Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1046
Full metadata record
DC FieldValueLanguage
dc.contributor.authorނަޞީރާ ލަތީފް-
dc.contributor.authorLatheef, Naseera-
dc.date.accessioned2018-03-21T08:03:29Z-
dc.date.available2018-03-21T08:03:29Z-
dc.date.issued2016-06-01-
dc.identifier.citationނަޞީރާ ލަތީފް. (2014). ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި ދިވެހި ރައްޔިތުންގެ ދަޢުރަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationLatheef, N. (2016). Dhivehiraajjeyge furathama jumhooriyyaa uvidhiyumugai rayyithunge dhaurakee kobaiheyyeve?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1046-
dc.description.abstractދިވެހިރާއްޖޭގައި މީހުންވަޒަން ވެރިވިތާ ކަޑައެޅިގެން ވަކިދުވަސް ވަރެއް ނޭގުނުކަމުގައި ވިޔަސް ދިވެހިރާއްޖޭގައި ބަޔަކު ވަޒަންވެރިވިތާ 2500 އަށްވުރެ ގިނަ އަހަރު ވެދާނެކަމަށް ނަޞީމާ މުޙައްމަދު (2004) ހާމަކުރައްވާފައިވެއެވެ. ކަންމިހެން ހުރިކަމުގައި ވިޔަސް ދިވެހި ތާރީޚާއި ބެހޭގޮތުން ހޯދިފައިހުރި މަޢުލޫމާތުގެ މަދުކަން ފާހަގަކޮށްލެވެއެވެ. އަދި ލިބެންހުރި ގިނަ މަޢުލޫމާތު ތަކަކީ ދޫދޫމަތިން ދެކެވިފައި ހުރި ވާހަކަތަކެކެވެ. ހަމައެހެންމެ ދިވެހި ތާރީޚާއި ބެހޭގޮތުން މިހާތަނަށް ފެންނަންހުރި ގިނަ ލިޔުންތަކަކީ ވެސް ބޭރުގެ ދެތިން ޞައްޔާހަކު ލިޔެފައިވާ ލިޔުންތަކެކެވެ. އެހެންކަމުން ދިވެހިތާރީޚާއި މެދު ދިވެހިން ކޮށްފައިވާ ދިރާސާތައް މަދުކަން ޤަބޫލު ކުރަންޖެހެއެވެ. ކަންމިހެން ހުރުމާއެކު ދިވެހިތާރީޚުގައި ހިގާފައިވާ މުހިންމު ޙާދިޞާތަކުގެ މަޢުލޫމާތު ހޯދުމަކީ ދަތިކަމަކަށްވެއެވެ. އެހެންކަމުން މިދިރާސާ ޚާއްޞަކޮށްފައި ވާނީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާ އުވިގެން ދިޔުމުގައި އޭރު ތިއްބެވި ދިވެހި ރައްޔިތުންގެ ދަޢުރެއްވޭތޯ އާއި އަދި އެދަޢުރަކީ ކޮބައިތޯ ބެލުމުގެ މައްޗަށެވެ. ސަބަބަކީ ޖުމްހޫރީވެރިކަމެއް އުފެދިގެން އަންނަނީ ރައްޔިތުންނާއި ހިސާބުންކަމަށްވެފައި އެފަދަ ވެރިކަމެއް ނެތިދިއުމުގައި ރައްޔިތުންގެ ޙިއްޞާއެއް އޮތުމަކީ އެކަށީގެންވާ ކަމެއްކަމުގައި ޤަބޫލް ކުރެވޭތީއެވެ. މިދިރާސާއަކީ ކޮލިޓޭޓިވް ޑިޒައިންގެ ދަށުން ޑިސްކްރިޕްޓިވްކޮށް ހަދާ ދިރާސާއެކެވެ. ސަބަބަކީ މިދިރާސާ ހެދީ ޑޮކިއުމެންޓް ތަކުންނާއި މީހުންނާ ކުރެވޭ އިންޓަވިއުތައް ދިރާސާކޮށް، އެއިންލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން ކަމަށްވާތީއެވެ. މިގޮތުން މި ދިރާސާ ހެދުމަށްޓަކައި ޑޭޓާ އެއްކުރީ މިޙާދިޞާ ހިގައި ދިޔައިރު އުޅުއްވި އެއް ބޭފުޅަކާއި އަދި މިކަން އެކިގޮތްގޮތުން ތަޖުރިބާކޮށްފައިވާ ދެ ބޭފުޅަކާއި، ދިވެހި ތާރީޚް ދިރާސާކޮށް މިކަމާއި ގުޅޭ މަޢުލޫމާތު ދެނެވަޑައިގެން ތިއްބެވި ދެ ބޭފުޅަކާއި ކުރި އިންޓަވިއު އިން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން ރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި ދިވެހި ރައްޔިތުންގެ ދަޢުރެއް ވާކަން މިދިރާސާގެ އަލީގައި ހާމަވެގެން ދިޔައެވެ. އެގޮތުން އެދުވަސްވަރު ޤައުމުގެ އިޤުތިޞާދީ ޙާލަތުދަށްވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދިޔުމުގެ ސަބަބުންނާއި، ދައުލަތުގެ އެތެރޭގައި ކަންތައްތައް ހިނގައިދިޔަ ގޮތުން ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު އުފެދުނު ނަފުރަތާ ނުރުހުމާއި، މިނަފުރަތު އުފެއްދުމަށް އަޑީގައި ތިބީ ކޮންބައެއް ކަމާއި މިކަމުން ނުކުތް ނަތީޖާ ހާމަވެގެންދިޔައެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި ދިވެހި ރައްޔިތުންގެ ދަޢުރަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeDhivehiraajjeyge furathama jumhooriyyaa uvidhiyumugai rayyithunge dhaurakee kobaiheyyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Naseera Latheef.pdf1.54 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.