Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1045
Full metadata record
DC FieldValueLanguage
dc.contributor.authorމުޙައްމަދު އައިމަން-
dc.contributor.authorAiman, Mohamed-
dc.date.accessioned2018-03-21T07:50:40Z-
dc.date.available2018-03-21T07:50:40Z-
dc.date.issued2016-04-05-
dc.identifier.citationމުޙައްމަދު އައިމަން. (2016). ދިވެހިބަހުގައި އާބާފިލި، އޯބޯފިލި، އޫބޫފިލީގެ އިތުރުން އައުބައުފިއްޔަށް ނިމިފައިހުންނަ ނަންނަން އާންމުކުރުމަށް ނުވަތަ އެކަހެރިކުރުމަށް ނަމުގެ ފަހަތަށް "އެއް" ގުޅާއިރު ނުވަތަ މަހާއިރު ލާމު(ލ) އިތުރުވަނީ ކޮން ޙާލަތްތަކެއްގައި ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAiman, M. (2016). Dhivehibahugai aabaafili, oaboafili, ooboofileege ithurun aubaufiyyah nimifaihunna nannan aanmukurumah nuvatha ekaherikurumah namuge fahathah “eh” gulhaairu nuvatha mahaairu laamu ithuruvanee kon h’aalaththakehgai heyyeve?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1045-
dc.description.abstractމިއީ ދިވެހިބަހުގައި ނަންނަން އާންމުކުރުމަށް ނުވަތަ އެކަހެރިކުރުމަށް ނަމުގެ ފަހަތަށް "އެއް" ގުޅާއިރު ނުވަތަ މަހާއިރު ލާމު(ލ) އިތުރުވަނީ ކޮން ޙާލަތްތަކެއްގައިކަން ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ދިވެހި ބަސްފޮތުގައި އާބާފިލި، އޯބޯފިލި، އޫބޫފިލީގެ އިތުރުން އައުބައުފިއްޔަށް ނިމިފައިހުރި ނަންތައް ނަގައި މި ނަންތަކުގެ ފަހަތަށް 'އެއް' ގުޅުވާއިރު ނުވަތަ މަހާއިރު އައިސްފައިވާ ބަދަލުތައް ދިރާސާކުރީމެވެ. އަދި ލާމު(ލ) އިތުރުވެގެންދަނީ ކޮން ޙާލަތްތަކެއްގައިކަންވެސް ދިރާސާކުރީމެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް ޕެރަޑައިމްއެވެ. ސާމްޕަލްގެ ގޮތުގައި ދިރާސާގެ ސުވާލުގައި ބަޔާންކޮށްފައިވާ ހަތަރު ފިއްޔަށް ނިމިފައިވާ ނަންތައް ނެގީ ދިވެހި ބަސްފޮތުންނެވެ. މި ދިރާސާއަކީ ދިވެހި ބަހުގައި، ނަން އެކަހެރިކުރުމަށް ނުވަތަ އާންމުކުރުމަށް ނަމުގެ ފަހަތަށް 'އެއް' ގުޅުވާއިރު ނުވަތަ މަހާއިރު ލާމު(ލ) އިތުރުވަނީ ކޮން ހާލަތްތަކެއްގައިކަން ދެނެގަތުމަށް ކުރެވޭ ދިރާސާއެއްކަމަށްވާތީ މި މަޤުޞަދު ޙާސިލްކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕާޕަސިވް ސާމްޕަލިން ބޭނުންކޮށްގެންނެވެ. އެއަށްފަހު، ތިމެޓިކް ކޮންޓެންޓް އެނަލިސިސް ބޭނުންކޮށްގެން ޑާޓާ އެނަލިސިސްކުރީމެވެ. މި ދިރާސާއިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ނަމުގެ ފަހަތަށް އަކުރު ގުޅާއިރު/ މަހާއިރު ލާމު(ލ) އިތުރުވަނީ ހަމައެކަނި ނަމުގެ ފަހަތަށް އަކުރު މަހާލެވޭ ހާލަތްތަކުގައެވެ. މިގޮތުން ގ، ދ، ކ، ފ، ޑ ޔ، މި އަކުރުތައް ފިޔަވައި އެހެން އަކުރެއްގައި އޫބޫފިލި ޖެހިގެން ނިމިފައިވާނަމަ އެ ނަމެއްގެ ފަހަތަށް 'އެއް' މަހާއިރު ލާމު(ލ) އިތުރުވެއެވެ. އަދި ތ، ލ، މި ދެ އަކުރުން ކުރެ އަކުރެއްގައި އާބާފިލި ޖެހިގެން ނިމިފައިވާނަމަ އެފަދަ ނަންނަން އާންމުކުރުމަށް ނުވަތަ އެކަހެރިކުރުމަށް 'އެއް' ގުޅުވާއިރު ލާމު(ލ) އިތުރުނުކޮށް 'އެއް' ގުޅުވާފައި ހުރިކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ނ، ޔ، ހ، ސ، ރ، މި އަކުރުތަކުގައި އޯބޯފިލި ޖެހިގެން ނިމިފައިވާ އެއްވެސް ނަމެއްގެ ފަހަތަށް 'އެއް' މަހާއިރު ނުވަތަ ގުޅުވާއިރު ލާމު(ލ) އިތުރެއް ނުވެއެވެ. އައުބައު ފިއްޔަށް ނިމިފައިވާ ކޮންމެ ލަފުޒެއްގެ ފަހަތުގައިވާ އުބުފިލި އަލިފުގެ ކުރިޔަށް އަބަފިލި ('ައު') ގެ ކުރިއަށް އ، މ، ނ، ބ، މިއިން އަކުރެއް އަތުވެއްޖެނަމަ ލާމު(ލ) އިތުރުނުވެއެވެ. މިނޫން އެހެން ހުރިހައި ޙާލަތެއްގައިވެސް ލާމު(ލ) އިތުރުކުރެވޭނެއެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހިބަހުގައި އާބާފިލި، އޯބޯފިލި، އޫބޫފިލީގެ އިތުރުން އައުބައުފިއްޔަށް ނިމިފައިހުންނަ ނަންނަން އާންމުކުރުމަށް ނުވަތަ އެކަހެރިކުރުމަށް ނަމުގެ ފަހަތަށް "އެއް" ގުޅާއިރު ނުވަތަ މަހާއިރު ލާމު(ލ) އިތުރުވަނީ ކޮން ޙާލަތްތަކެއްގައި ހެއްޔެވެ؟en_US
dc.title.alternativeDhivehibahugai aabaafili, oaboafili, ooboofileege ithurun aubaufiyyah nimifaihunna nannan aanmukurumah nuvatha ekaherikurumah namuge fahathah “eh” gulhaairu nuvatha mahaairu laamu(L) ithuruvanee kon h’aalaththakehgai heyyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Aiman.pdf1.01 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.