Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1072
Full metadata record
DC FieldValueLanguage
dc.contributor.authorޒާހިޔާ ނައީމް-
dc.contributor.authorNaeem, Zahiya-
dc.date.accessioned2018-03-22T04:09:43Z-
dc.date.available2018-03-22T04:09:43Z-
dc.date.issued2016-05-01-
dc.identifier.citationޒާހިޔާ ނައީމް. (2016). ޘާނަވީ ދަރިވަރުންނަށް ދިވެހިބަސް ޝަޢުޤުވެރިވާނެ ގޮތަށް ކިޔަވައިދޭނީ މުދައްރިސުންގެ ބައިވެރިވުން ބޮޑަށް ހިމެނޭ ގޮތަށް ނުވަތަ ދަރިވަރުންގެ ބައިވެރިވުން ބޮޑަށް ހިމެނޭ ގޮތަށް ކިޔަވައިދީގެން ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationNaeem, Z. (2016). Th’aanavee dharivarunnah dhivehibas sh’a”quverivaane gothah kiyavaidheynee mudhahrissunge baiverivun bodah himeney gothah nuvatha dharivarunge baiverivun bodah hineney gothah kiyavaidheegen heyyeve?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1072-
dc.description.abstractމި ދިރާސާއަކީ ޘާނަވީ ދަރިވަރުން، ދިވެހިބަސް ކިޔެވުމަށް ޝައުޤުވެރިކަން ނުހުންނަ ސަބަބުތަކާއި ދިވެހި ބަހުގެ ނަތީޖާ އެއްދުވަހުން އަނެއްދުވަހަށް ދަށްވަމުންދާތީ އެކަމުގެ ސަބަބުތައް ހޯދާ ދެނެގަތުމަށްކުރާ ދިރާސާއެކެވެ. އަދި ދިވެހި ބަހަށް ދަރިވަރުންގެ ޝައުޤުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށްޓަކައި މީގެ ކުރިން ދިރާސާއެއް ކުރެވިފައި ނެތުމުން، ކިޔަވައިދިނުމުގައި ގެންގުޅޭ އުޞޫލުތައް އޮބްޒާވްކޮށް، ގުޅުންހުރި ފަރާތްތަކާ އިންޓަވިއުކޮށް ލިބޭ މަޢުލޫމާތުތައް އެނަލައިޒްކޮށް ހާމަކޮށްދެވޭނެއެވެ. މި ދިރާސާގެ ސުވާލަށް ޖަވާބު ހޯދައި ދެނެގަތުމަށްޓަކައި ދަރިވަރުންނާ މުދައްރިސުން ސުވާލުކޮށް ކިޔަވައިދިނުން އޮބްޒާރވް ކުރުމަށް ފަހު ލިބުނު މަޢުލޫމާތު ކޮލިޓޭޓިވް ޕެރެޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑް ބޭނުންކޮށްގެން ހުށަހަޅައި ދީފައިވާނެއެވެ. މި ގޮތުން މިދިރާސާގައި ކިޔަވައިދިނުމުގެ މިޒަމާނުގެ މެތަޑްތައް ދިވެހިބަސް ކިޔަވައިދިނުމުގައި އެޕްލައިކުރުމުން ދަރިވަރުންގެ ޝައުޤުވެރިކަން އުފެދެނީ ކިހައި މިންވަރަކަށްކަންވެސް ދެނެގަނެވުނެވެ. އަދި ދަރިވަރުންގެ ހިތުގައި ދިވެހިބަހަށް ލޯބި އުފެދި މިހާރަށްވުރެ ބޮޑަށް މި މާއްދާއިން ދަރިވަރުން ހޯދާ ނަތިޖާ އިތުރުކުރެވޭނީ ކިހާ މިންވަރަކަށް ކަން ވެސް ދެނެގަނެވުނެވެ.އަދި ހަމަ އެހެންމެ ގިނަ ދަރިވަރުން ފާހަގަކުރާގޮތުގައި ޒަމާނަށް އަންނަ ބަދަލާ އެއްވަރަށް ދިވެހި ބަސް ކިޔަވައިދޭ މުދައްރިސުން ހޭލުންތެރިނުވާކަން ވެސް ފާހަގަކުރެއެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ފޫހިކަމެއް ލިބި ދިވެހި މާއްދާއިން ލިބޭ ނަތީޖާއަށް އަސަރުކުރުވަނީކަން ފަހަގަކުރެއެވެ. ނަމަވެސް ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރާ ކިޔަވައިދިނުމުގެ ޒަމާނީ ގޮތްތައް ބޭނުންކުރުމުން މިކަމަށް ހައްލެއް ލިބިގެން ދާނެކަން މިދިރާސާގެ އަލީގައި ހޯދުނެވެ. މި ދިރާސާ ހަދަމުން ދިޔައިރު އިރު ފާހަގަކުރެވުނު އަނެއް ކަމަކީ ދިވެހި ގަޑިގައި ކިޔަވާއިދޭ ގިނަ ބައިތަކަކީ ވެސް ގާތްގަނޑަކަށް ހުރިހާ ގްރޭޑެއްގައި ކިޔަވައިދޭ އެއް ބައިތަކެއް ކަމަށް ވާތީވެސް ދަރިވަރުންނަށް ފޫހިވާކަމެއް ގެނުވަނީ ކަމުގައެވެ. އެހެންކަމުން ދަރިވަރުން ފާހަގަކުރާގޮތަށް ދިވެހިބަސް ކިޔަވައިދިނުމުގައި ޒަމާނާގުޅޭ ، ޒަމާނަށްފެތޭ ބައިތަށް ދިވެހި މުޤައްރަރުގައި ހިމަނައިގެން ކިޔަވައިދިނުން އެއީ ބޭނުންތެރިކަމެއްކަން ފާހަގަވެއެވެ. ޖުމުލަގޮތެއްގައި ބަލާއިރު މިދިރާސާގެ އަލީގައި ފާހަގަކުރެވުނީ ދިވެހި ބަސް ކިޔެވުމަށް ގިނަ ދަރިވަރުންތަކެއް ފޫހިވާކަމެވެ. އަދި މިކަމުގެ ސަބަބުން ޤައުމީ އިމްތިޙަނުން ދަރިވަރުން ހޯދާ ނަތީޖާއަށް އަސަރުކުރާ ކަމުގައެވެ. އެހެންކަމުން މިކަމުގެ އަސްލަކަށް ވެފައިވަނީ ދަރިވަރުން ފޫހިވަނީ މުދައްރިސުން ކިޔަވައިދޭ ވައްޓަފާޅީގެ ސަބަބުންނާއި ދިވެހި ބަހުގެ މުޤައްރަރުގައި ހިމެނޭ ބައިތަކުގެ ސަބަބުން ކަމެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleޘާނަވީ ދަރިވަރުންނަށް ދިވެހިބަސް ޝަޢުޤުވެރިވާނެ ގޮތަށް ކިޔަވައިދޭނީ މުދައްރިސުންގެ ބައިވެރިވުން ބޮޑަށް ހިމެނޭ ގޮތަށް ނުވަތަ ދަރިވަރުންގެ ބައިވެރިވުން ބޮޑަށް ހިމެނޭ ގޮތަށް ކިޔަވައިދީގެން ހެއްޔެވެ؟en_US
dc.title.alternativeTh’aanavee dharivarunnah dhivehibas sh’a”quverivaane gothah kiyavaidheynee mudhahrissunge baiverivun bodah himeney gothah nuvatha dharivarunge baiverivun bodah hineney gothah kiyavaidheegen heyyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Zahiya Naeem.pdf1.13 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.