University. | en_US |
dc.identifier.citation | ޙަސަން ޒަރީރު އިބްރާހީމް. (2015). ދިވެހިދަރިވަރުންނަށް އިނގިރޭސިބަހުން 'އިޖުތިމާޢީ ޢިލްމު ކިޔަވައިދިނުމުން ދިވެހިވެއްޓަށް ބީރައްޓެހިވޭހެއްޔެވެ؟ ނުވަތަ މާދަރީބަހުން ކިޔަވައިދިނުމުން ދިވެހިވެއްޓާއި ރައްޓެހިވާނެހެއްޔެވެ؟ އަދި ދިވެހިވެށި ޙިއްޞާކުރާ ތަކެތީގެ ނަންތަކާއި، އެތަކެތީގެ ބޭނުން އޮޅުންފިލާ ހެއްޔެވެ. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | - |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/1042 | - |
dc.description.abstract | މިދިރާސާއަކީ، ދިވެހިތިމާވެށި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެމުން ދާއިރުވެސް ދިވެހި ކިޔަވާކުދިން ދިވެހިވެއްޓާއި ބީރައްޓެހިވަމުން ދާކަމުގައި ފާހަަގަކުރެވޭތީ މިހާރު މިކަމުގެޙާލަތު ހުރިގޮތްބެލުމަށް ކުރި ދިރާސާއެކެވެ. ހުޅުމާލޭގެ ދެސްކޫލެއްގެ ދަރިވަރުންނާއި، އެދަރިވަރުންގެ ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައި ފަރާތްތަކާއި، އަދި މިހާރުވެސް މަސައްކަތްކުރައްވާ ބައެއްބޭބޭފުޅުން މިކަމާއިމެދު ދެކޭގޮތް ހޯދާފައިވާނެއެވެ. މި ދިރާސާގެ ސުވާލަކީ [ ދިވެހި ދަރިވަރުންނަށް އިނގިރޭސިބަހުން 'އިޖުތިމާޢީ ޢިލްމު ކިޔަވައިދިނުމުން ދިވެހިވެއްޓަށް ބީރައްޓެހިވޭހެއްޔެވެ؟ ނުވަތަ ދިވެހިވެށި ޙިއްޞާކުރާ ތަކެތީގެ ނަންތަކާއި، އެތަކެތީގެ ބޭނުން އޮޅުންފިލާ ހެއްޔެވެ؟]
ކޮއަލިޓޭޓިވް އަދި ކުއަންޓިޓޭޓިވް މެތަޑް ބޭނުންކޮށްގެން މިކްސްޑް އެޕްރޯޗެއްގައި ހެދި މި ދިރާސާގައި ލިޓްރޭޗަރ ރިވިއުކޮށް ލިބުނު މަޢުލޫމާތުގެ އިތުރުން މަތީގައި ހާމަކޮށްފައިވާ 4 ދާއިރާގައި ޝާމިލުވާ ފަރާތްތަކާއި އިންޓަވިއުކުރުމާއި، ސާވޭފޯމާއި އިމްތިޙާނު ކަރުދާސްފަދަ ވަސީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތު ހޯދާފައިވާނެެއެވެ. މިދިރާސާގެ މައިގަނޑު ސުވާލުގެ ޖަވާބުލިބުމަށް މަގުފަހިވާނޭގޮތަށް ސުވާލުތައް އުފައްދައި އެސުވާލުތައް އިންޓަވިއުކުރި ފަރާތްތަކާއި ކޮށްފައިވާނެއެވެ. ހަމައެގޮތަށް ސާވޭފޯމްތައް ބެލެނިވެރިންލައްވާ ފުރުވާފައިވާނެއެވެ. މުދައްރިސުންނާއި ކުރިސުވާލުތަކަށް ސުވާލުފޯމުގައި އެފަރާތްތަކުގެ ޖަވާބު ހޯދާފައިވާނެއެވެ. ދަރިވަރުންނަށް ތިންދާއިރާއެއް އެކުލެވޭ ސުވާލުތަކަށް ތިން އިމްތިހާން ކަރުދާސް ވަކީން އުފައްދައި ކުދިންލައްވާ އިމްތިހާން ހަދައި ނަތީޖާތައް ގެނެސްދީފައި ވާނެއެވެ.
ދިރާސާގެ ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ތިމާވެއްޓާއި އަދި އިޖުތިމާޢީ ޢިލްމު ކިޔަވައިދޭން އެންމެ އިސްކަމެއްދޭންވީ މާދަރީބަހުންކަމަށް %73.6 އިންސައްތަ ޤަބޫލުކުރެއެވެ. މިދިރާސާއިން ހާމަވިގޮތުގައި މިވެށީގައިވާތަކެތީގައި ނަންތަކާއި، ދިވެހި ޡަޤާފަތާއި، ދިވެހިބަހާއި އެކުދީން ރައްޓިހިކުރުމަށްޓަކައި ތިމާވެއްޓާއި، އިޖުތިމާޢީ ޢިލްމު މާދަރީބަހުން ކިޔަވައިދިނުމަކީ މުހިންމުކަމެއްކަން ހާމަވެގެން ދިޔައެވެ. | en_US |
dc.publisher | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | en_US |
dc.publisher | Faculty of Arts, Maldives National University | - |
dc.subject | އިޖުތިމާޢީ ޢިލްމް | en_US |
dc.title | ދިވެހިދަރިވަރުންނަށް އިނގިރޭސިބަހުން 'އިޖުތިމާޢީ ޢިލްމު ކިޔަވައިދިނުމުން ދިވެހިވެއްޓަށް ބީރައްޓެހިވޭހެއްޔެވެ؟ ނުވަތަ މާދަރީބަހުން ކިޔަވައިދިނުމުން ދިވެހިވެއްޓާއި ރައްޓެހިވާނެހެއްޔެވެ؟ އަދި ދިވެހިވެށި ޙިއްޞާކުރާ ތަކެތީގެ ނަންތަކާއި، އެތަކެތީގެ ބޭނުން އޮޅުންފިލާ ހެއްޔެވެ؟ | en_US |
dc.type | Thesis | en_US |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|