Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1044
Full metadata record
DC FieldValueLanguage
dc.contributor.authorމުޙައްމަދު އަޝްފާހު-
dc.contributor.authorAshfah, Mohamed-
dc.date.accessioned2018-03-21T07:26:14Z-
dc.date.available2018-03-21T07:26:14Z-
dc.date.issued2016-06-01-
dc.identifier.citationމުޙައްމަދު އަޝްފާހު. (2016). "1932 ގައި އުފެދުނު ޤާނޫނު އަސާސީއާއި 2008 ގައި އުފެދުނު ޤާނޫނު އަސާސީގެ ތެރެއިން އިންސާނީ ޙައްޤުތައް އެންމެ ބޮޑަށް ގެނެސްދީފައިވަނީ ކޮންޤާނޫނު އަސާސީއަކުން؟" މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAshfah, M. (2016). 1932 gai ufedhunu qaanoonu asaasee aai 2008 gai ufedhunu qaanoonu asaaseege therein insaanee h’aqquthah enme bodah genesdheefaivanee kon qaanoonu asaaseeakun?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1044-
dc.description.abstractމި ދިރާސާއަކީ 1932 ވަނަ އަހަރު އުފެދިފައިވާ ޤާނޫނު އަސާސީއާއި 2008 ވަނަ އަހަރު އުފެދިފައިވާ ޤާނޫނު އަސާސީގެ ތެރެއިން އިންސާނުންގެ ޙައްޤުތައް އެންމެބޮޑަށް ގެނެސްދީފައިވަނީ ކޮންޤާނޫނު އަސާސީއަކުންތޯ ބެލުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މިދިރާސާގެ ބޭނުމަކީ ސިޔާސީ ގޮތުންނާއި، ޢިލްމީގޮތުންނާއި، ތަފާތު ވިސްނުމުގެ ގޮތުން ވިސްނާފަރާތްތަކަށް މި ދެޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންސާނީ ޙައްޤުތަކަކީ ދިވެހި ރައްޔިތުންނަށް ފައިދާހުރި އަދި އެހާމެ ބޭނުންތެރި ޙައްޤުތަކެއްކަން އަންގައިދިނުމެވެ. ލިބިފައިވާ ވަގުތުގެ ކުޑަކަމުންނާއި، ދިރާސާގެ ކުރުކަމުން ރާއްޖޭގައި އުފެދިފައިވާ ހުރިހާ ޤާނޫނު އަސާސީއަކަށް މި ދިރާސާގައި ބަލައިލާފައެއް ނުވާނެއެވެ. އެހެންކަމުން މި ދިރާސާގެ ސުވާލު މިވަނީ ހަމައެކަނި 1932 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ޤާނޫނު އަސާސީއަށް އަމާޒުކުރެވިފައެވެ. އެގޮތުން މިދެޤާނޫނު އަސާސީގައިވާ އިންސާނީ ޙައްޤުތަކަށް މިދިރާސާގައި ބަލާލާފައިވާނެއެވެ. މި ދިރާސާކުރުމުގައި އިންސާނީ ޙައްޤުތައް މިންކޮށްފައިވާނީ ދުނިޔޭގެ ހުރިހާ ޤާނޫނު އަސާސީއެއްވެސް އެކުލަވާލުމުގައި ޢަމަލުކޮށްފައިވާ ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގައިވާ ޤާނޫނުތަކުންނެވެ. އަދި މީގެ އިތުރުން ދުނިޔޭގެ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާ ތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތަކަށްވެސް ޝާމިލްކޮށްފައިވާނެއެވެ. މިދިރާސާއަކީ ހަމައެކަނި މިދެޤާނޫނު އަސާސީގައިވާ އިންސާނީ ޙައްޤުތަކަށް ބަލާ ދިރާސާއަކަށްވާތީވެ، މިޙައްޤުތައް ޔުނިވާރސަލް ޑިކްލަރޭޝަންއިން ކިރާލުމަށްފަހު ނަތީޖާ ދެނެގަނެވެއެވެ. އެހެންކަމުން މި ރިސަރޗްގައި ބޭނުންކޮށްފައިވާނީ ކުއަލިޓޭޓިވް މެތަޑެކެވެ. ދިރާސާއިން ހާމަވި ގޮތުގައި ދެޤާނޫނު އަސާސީގައިވެސް ފުރިހަމައަށް އިންސާނީ ޙައްޤުތައް ގެނެސްދީފައިވެއެވެ. އެއިރަކަށް އަދި އެޒަމާނަކަށް ފައްތައިގެން ގެނެސްފައިވާ ޙައްޤުތަކަކީ ރައްޔިތުންނަށް ބޭނުންތެރި ޙައްޤުތަކެކެވެ. އެގޮތުން 1932 ގެ ޤާނޫނު އަސާސީއިން 19 ޙައްޤެއް ގެނެސްދީފައި ވާއިރު 2008 ގެ ޤާނޫނު އަސާސީއިން 53 ޙައްޤު ގެނެސްދީފައިވެއެވެ. 1932 ގެ ޤާނޫނު އަސާސީގައި ޙައްޤުތައް މަދުކަމުގައި ވީނަމަވެސް 2008 ގެ ޤާނޫނުން ލިބިދީފައިވާ ގިނަ ޙައްޤުތައް 1932 ގެ ޤާނޫނު އަސާސީގެ އެއްމެ މާއްދާއަކުންވެސް ލިބިދީފައިވެއެވެ. އަދި 2008 ގެ ޤާނޫނުން ނުލިބޭ ޙައްޤުތައް 1932 ގެ ޤާނޫން ލިބިދީފައިވެސްވެއެވެ. އެހެންކަމުން ދިރާސާގެ ހޯދުންތަކުން ދައްކަނީ 1932 ގެ ޤާނޫނު އަސާސީގައިވާ ޙައްޤުތައް މަދުކަމުގައި ވީނަމަވެސް އެޙައްޤުތަކަކީ ބޭނުންތެރި އެންމެ ޙައްޤަކުންވެސް އެތައް ޙައްޤުތަކެއް ލިބިގެންދާ މާއްދާތައް ހުރި ޤާނޫނު އަސާސީއެއް ކަމުގައެވެ. އަދި 2008 ގެ ޤާނޫނު އަސާސީއަކީ ވަރަށް ތަފްސީލުކޮށް ވަކިވަކި މާއްދާތަކެއްގެ ގޮތުގައި ގިނަ މާއްދާތަކެއް ގެނެސްދީފައިވާ ޤާނޫނު އަސާސީއެއްކަމުގައެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.title"1932 ގައި އުފެދުނު ޤާނޫނު އަސާސީއާއި 2008 ގައި އުފެދުނު ޤާނޫނު އަސާސީގެ ތެރެއިން އިންސާނީ ޙައްޤުތައް އެންމެ ބޮޑަށް ގެނެސްދީފައިވަނީ ކޮންޤާނޫނު އަސާސީއަކުން؟"en_US
dc.title.alternative1932 gai ufedhunu qaanoonu asaasee aai 2008 gai ufedhunu qaanoonu asaaseege therein insaanee h’aqquthah enme bodah genesdheefaivanee kon qaanoonu asaaseeakun?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Ashfah.pdf375.12 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.